Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިމޮތީއަށް ދެވަނަ ސިޓީ 2:5 - ކިތާބުލް މުޤައްދަސާ

5 ކުޅިވަރު މުބާރާތެއްގައި ގަވާއިދުތަކަށް ބޯ ނުލަނބާ އެއްވެސް ކުޅުންތެރިއަކަށް ކާމިޔާބެއް ނުލިބޭނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިމޮތީއަށް ދެވަނަ ސިޓީ 2:5
14 ပူးပေါင်းရင်းမြစ်များ  

”⁠ސުވަރުގެއަށް ވަނުމަށް ވާ ދޮރު ވަރަށް ހަނި. އެ ހަނި ދޮރުން ވަދެވޭތޯ ބެލުމަށް ވީހާ ވެސް މަސައްކަތެއް ކުރޭ. އެއީ އެތައް ބަޔަކު ވެސް އެހަނިދޮރުން ވަންނަން އުޅޭނެ، ނަމަވެސް ނުވަދެވޭނެ.


ބައެއްމީހުން ޙަސަދަވެރިކަމާއެކު ވާދަކުރުމުގެ ނިޔަތުގައި ވަޢުޡު ބުނާ ހިނދު އަނެއްބަޔަކު އަލްމަސީޙާއި މެދުގައިވާ ރަނގަޅު މަގުސަދާއި އެކުގައި ވަޢުޡު އިއްވައެވެ.


އަހަރެންގެ ކިބައިގައިވާ އީސާގެފާނުގެ މި މަތިވެރި ބާރުފުޅާއެކު އަހަރެން މިހާ މިންނެތް މަސައްކަތް މިކުރަނީ އެހެންވީމައެވެ.


ފާފަޔާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ތިޔައިން އެކަކު ވެސް މަރާ ކުރިމަތިލާ ހިސާބަކަށް އަދިއެއް ނުދެއެވެ.


އިނބަރަސްކަލާނގެ ހިނދުކޮޅަކަށް މަލާއިކަތުންނަށް ވުރެން ދަށުގައި އެމީހުން ލެއްވިއެވެ. އެކަމަކު އިނބަރަސްކަލާނގެ އެމީހުންގެ ބޯމަތީގައި ޖަލާލަތާއި ޝަރަފުގެ ތާޖު ބެހެއްޓެވި އެވެ.


އެކަމަކު ކުޑަ ހިނދުކޮޅަކަށް މަލާއިކަތުންނަށް ވުރެން ދަށްކޮށް އީސާގެފާނު ހުންނެވިތަން އަހަރެމެންނަށް ފެނުނެވެ. އެހެން އެވީ މާތްރަސްކަލާނގެ ނިޢުމަތްފުޅުން އެންމެހާ މީސްތަކުންގެ ބަދަލުގައި އެކަލޭގެފާނު އަވަހާރަވެ ދިއުމަށްޓަކައެވެ. މިހާރު މި ފެންނަނީ އެކަލޭގެފާނުގެ އިސްތަށިފުޅުގައި ތާޖު ބެހެއްޓެވި ޖަލާލަތު ކަމާއި ޝަރަފުވެރިކަން ދެއްވާފައި އެކަލޭގެފާނު ހުންނެވި ތަނެވެ. އެކަން އެހެން އެވީ މީސްތަކުންނަށްޓަކައި އެކަލޭގެފާނަށް އަވަހާރަވުމުގެ ރަހަ ފެނިވަޑައިގެންނެވި ކަމުންނެވެ.


އުފާވެރި ކަމުގައިވާ މީހުންނަކީ ކުރިމަތިވާ މުސީބާތްތަކަށް ކެތްތެރިވެ އީމާންތެރިކަމުގައި ދެމިތިބޭ މީހުންނެވެ. މިފަދަ ފަރާތްތަކަށް ޙަޔާތުގެ ތާޖު ލިބިދެއެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ ދެކެ ލޮބުވެތިކަމުގައިވާ ހުރިހާ އެންމެންނަށް އެކަލާނގެ ދެއްވުމަށް ވަޢުދުވެވޮޑިގެންނެވި އިނާމު ވެސްމެއެވެ.


އެއަށް ފަހު އަލްމަސީޙު، ހުއިހެއްޕުމުގެ އެންމެމަތީ ވެރިޔާ އެނބުރި ވަޑައިގަތުމުން، އޭގެ ރީތިކަމަށް ފަނޑުކަމެއް ނާންނަ ފަދަ ނޫރުން އެކުލެވިގެންވާ މަތިވެރި ތާޖު، ތިޔަބައިމީހުންނަށް ލިބިދޭނޭއެވެ.


ތިޔަބައިމީހުން މުސީބާތުގައި ވުމުން އެކަމާއި ކަންބޮޑު ނުވެ ދެކިބަލަ! ޝައިތާނާ ތިޔަބައިމީހުން ޖަލުގައި ހައްޔަރު ކުރާނެ. އެއީ ތިޔަބައިމީހުން އިމްތިޙާނު ކުރުމަށް. އަދި އެ މުސީބާތުގައި ދިހަ ދުވަސް ތިޔަބައިމީހުން ހޭދަ ކުރާނެ. ނަމަވެސް ތިޔަބައިމީހުން މަރުވެދިޔުމާއި ހަމައަށް އީމާންތެރިކަމުގައި ސާބިތުވެ ތިބޭ! އޭރުން ޙަޔާތުގެ ތާޖު އަހަރެން ތިޔަބައިމީހުންނަށް ދޭނަން.


އަހަރެން އަވަހަށް އަންނާނަން. ތިޔަބައިމީހުންނަށް ލިބިފައިވާ ތަކެތީގެ މަތީގައި ގާއިމުވެ ތިބޭ. އޭރުން، ތިޔަބައިމީހުންނަށް ލިބިފައިވާ ތާޖު އެކަކަށް ވެސް ވަގަކަށް ނުގެންދެވޭނެ.


ސައުވީސް ބޮޑުން ތަޚުތުގައި އިންނެވި ފަރާތްޕުޅުގެ ކުރިފުޅުމަތީ ސަޖިދަ ކުރެއެވެ. އަދި ދާއިމަށް ދިރިދެމި ވޮޑިގެންވާ މި ފަރާތަށް އަޅުކަން ކުރެއެވެ. އެ ބޮޑުން، އެބޮޑުންގެ ބޮލުގައި ވީ ތާޖުތައް ތަޚުތުގެ ކުރިފުޅުމަތީގައި ބޭއްވުމަށްފަހު ބުނަމުން ގެންދެއެވެ.


އެ ތަޚުތުގެ ވަށައިގެން އިތުރު ސައުވީސް ތަޚުތުތައް ވިއެވެ. އަދި މިއިން ކޮންމެ ތަޚުތެއްގައި ހުދު ހެދުމުގައި ވީ ބޮޑުންގެ ބޭކަލަކު ރަން ތާޖެއް އަޅައިގެން އިންނެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ