ތިމޮތީއަށް ދެވަނަ ސިޓީ 2:26 - ކިތާބުލް މުޤައްދަސާ26 އެއީ އެފަދަ މީހުން ޝައިތާނާގެ އަޅުވެތިކަމުގައި ގައިދުވެފައި ތިއްބާ ހަމަވިސްނުންލިބި އެ ދަންތުރައިން މިންޖުވެވޭނެ ފަދައިން ވުމަށްޓަކައި ވެސް މެއެވެ. အခန်းကိုကြည့်ပါ။ |
ޒަބަދީގެ ދެދަރިން ޔާމިޒު އާއި ޔޫޙަންނާ ވެސް މިތަން ދެކެ ހައިރާންވިއެވެ. މި ދެމީހުންނަކީ ޝަމްއޫނު އާއި އެކު މަސައްކަތް ކުރާ ދެމީހުންނެވެ. އީސާގެފާނު ޝަމްއޫނަށް ވިދާޅުވިއެވެ. ”ކަންބޮޑުވެ ބިރުނުގަނޭ. މިއަދުން ފެށިގެން ކަލޭ މަސް ހިފުމުގެ ބަދަލުގައި މާތްރަސްކަލާނގެ މަގު ދެއްކުމަށްޓަކައި ހިފާނީ އިންސާނުން.“
ކަލޭ އެބައިމީހުންގެ ލޯތައް ހުޅުވާނޭ. އަދި އެމީހުން އަނދިރިކަމުން އަލިކަމަށް އަދި ޝައިތާނާގެ ބާރުގެ ދަށުން މާތްރަސްކަލާނގެ ބާރުގެދަށަށް އައުމަށް އެހީވެދޭނޭ. އޭރުން އެމީހުންގެ ފާފަތައް ޢަފޫކުރެއްވި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރުމުގެ ސަބަބުން މާތްރަސްކަލާނގެ ޚާއްސަ މަޤާމެއް ދެއްވާފައި ވާ އެހެން މީހުންގެ ތެރެއިން އެމީހުން ވެސް ހިމެނޭނޭ.‘“