Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިމޮތީއަށް ދެވަނަ ސިޓީ 2:7 - ކިތާބުލް މުޤައްދަސާ

7 އަހަރެން މި ބުނެދޭ އެއްޗަކާއިމެދު ވިސްނާނަމަ މި ހުރިހާ ތަކެއްޗެއް ތިބާއަށް އެނގުމުގައި މާތްރަސްކަލާނގެ އެހީތެރިވެ ދެއްވާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިމޮތީއަށް ދެވަނަ ސިޓީ 2:7
40 ပူးပေါင်းရင်းမြစ်များ  

މިތަން ބަލައި ވިސްނާލުމުން އަހަންނަށް އިބުރަތެއް ލިބުނެވެ.


އެއީ އެދުވަހު އަހަރެން ކަލޭމެން ބުނަންވީ ބަސްތަކާއި ބުއްދި ކަލޭމެންނަށް ދޭނަން. އެއީ އެއާއިމެދު ކަލޭމެންގެ ދުޝްމިނުންނަށް އެއްބަސްނުވެ ދެކޮޅު ނެހެދޭނެ ފަދަ ތެދު ޙިކުމަތްތެރި ބަސްތައް ކަމުގައި ވާނެ.


ދެން އެކަލޭގެފާނު އެމީހުންނަށް މާތްރަސްކަލާނގެ ބާވައިލެއްވި ފޮތްތަކުގައި ލިޔެވި ބަޔާންވެގެންވާ ބަސްފުޅުތަކުގެ މާނަ ވިސްނި އެނގުމުގެ ކުޅަދާނަކަން ދެއްވިއެވެ.


”⁠އަހަރެން މިބުނާ އެއްޗެއް ރަނގަޅަށް ކަނުލާ އަޑުއަހާ: އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން މީސްތަކުންގެ އަތްމައްޗަށް އެމީހުން ހަދާނެ ގޮތެއް ހެދުމަށް ދޫކޮށް ލެވޭނެ.⁠“


ނަމަވެސް އަހަރެންގެ ބަދަލުގައި ކަލޭމެންނަށް އެހީތެރިވުމަށް ބައްޕާފުޅު ފޮނުއްވައި ދެއްވާ މާތްރޫޙުފުޅު ކަލޭމެންނަށް ހުރިހާ ކަމެއް ދަސްކޮށްދީ އަހަރެން މި ދަސްކޮށްދިން ކަންތަކުގެ މަތިން ކަލޭމެންގެ ހަނދާންތައް އާކޮށް ދޭނެ.


ތެދު ކަމުގައިވާ މާތްރޫޙުފުޅު ކަލޭމެންގެ ކިބައިގައި ވާހިނދު ކަލޭމެންނަށް ފުރިހަމަ ތެދަކީ ކޮބައިކަން ހާމަކޮށްދެއްވާނެ. މާތްރޫޙުފުޅު އަންގަވާނީ އެ ރޫޙުފުޅުގެ އަމިއްލަ ބަސްފުޅުތަކެއް ނޫން. އެއީ އެރޫޙުފުޅަށް އެންގެވޭނެ ބަސްފުޅުތައް. އަދި ފަހުންވާނެ ކަންތައް ވެސް އެރޫޙުފުޅު އަންގަވައި ދެއްވާނެ.


މާތްރަސްކަލާނގެ އެކަލޭގެފާނަށް ދިމާވި ހުރިހާ އުނދަގުލެއްގައި އެކަލޭގެފާނަށް އެހީފުޅުވެ ވޮޑިގެންވި. އަދި މިޞްރުގެ ވެރިޔާ ފިރުޢައުނުގެ ހިތުގައި އެކަލޭގެފާނުގެ މައްޗަށް ޤަދަރު ލެއްވި. އަދި އޭގެ އިތުރުން މާތްރަސްކަލާނގެ ޔޫސުފުގެފާނަށް ވަރަށް މަތިވެރި ޙިކުމަތްތެރިކަން ވެސް ދެއްވި. މިޞްރުގެ ރަސްގެފާނު ޔޫސުފުގެފާނަށް މުޅި މިޞްރުގެ ގަވަރުނަރުކަން ދެއްވި. އަދި އެ ރަސްގެފާނުގެ ގަނޑުވަރުގެ ހުރިހާ މުދަލަކާއި އަގުހުރި އެއްޗެއް ޔޫސުފުގެފާނުގެ ބެއްލެވުމުގެ ދަށަށް ދޫކޮށްލެއްވި.


އެހެންވީމާ، އަޚުންނާއި އުޚުތުންނޭވެ. ފަހުބަހެއްގެ ގޮތުގައި އަހަރެން ބުނެލަން އެދޭ އެއް ވާހަކައެއް ވެއެވެ. އެއީ ތެދުވެރިކަމާއި ގަދަރާ އަދި އިންސާފާ މެދުގައި ތިޔަބައިމީހުން ވިސްނުމެވެ. ސާފުތާހިރު ގޮތަކީ ކޮބައިކަމާއި އަދި ލޮބުވެތި ރުހެވޭ ގޮތްތަކަކީ ކޮބައި ކަމާ މެދުގައި ވިސްނުމެވެ. އެންމެ ހެޔޮ ގޮތާއި އަދި ތަޢުރީފު ޙައްޤުވަނީ ކޮން ކަންތަކެއްތޯ ވެސް ވިސްނުމެވެ.


ތިޔަބައިމީހުންނާއި ބެހޭ ޚަބަރުތައް އަހަރެމެންނަށް އަޑު އިވުނީއްސުރެ ތިޔަބައިމީހުންނަށްޓަކައި ދުޢާކުރުން އަހަރެމެން ހުއްޓައެއް ނުލަމެވެ. އަދި އެކަލާނގެ މާތް ރޫޙުފުޅުން ދެއްވާ ހުރިހާ ޙިކުމަތްތަކާއި ވިސްނުންތެރިކަމުން އެކަލާނގެ އެދިވޮޑިގެންވާ ކަންތައްތަކުގެ ފުރިހަމަ އިލްމު ތިޔަބައިމީހުންނަށް ދެއްވުން އެދި އަހަރެމެން މެދުނުކެނޑި ދުޢާކުރަމެވެ.


ތިބާ މިކަންތައްތަކުގެ މައްޗަށް ފުރިހަމަ ސަމާލުކަން ދީ މިކަމުގައި ހޭދަ ކުރާށެވެ. ތިބާއަށް ލިބިފައިވާ ކުރިއެރުން އެބައިމީހުން ދެނެގަންނާނެއެވެ.


ގަދައަޅާ މަސައްކަތްކުރާ ދަނޑުވެރިން އެބައިމީހުންގެ ދަނޑުތަކުން ލިބޭ ގޮވާމުގެ އުފާ ފުރަތަމަ ކުރާނެ ބަޔަކީ ހަމަ އެ ދަނޑުވެރިންނެވެ.


ހަނދާން ނައްތާނުލަށެވެ. އީސާ އަލްމަސީޙަކީ ދާއޫދުގެފާނުގެ ދަރިކޮޅުން އުފަންވެ ވަޑައިގެންނެވި ބޭކަލެކެވެ. އަދި އެކަލޭގެފާނު އަވަހާރަވެ ވަޑައިގަތުމަށް ފަހު އަލުން ދިރިވަޑައިގެންނެވިއެވެ. އަހަރެން އަންގައިދޭ ހެޔޮޚަބަރުފުޅަކީ މިއީއެވެ.


ކަލޭމެންގެ ފިކުރުގައި އީސާގެފާނު ކުރެއްވި ކަންތައް ހަރުލައްވާށެވެ. ފާފަވެރިންގެ ކިބައިން އެކަލޭގެފާނަށް ކުރިމަތިވެ ވަޑައިގެންނެވި ދުއްތުރާތަކަށް ކެތްތެރިވެ ވަޑައިގަތެވެ. މިކަންތައް ހިތުގައިވާނަމަ ކަލޭމެން ވެސް ނާއުންމީދުވެ ފަހަތަކަށް ނުޖެހޭނެއެވެ.


އަދި އަހަރެމެންނަށް މާތްރަސްކަލާނގެ އެންގެވި އެންގެވުންތައް ގެނެސްދެއްވި މުރުޝިދުންގެ މަތިން ހަނދާން ނައްތާ ނުލާށެވެ. އެބޭކަލުން ދިރިއުޅުއްވައި މަރުވެ ދިޔަގޮތް ބަލާށެވެ. އަދި އެފަދަ އީމާންތެރިކަމެއްގައި އުޅެވޭތޯ ބަލާށެވެ.


އަހަރެންގެ މާތް އަޚުންނާ އުޚުތުންނޭވެ! މާތްރަސްކަލާނގެ އެކަލާނގެ މާތްކުރެއްވި މީހުން ކަމުގައި ކަލޭމެން ވަނީ ޚިޔާރު ކުރައްވާފައެވެ. ވުމާއެކު ކަލޭމެން އީސާގެފާނާމެދު ފުންކޮށް ވިސްނާށެވެ. އެކަލޭގެފާނަކީ އަހަރެމެންގެ މައްޗަށް ފޮނުއްވުނު ކަލޭގެފާނެވެ. އަދި އަހަރެމެންގެ މައްޗަށްވާ އުއްތަމަ އިމާމު ވެސް މެއެވެ. އަހަރެމެން އެކަމަށް ހެކިވަމެވެ.


މަލްކީޞާދިޤުގެ މަތިވެރިކަން ނިކަން ދެކޭށެވެ. އަހަރެމެންގެ ނަންމަތިވެރި ކާބަފައިކަލުން އިބްރާހީމްގެފާނު ވެސް އެކަލޭގެފާނު ގެންނެވި ޣަނީމާގެ ދިހަބައިކުޅައެއްބައި އެކަލޭގެފާނަށް ދެއްވިއެވެ.


މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ޙަޔާތު ވޭތުކުރުމުގެ ޙިކުމަތް ކަލޭމެންގެ ތެރެއިން އެއްވެސް މީހަކަށް ލިބިގެންނުވާނަމަ އެކަލާނގެ ކިބަފުޅަށް އެމީހަކު އެދި ދަންނަވާށެވެ. އަދި އެފަދައިން އެދޭ ހުރިހާ އެންމެންނަށް ފާޑުކިޔުމެއްނެތި ދީލަތިކަމާއެކު އެކަލާނގެ ޙިކުމަތް ދެއްވާނެއެވެ.


ޙަސަދަވެރިވުމާއި އަމިއްލަ އެދުމަކީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދަ ޙިކުމަތްތެރިކަމެއް ނޫނެވެ. އެފަދަ ޙިކުމަތްތެރިކަން ލިބިދެނީ ޝައިތާނާގެ ފަރާތުންނެވެ. އެ ފަދަ ޙިކުމަތްތެރިކަމަކީ ދުނިޔަވީ މާއްދީ އަދި ރޫޙާނިއްޔަތުކަމެއް ނެތް ނުބައި ޙިކުމަތްތެރިކަން ވެސްމެއެވެ.


ނަމަވެސް މާތްރަސްކަލާނގެ ދެއްވާ ޙިކުމަތްތެރިކަން ލިބިގެންވާ ފަރާތްތައް ވާނީ ހެޔޮ ގޮތުގައި ތާހިރުވެގެންނެވެ. އެބައިމީހުން އަނެކުންނާއެކު ސުލްޙަވެރިކަން މަތީ ޙަޔާތު ވޭތުކުރެއެވެ. އެބައިމީހުންނީ ހިތްތިރި ބައެކެވެ. ކެތްތެރި ކަމުގައިވެ އަނެކުންގެ ވާހަކަތައް އެހުމުގައިވެއެވެ. އެބައިމީހުންނީ އޯގާތެރި ކަމާއި އެހީތެރިކަމުގައިވާ ބައެއް ވެސްމެއެވެ. އެއްބަޔަކަށް ވުރެން އަނެއްބަޔަކަށް އެބައިމީހުން އިސްކަމެއް ނުދެއެވެ. އެބައިމީހުންނީ ދެފުށް ދެގޮތް ބައެއް ވެސް ނުމެނޫންމެއެވެ.


މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު ވަޑައިގަންނަވައި އަހަރެމެންނަށް ކަންކަން އޮޅުންފިލުވައި ދެއްވީ އަހަރެމެންނަށް ޙަޤީޤީ ކަލާނގެ އަހަރެމެންނާ ގުޅުވައި ދެއްވުމަށެވެ. އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙާ ގުޅި ލާމެހިގެންނެވުމުން އަހަރެމެން އުޅެމުން މިދަނީ ޙަޤީޤީ ކަލާނގެއާ ގުޅި ލާމެހިގެންނެވެ. ޙަޤީޤީ ކަލާނގެއަކީ މާތްރަސްކަލާނގެ އެވެ. ނިމުމެއްނުވާ ދިރިހުރުން ދެއްވަނީ ވެސް އެކަލާނގެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ