17 ހަމަ ކަށަވަރުން އެފަދަ ވާހަކަތަކަކީ ކެންސަރު ފަދައިން ފެތުރިގެންދާފަދަ ކަމެކެވެ. ހިމެނޭހު އާއި ފިލެތުސް މިކަމުގެ މިސާލެއްގެ ގޮތުގައި ވެއެވެ.
ނަމަވެސް ބަނީއިސްރާއީލު މީހުންގެ ތެރެއިން އީސާގެފާނަށް އީމާން ނުވި މީހުން އެތާނގައި ވީ މާތްރަސްކަލާނގެއަށް އީމާންވެގެން ތިބި ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ހިތްތަކުގައި އީސާގެފާނަށް އީމާންވި މީހުންނާއި މެދު ނަފްރަތު އުފައްދާ ދެކޮޅުވެރި ކުރުވިއެވެ.
ހިމެނޭހު އާއި އިސްކަންދަރު މިކަމުގެ ދެ މިސާލަކަށް ފުދޭނެއެވެ. އެ ދެމީހުން ޝައިތާނާގެ މަގުން ދިއުމަށް އަހަރެން ދޫކޮށްލީ މާތްރަސްކަލާނގެއަށް ކުފުރު ވުމުން ރަނގަޅު ފިލާވަޅެއް ދޭހަކޮށް ދިނުމަށްޓަކައެވެ.
އަދި ކަލޭމެންގެ އަތުގައި ހުރި ރަންރިހީގެ މަޢުދަންތަކުގައި ވަނީ ދަމިލަ ޖަހާފައެވެ. އެ ދަމިލަ ސާބިތުކޮށްދެނީ ކަލޭމެންގެ ނުބައިކަމެވެ. އަދި ކަލޭމެންގެ ހަށިތައް އަލިފާނުގައި އަދައިގެންދާ ފަދައިން އެ ތަކެތި ވާނެއެވެ. ކަލޭމެންނަށް ލިބިގެންވީ ޚަޒާނާތައް އެންމެ ފަހު ޒަމާނަށް ރައްކާކުރެވިފައިވެއެވެ.