Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިމޮތީއަށް ދެވަނަ ސިޓީ 2:8 - ކިތާބުލް މުޤައްދަސާ

8 ހަނދާން ނައްތާނުލަށެވެ. އީސާ އަލްމަސީޙަކީ ދާއޫދުގެފާނުގެ ދަރިކޮޅުން އުފަންވެ ވަޑައިގެންނެވި ބޭކަލެކެވެ. އަދި އެކަލޭގެފާނު އަވަހާރަވެ ވަޑައިގަތުމަށް ފަހު އަލުން ދިރިވަޑައިގެންނެވިއެވެ. އަހަރެން އަންގައިދޭ ހެޔޮޚަބަރުފުޅަކީ މިއީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިމޮތީއަށް ދެވަނަ ސިޓީ 2:8
18 ပူးပေါင်းရင်းမြစ်များ  

މިއީ އީސާ އަލްމަސީޙުގެ ކާބަފައިންގެ ތާރީޚެވެ. އެކަލޭގެފާނު ވަޑައިގެންނެވީ ދާއޫދުގެފާނުގެ އާއިލާއިންނެވެ. އަދި ދާއޫދުގެފާނު ވަޑައިގެންނެވީ އިބްރާހީމްގެފާނުގެ އާއިލާއިންނެވެ.


އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ލިޔެވި ބަޔާންވެގެން ވޭ: މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީޙު އަށް އަނިޔާ ލިބިވަޑައިގެން އަވަހާރަ ވުމަށް ފަހު ތިންވަނައަށް ވާ ދުވަހު އަލުން ދިރިވަޑައިގަންނަވާނެ.


މާތްރަސްކަލާނގެ އެންމެ ކުރީސުރެ ވެސް ވަޢުދުފުޅު ވެ ވޮޑިގެންވީ ފަދައިން ދާއޫދުގެފާނުގެ ދަރިކޮޅުން މީސްތަކުން ދިންނެވުމަށް ބަނީއިސްރާއީލު މީހުންގެ ގާތަށް ބޭކަލަކު ފޮނުއްވި. މީސްތަކުން ދިންނެވުމަށް މާތްރަސްކަލާނގެ ފޮނުއްވި މިބޭކަލަކީ އީސާގެފާނު.


އެހެންނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނު އަލުން ދިރުއްވި. އެއީ އެކަލޭގެފާނުގެ މައްޗަށް މަރަކަށް ބާރެއް ނުފޯރުވޭނެ.


ދާއޫދުގެފާނަކީ ރަސޫލުބޭކަލެއް ކަމުން މާތްރަސްކަލާނގެ އެކަލޭގެފާނަށް ކުރެއްވި މުހިންމު ވަޢުދުފުޅު އެކަލޭގެފާނު ދެނެވަޑައިގެންވި. މާތްރަސްކަލާނގެ ދާއޫދުގެފާނަށް ވަޙީކުރެއްވީ ދާއޫދުގެފާނުގެ ދަރިކޮޅުން އަންނަ މީހަކު ހަމަ ދާއޫދުގެފާނު މީސްތަކުންގެ މައްޗަށް ރަސްކަން ކުރެއްވި ފަދައިން އަލްމަސީޙުގެ ގޮތުގައި މީސްތަކުންގެ މައްޗަށް ވެރިކަން ކުރައްވާނެ ކަމުގަ.


ތިޔަބައިމީހުންނަށް ދަޢުވަތު ދެއްވުމުގައާއި، ދިންނެވުން ދެއްވުމަށްޓަކައި މާތްރަސްކަލާނގެ ބޭނުން ކުރެއްވީ ހެޔޮޚަބަރުފުޅުން އަހަރެމެން އިއްވަމުން ގެންދިޔަ ވަޢުޡުތަކެވެ. އެހެންކަމުން އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ ޖަލާލަތުކަމުގައި ތިޔަބައިމީހުންނަށް ޙިއްސާ ކުރެވޭނެއެވެ.


މި ހެޔޮޚަބަރުފުޅުގެ އިލްމު އަހަރެންނާ މަތިކުރައްވާފައި ވަނީ އެ ބަރަކާތްތެރި ޖަލާލުވަންތަ ކަލާނގެ ކިބަފުޅުންނެވެ.


އެކަލޭގެފާނުގެ މަންދޫބެއްގެ އިތުރުން ދަރުސް ދޭމީހުންގެ ގޮތުގައި އަހަރެން ހޮއްވެވީ ބަނީއިސްރާއީލު ދަރިކޮޅުގެ މީހުންނޫން އެހެން މީހުންނަށް އެކަލޭގެފާނާއި ބެހޭ ގޮތުން ވީ މި އުފާވެރި ޚަބަރު ތެދުވެރިކަމާއި އީމާންތެރިކަމާއެކު އަންގައިދީ ހެދުމަށެވެ. މިއީ ތިބާ ކައިރީގައި އަހަރެން ބުނާ ތެދު ބުނުމެކެވެ. ދޮގު ވާހަކަތަކެއް ނޫނެވެ.


އެހެންވީމާ، މާތްރަސްކަލާނގެ އާއިމެދު މީސްތަކުންނަށް އަންގައި ދިނުމުގައި ތިބާ ލަދުވެތި ނުވާށެވެ. އަދި އަހަރެން އީސާ އަލްމަސީޙަށްޓަކައި ހުރަގޭގައި ހައްޔަރުވެފައި ވާތީވެ އަހަރެންނާމެދުގައި ވެސް ލަދުވެތި ނުވާށެވެ. އަދި މާތްރަސްކަލާނގެ ތިބާއަށް ދެއްވި މަތިވެރި ބާރާއެކު އަހަރެންނެކޭ އެއްފަދައިން އެ ހެޔޮޚަބަރުފުޅު އިޢުލާންކުރާއިރު ވޭން އުފުލުމަށް ތިބާ ވެސް ތައްޔާރުވެ ހުންނާށެވެ.


އަހަރެން މި ބުނެދޭ އެއްޗަކާއިމެދު ވިސްނާނަމަ މި ހުރިހާ ތަކެއްޗެއް ތިބާއަށް އެނގުމުގައި މާތްރަސްކަލާނގެ އެހީތެރިވެ ދެއްވާނެއެވެ.


އެއަށް ފަހު ބޮޑުންގެ ބޭކަލަކު އަހަރެންނާއި ދިމާލަށް ބުންޏެވެ. ”⁠ނުރޮއި! ބަލާލަބަލަ! ދާއޫދުގެފާނުގެ މަތިވެރި ދަރިފަސްކޮޅުން އައިސްފައިވާ ޔަހޫޛާ ވަންހައިގެ ސިންގާ ނަސްރު ހޯދާފައިވާ ކަމުން އެހަތް ސިލު ކަނޑާލުމަށް ފަހު، އެކަލޭގެފާނަށް އެ ފޮތް ހުޅުވާލެއްވޭނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ