Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިމޮތީއަށް ދެވަނަ ސިޓީ 2:14 - ކިތާބުލް މުޤައްދަސާ

14 މީސްތަކުންނަށް މިކަންތައް ހަނދާން ކޮށްދޭށެވެ. މާތްރަސްކަލާނގެ ނަންފުޅުމަތީގައި އެބައިމީހުންނަށް އަމުރުކޮށް، ބަސްބަހުގެ މާނައާ މެދު ދެބަސްވުންތައް ދޫކޮށްލުމަށް އަންގާށެވެ. މިފަދަ ދެބަސްވުމަކީ ބޭކާރުކަމެކެވެ. އަދި އެފަދަ ދެބަސްވުންތައް އަޑުއަހާނަމަ އެބަޔަކު ބަރުބާދު ވެދާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިމޮތީއަށް ދެވަނަ ސިޓީ 2:14
30 ပူးပေါင်းရင်းမြစ်များ  

މީހަކަށް އެމީހާގެ ފުރާނަ ގެއްލިފައިވީނަމަ މުޅި ދުނިޔެ ލިބުނު ކަމުގައި ވިޔަސް އެމީހަކަށް އޮތީ ކޮން ފައިދާއެއް؟ އެމީހަކު އަނބުރާ އެ ފުރާނަ ގަތުމަށް ދެވޭނެ އަގަކީ ކޮބާ؟


”⁠އޭ ޝައިތާނާގެ ދަރިޔާ. ކަލޭ ތިޔަ ވަނީ ނުބައި އުކުޅުތަކުންނާއި ނުބައިވެގެންވާ ކަންތައްތަކުން ފުރިފަ. ކަލޭ ތިޔައީ ހުރިހާ ރަނގަޅު ކަމަކާއި އިދިކޮޅު އެކަންތައްތަކުގެ ދުޝްމިނެއް. ކަލޭ ދުވަހަކު ވެސް މާތްރަސްކަލާނގެ ތެދުފުޅުތައް ދޮގުތަކަށް އަނބުރާ މީސްތަކުންނަށް އޮޅުވާލުން ހުއްޓައެއް ނުލާނަންތަ؟


އަހަރެމެންނަށް އެނގިފައިވާ ގޮތުގައި އަހަރެމެންގެ ތެރެއިން ބަޔަކު ތިޔަބައިމީހުންގެ ގާތަށް ގޮސް އެމީހުންގެ ބަސްތަކުގެ ސަބަބުން ތިޔަބައިމީހުންނަށް އުނދަގުލާއި ހާސްކަން ލިބިއްޖެއެވެ. ނަމަވެސް އެމީހުން އެއީ އަހަރެމެން ފޮނުވައިގެން ތިޔަބައިމީހުންގެ ގާތަށް ދިޔަ ބަޔެއް ނޫނެވެ. އަދި އެމީހުން އެކަން ކުރީކީ ވެސް އަހަރެމެން ރުހޭގޮތަކަށް ނޫނެވެ.


ތެދުމަގު ލިބޭ ހެޔޮޚަބަރުފުޅަކީ ހަމަ އެންމެ ޚަބަރެކެވެ. ނަމަވެސް މިހާރު ބަޔަކު މީހުން ކަލޭމެންނަށް އޮޅުވާލައި އީސާގެފާނު ދެއްވި ހެޔޮބަރުފުޅު ބަދަލުކޮށްލަން އެބަ މަސައްކަތްކުރެއެވެ.


މާތްރަސްކަލާނގެ ކިބަފުޅަށް އުރެދިގެންވާ ފަރާތްތަކެކޭ އެއްފަދައިން މޮޔަ ޙަޔާތެއްގައި އުޅުން ހުއްޓާލުމަށް މާތްސާހިބާއަށް އީމާންވާ މީހެއްގެ ޙައިޘިއްޔަތުން ތިޔަބައިމީހުންނަށް އަހަރެން އަމުރު ކުރަމެވެ. އެބައިމީހުން ވަނީ އުންމީދެއް ނެތް އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައެވެ.


އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން ތިޔަބައިމީހުންނަށް އުނގަންނައިދިނީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާފަދަ ޙަޔާތެއް ވޭތު ކުރާނޭ ގޮތަކާ މެދުގައެވެ. އަދި ތިޔަބައިމީހުން ޙަޔާތް ވޭތުކުރަމުން ތިޔަ ގެންދަނީ އެފަދައިން ވެސްމެއެވެ. މިހާރު އަހަރެމެން ތިޔަބައިމީހުންގެ ގާތު އާދޭހާއެކު މިއެދެނީ މާތްސާހިބާ އީސާގެފާނުގެ ކިބައިން ހިތްވަރު ލިބި ތިޔަގޮތުގައި އިތުރަށް ކުރިއަށް ދިއުމަށެވެ.


އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ ނަންފުޅުގައި ތިޔަބައިމީހުންނަށް އަހަރެމެން މިފަދައިން އަމުރު ކުރަމެވެ. ތިޔަބައިމީހުންނަށް އަހަރެމެން ދީފައިވާ އިރުޝާދުތަކަށް އަމަލު ނުކޮށް ކަންނެތް ވެގެންވާ ޙަޔާތެއް ވޭތުކުރަމުން ގެންދާ އެންމެހާ އަޚުންނާއި އުޚުތުންނާއި އެކަހެރިވެ ތިބޭށެވެ.


އެއްވެސް ޙާލަތެއްގައި މީސްތަކުންގެ ވަގުތުތައް ހުއްޓާނުލާ އެދައްކާ ފުލޯކު ވާހަކަތަކާއި ނަސްލީ ދަރަޖަތަކުގެ ވާހަކަތަކާއި ރޫޙާނީ ގޮތުން ވާހަކަތަކުގެ ތެރެއަށް ވަނަ ނުދޭށެވެ. މިފަދަ ކަންތައްތަކުގެ ސަބަބުން ދެބަސްވުން އުފެދި މާތްރަސްކަލާނގެ މަގުގައި އީމާންތެރި ޙަޔާތެއްގައި ވުމަށް މީސްތަކުންނަކަށް އެހީތެރިވެއެއް ނުދެއެވެ.


އެކަމަކު ބައެއް އެދުރުން މި މުހިންމު ނުކުތާ އުނި ކުރެއެވެ. އެބައިމީހުން މިކަމުން އެއްކިބާވެތިބެ، އެބައިމީހުންގެ ވަގުތުތައް ދުއްވާލަނީ ތާކުންތާކު ނުޖެހޭ ވާހަކަތައް ދެއްކުމުގައެވެ.


ޖިސްމާނީ ތަމްރީނުތަކުގައި މިންވަރެއްގެ އަގެއް ހިމެނިގެން ވިޔަސް ރޫޙާނީ ތަމްރީނުތައް އެއަށް ވުރެން މާ މުހިންމެވެ. އެއީ ވަޢުދުވެ ވަޑައިގެންވީ ފަދައިން މިކަމުގެ ޖަޒާ ލިބިދެނީ މި ޙަޔާތުގެ އިތުރުން އަބަދަށެވެ.


މުހިންމު ގޮތެއްގައި އަހަރެން މިކަންތައްތަކަށް މި އަމުރު ކުރަނީ މާތްރަސްކަލާނގެ ޙަޟްރަތުގައާއި މާތްސާހިބާ އީސާ އަލްމަސީޙު އަދި މަތިވެރި ވެގެންވާ މަލާއިކަތުން ހެކިކުރައްވާ މި އިރުޝާދުތަކަށް ރަނގަޅަށް ބަލައި ކުރިއަށް ދިއުމަށެވެ. އަދި އެއްވެސް މީހަކު ތަފާތު ނުމެކޮށެވެ.


އަހަރެން މާތްރަސްކަލާނގެ ޙަޟްރަތު ހެކިކޮށް ތިބާއަށް އަމުރު ކުރަމެވެ. އެކަލާނގެއީ ހުރިހާ ތަކެއްޗަކަށް ދިރުންދެއްވާ ކަލާނގެއެވެ. އަދި އީސާ އަލްމަސީޙުގެ ޙާޟިރުގައި ބުނަމެވެ. އެކަލޭގެފާނު ޕޮންތިޔުސް ޕިލާތުސްގެ ކުރިމަތީގައި އީމާންތެރިކަން ފުރިހަމައަށް ސާބިތު ކޮށްދެއްވިއެވެ.


އަހަރެން ތިބާގެ ގައިގައި އަތް ބީއްސައި ތިބާއަށް ލިބިގެންދިޔަ ރޫޙާނީ ހަދިޔާގެ ބޭނުން އާލާކުރަމުން ގެންދިއުމަށް އަހަރެން ހަނދާންކޮށްދެނީ އެހެންވެއެވެ.


ތާކުންތާކުނުޖެހޭ ވާހަކަތަކުން ދުރުހެލިވާށެވެ. އެފަދަ ވާހަކަތައް މީސްތަކުން މާތްކަލާނގެއާ ދުރުހެލި އިތުރު ކުރުވައެވެ.


އަދިވެސް ތަކުރާރުކޮށް ބުނަމެވެ. ޖާހިލު ކަމާއި ބޭކާރު މޮޔަ ވާހަކަތައް ދެއްކުމުން ދުރުހެލިވާށެވެ. މިފަދަ ކަންތައްތަކަކީ މައްސަލަތައް އުފެދުމަށް މަގުފަހި ކުރުވާ ކަންކަމެވެ.


އީސާ އަލްމަސީޙު ރަސްކަލަކު ކަމުގައި އަންނަ ދުވަހު އެކަލޭގެފާނު ވާނީ އެންމެހާ މީސްތަކުންގެ މައްޗަށް އިންސާފު ކުރައްވާނޭ ފަރާތް ކަމުގައެވެ. ދިރި ތިބީންނަށާއި މަރުވެދިޔަ މީހުންގެ މައްޗަށެވެ. އެހެންވީމާ މާތްރަސްކަލާނގެ އަދި އަލްމަސީޙު ހެކިކޮށް ތިބާއަށް އަހަރެން އަމުރު ކުރަމެވެ.


ވެރިންނަށް ކިޔަމަންތެރިވެ ބޯލެނބުމަށް މީސްތަކުންނަށް ތިބާ ހަނދާން ކޮށްދޭށެވެ. އެބައިމީހުން ކިޔަމަންތެރިކަމާއެކު، އަބަދުވެސް ރަނގަޅު ކަންތައް ކުރުމަށް ތައްޔާރުގައި ތިބޭ ބަޔަކަށް ވެތިބުމަށް ބުނެދޭށެވެ.


ތަފާތު ގޮތްގޮތަށް މީހުން ބުނެދޭ އެއްޗެއްސަށް ހެއްލިނުގަންނާށެވެ. އެހެނީ ހިތަށް ހަކަތަ ލިބެނީ މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅުން ނެވެ. ކައި ބޮއި ހަދާ ތަކެއްޗާމެދު ބަޔަކު ހަދާ ގަވާއިދަކުން ނޫނެވެ. އެފަދަ ކަންކަމުގެ ފަހަތުން އުޅޭ ބަޔަކަށް އެއިން ލިބޭނެ މަންފާއެއް ނޯންނާނެއެވެ.


އަހަރެން ދިރިހުރިހާ ހިނދަކު މިތަކެތި ތިޔަބައިމީހުންނަށް ހަނދުމަކޮށްދިނުމުގައި ދެމިހުރުމަކީ އަހަރެން ގަބޫލުކުރާ ގޮތެވެ.


ބާޠިލް ބުދުތަކާ ދިމާއަށް ނުއެނބުރޭތި. އެހެނީ އެފަދަ ބުދުތަކަކީ ކަލޭމެންނަށް އެއްވެސް ފައިދާއެއް އެހީތެރިކަމެއް ދެވޭނެ އެއްޗެއް ނޫން. އެއަކީ އެއްވެސް ބާރެއް ހުރިއެއްޗެއް ވެސް ނޫން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ