Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިމޮތީއަށް ދެވަނަ ސިޓީ 1:4 - ކިތާބުލް މުޤައްދަސާ

4 އަހަރެން ވަނީ ތިބާ ދުށުމަށް ކެތްމަދުވެފައިމެއެވެ. އަހަރެމެން ވަކިވިހިނދު ތިބާގެ ލޮލުން ފޭދުނު ކަރުނަތައް މިހާރު ވެސް ހަނދާންވެއެވެ. އަދި އަހަރެމެންނަށް އެއްތަނެއްގައި ތިބެވޭ ދުވަހަކުން އުފާކުރާނީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިމޮތީއަށް ދެވަނަ ސިޓީ 1:4
19 ပူးပေါင်းရင်းမြစ်များ  

މިހާރު ކަލޭމެން ތިޔަ ވަނީ އެފަދަ ހިތާމައެއްގައި. ނަމަވެސް އަހަރެން އަލުން ކަލޭމެންނާއި ބައްދަލުވާނަން. އޭރުން ކަލޭމެން އެހާވަރަށް އުފާވާނެ. އަދި އެއްވެސް މީހަކަށް އެއުފާ ކަލޭމެންގެ އަތުން ޖަހައެއް ނުގަނެވޭނެ.


މީގެ ކުރިން ދުވަހަކު ވެސް އަދި ކަލޭމެން މިފަދައިން އެދިފައެއް ނުވޭ. ނަމަވެސް މިހާރު ކަލޭމެން އަހަރެންގެ ނަމުގައި އެދެން ޖެހޭނެ. އެ އެދޭ ކަމެއް ބައްޕާފުޅު ކަލޭމެންނަށް ކޮށްދެއްވާނެ. އޭރުން ކަލޭމެން ކޮޅުނެތްކޮޅަށް އުފާވާނެ.


ބަނީއިސްރާއީލު މީހުން އަހަރެންނާއި ދެކޮޅަށް ރާވަމުން ދިޔަ އެތައް ރޭވުންތަކެއްގެ ސަބަބުން އަހަރެންނަށް އެތައް ވޭނަކާއި އުނދަގުލެއް ލިބެމުން ދިޔަ ނަމަވެސް އެހުރިހާ ކަމަކަށް ކެތްކޮށް އަދި ހިތްމޮޅުވުމެއްނެތި އެތައް ކަރުނައަކާއި އެކު މާތްރަސްކަލާނގެ އަހަރެންނަށް އެންގެވި މަގުން ކަން ކުރިން.


އެހެންކަމުން އަހަރެން ބުނަން. ބަލައިގެން އުޅޭ. ކަލޭމެންގެ ގާތުގައި މި ވީ ތިން އަހަރު ދުވަހު އަހަރެން ސީދާ މަގުން ހިނގުމަށް ކެނޑިނޭޅި ކުރަމުން މިދިޔަ މަސައްކަތް ހަނދާން ބަހައްޓާ. އަދި ކަލޭމެންނަށްޓަކައި އެތައް ކަރުނައެއް ވެސް އަހަރެން އެޅިކަން ހަނދާން ކުރޭ.


އަލްމަސީޙު އީސާގެފާނުގެ އޯގާވެރި ލޯތްބާއެކު ތިޔަބައިމީހުންނާއި އެކުގައިވުމަށް އަހަރެންގެ ހިތްއެދޭވަރާއި ތިޔަބައިމީހުންދެކެ އަހަރެން ލޯބިވާވަރު މާތްކަލާނގެ ދެނެވޮޑިގަންނަވާނެއެވެ.


އޭނާގެ ބަލި ޚަބަރު ތިޔަބައިމީހުންނަށް ލިބިފައި ވުމުގެ ސަބަބުން އޭނާ ހުރީ ވަރަށް ފިކުރު ބޮޑުވެފައެވެ. އަދި އޭނާގެ ހިތުގައި ތިޔަބައިމީހުން ދުށުމުގެ ޝައުޤުވެރިކަން ވާތީއެވެ.


ކުޑަހިނދުކޮޅަކަށް އަހަރެމެން ތިޔަ އަޚުންނާއި އުޚުތުންނާއި ވަކިކޮށްފައިވީ ނަމަވެސް އަހަރެމެންގެ ވިސްނުން ވަނީ ތިޔަބައިމީހުންނާއި އެކުގައެވެ. އަހަރެމެން އެކަކު އަނެކަކަށް ކުރިމަތިން ފެނި ބައްދަލުވުމަށް ނުހަނު އެދެމުން ތިޔަބައިމީހުންގެ ކައިރިއަށް ދިއުމަށް ގަދައަޅައި އަހަރެމެން މަސައްކަތް ކުރީމެވެ!


ފިނި މޫސުމް އައުމުގެ ކުރިން ތިބާއަށް އާދެވޭތޯ މަސައްކަތް ކުރާށެވެ. އެއުބޫލު، ޕިޔުޑެންސް، ލީނުސްގެ އިތުރުން ކިލާއުދިޔާ ވެސް ތިބާއަށް ތަހުނިޔާ ފޮނުވަމެވެ. އަދި އިތުރަށް މަސީހީންގެ އެންމެހާ ފަރާތްތައް މި ތަހުނިޔާގައި ޝާމިލު ކުރަމެވެ.


ވީހާ ވެސް އަވަހަށް އަހަރެން ދުށުމަށް ތިބާއަށް އާދެވޭތޯ މަސައްކަތް ކުރާށެވެ.


ވީމާ، އަހަރެމެން މި ލިޔުންތައް ލިޔެ ތިޔަބައިމީހުންނަށް މިއަންގަނީ އަހަރެމެންނާއިއެކު ތިޔަ ބައިމީހުންގެ އުފާވެރިކަން ވެސް ފުރިހަމަ ވުމަށްޓަކައެވެ.


އެބައިމީހުންގެ ލޮލުން ފައިބާނެ އެންމެހާ ކަރުނަތައް އެކަލާނގެ ފޮހެދެއްވާނެ. ކުރިމަގުގައި މަރުވުމެއް، ހިތާމައެއް، ރުއިމެއް އަދި ވޭންދެނިވި އެއްވެސް ކަމެއް ނުވާނެ. ކުރީގެ ހުރިހާ ކަމެއް ވަނީ ނެތިގޮސްފައި.⁠“


ތަޚުތުގެ މެދުގައި ހުރި ޅަކަންބަޅިއަކީ އެބައިމީހުން ހުއިހައްޕާ މީހާ. އަދި އެފަރާތުން ޙަޔާތުގެ ދިރުން ދެއްވާ ފެންއާރުތަކަށް ދާމަގު އެބައިމީހުންނަށް ދައްކުވައި ދެއްވާނެ. އަދި އެބައިމީހުންގެ ލޮލުން އަންނަ ކޮންމެ ކަރުނަ ތިއްކެއް މާތްރަސްކަލާނގެ ފޮހެދެއްވާނެމެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ