ތިމޮތީއަށް ދެވަނަ ސިޓީ 2:18 - ކިތާބުލް މުޤައްދަސާ18 އެ ދެމީހުން ތެދުމަގުން އެއްކިބާވެ، މަރުވުމަށް ފަހު އަލުން ދިރުއްވުން އަތުވެއްޖެއޭ ކިޔާފައި މީސްތަކުންގެ މެދުގައި ފެތުރި ދޮގު ޚަބަރުތަކުން، އަހަރެމެންގެ ތެރެއިން އީމާންވީ ބައެއް ފަރާތްތަކުގެ އީމާންތެރިކަމާމެދު ނިޔަތް އަރާރުން ކުރުވިއެވެ. အခန်းကိုကြည့်ပါ။ |
ހިލަބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއިވި އަދި އުފަލާއި އެކު އެބަސްފުޅުތައް ގަބޫލު ކުރި ނަމަވެސް އެބައިމީހުންގެ ހިތުގައި އެކަލާނގެ ބަސްފުޅުތައް ހަރުނުލުމުގެ ސަބަބުން އެމީހުން ހަމައެކަނި ކުޑަ ވަގުތު ކޮޅަކަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް އިތުބާރު ކޮށް އުނދަގޫތަކާ ދިމާވުމުން އެކަލާނގެ ކިބަފުޅަށް ކުރަންވީ އިތުބާރު ކުރުން ހުއްޓާލާ މީހުންގެ މިސާލު.
އެބައިމީހުން އަހަރެމެންގެ ޖަމާޢަތް ދޫކޮށް ދިޔައީ އެބައިމީހުންނަކީ ޙަޤީޤަތުގައި އަހަރެމެންގެ ތެރެއިން ހިމެނިގެންވާ ބައެއް ކަމުގައި ނުވާތީ އެވެ. އެހެން ނޫންނަމަ އެބައިމީހުން އަހަރެމެންނާއި އެކުގައި ތިބީހެވެ. އެހެނީ އެބައިމީހުން ދިއުމުން، އެބައިމީހުންނަކީ އަހަރެމެންގެ ތެރެއިން ހިމެނިގެންނުވާ ބައެއްކަން ސާބިތުވިއެވެ.