ތިމޮތީއަށް ދެވަނަ ސިޓީ 2:3 - ކިތާބުލް މުޤައްދަސާ3 މުސީބާތްތައް ކުރިމަތި ވިޔަސް އަހަރެންނެކޭ އެއްފަދައިން އީސާ އަލްމަސީޙުގެ ރަނގަޅު އަސްކަރީއެއްގެ ގޮތުގައި ވޭނާ ކުރިމަތިލާށެވެ. အခန်းကိုကြည့်ပါ။ |
އެހެންވީމާ، މާތްރަސްކަލާނގެ އާއިމެދު މީސްތަކުންނަށް އަންގައި ދިނުމުގައި ތިބާ ލަދުވެތި ނުވާށެވެ. އަދި އަހަރެން އީސާ އަލްމަސީޙަށްޓަކައި ހުރަގޭގައި ހައްޔަރުވެފައި ވާތީވެ އަހަރެންނާމެދުގައި ވެސް ލަދުވެތި ނުވާށެވެ. އަދި މާތްރަސްކަލާނގެ ތިބާއަށް ދެއްވި މަތިވެރި ބާރާއެކު އަހަރެންނެކޭ އެއްފަދައިން އެ ހެޔޮޚަބަރުފުޅު އިޢުލާންކުރާއިރު ވޭން އުފުލުމަށް ތިބާ ވެސް ތައްޔާރުވެ ހުންނާށެވެ.
ބޭއިންސާފުން އަހަންނަށް އަނިޔާ ލިބި ވޭނުގައި ވީއިރު ވެސް އަހަރެން މި މަސައްކަތުގައި ކުރިޔަށް ދިޔަކަމާއި އަދި ބެއިންސާފުން އަހަންނަށް ޕިސީދިޔާގެ އަންތީޔޮކު، އިކޯނިޔުމް، ލިސްތުރާގައި ލިބުނު އަނިޔާ ތިބާއަށް ރަނގަޅަށް އެނގިގެންވާނެއެވެ. މާތްސާހިބާ އެ ހުރިހާ މުސީބާތްތަކުން އަހަރެން ސަލާމަތް ކޮށްދެއްވިއެވެ.