Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިމޮތީއަށް ދެވަނަ ސިޓީ 1:10 - ކިތާބުލް މުޤައްދަސާ

10 އަހަރެމެންނަށް ދިންނެވުން ލިއްބައިދެއްވާ އީސާ އަލްމަސީޙު ވަޑައިގެންނެވީ އެކަލާނގެ ނިޢުމަތްފުޅު ދައްކުވައި ދެއްވުމަށެވެ. އަދި އަލްމަސީޙު ވަނީ މަރުގެ މައްޗަށް ފަތަޙަ ހޯއްދަވާ އަހަރެމެންނަށް ހެޔޮޚަބަރުފުޅު ދެއްވައި އަބަދަށްޓަކާ ދިރިހުންނެވިކަން ދައްކުވާފައިވާ ފަރާތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިމޮތީއަށް ދެވަނަ ސިޓީ 1:10
58 ပူးပေါင်းရင်းမြစ်များ  

ކަލޭގެ ހިތާއި ދިރިއުޅުމުގެ އެއްވެސް ބައެއް އަނދިރި ކަމުގައި ނުވަނީ ނަމަ ކަލޭ ވާނީ އަލިކަމުގެ ތެރޭގަ. އޭރުން އަލިގަދަ ބައްތިއެއްގެ އަލި ކަލޭގެ މައްޗަށް އެޅިފައިވާ ފަދައިން ކަލޭ ވިދާނެ.⁠“


ދެން އޭނާ އޭނާގެ ދަނޑު ބަލަހައްޓާ މީހާއަށް ބުނި. ’⁠އަހަރެން މި ވައްތީނި ގަހުން މޭވާއެއް ލިބޭތޯ އަންނަތާ މިހާރު މި ވީ ތިން އަހަރޭ. އެކަމަކު ދުވަހަކު ވެސް މިގަހަކުން މޭވާއެއް އަދި ނުލިބެއޭ. މިގަސް ކަނޑާލާށޭ. މިގަސް މިތާ ހުރުމުން ބިންގަނޑުން ލިބެންވާ ފައިދާ އެގަހަށް ދިއުން ފިޔަވާ އެހެން ކަމެއް އެބަ ވޭހޭ؟⁠‘


ދާއޫދުގެފާނު އުފަންވި ރަށުގައި މިއަދު ތިޔައެންމެހައި މީސްތަކުން ދިންނަވާނޭ ބޭކަލަކު އުފަންވެއްޖެ. އެކަލޭގެފާނީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ އަލްމަސީޙު ކަމުގައިވާ މާތްސާހިބާ.


އެންމެންނަށް އަލިކަން ދެއްވާނެ ފަރާތް ކަމަށްވާ އަސްލު އަލިކަމުގެ ވެރިޔާ އޭރު ވަނީ ވަޑައިގަންނަވަން ކައިރިވެފައެވެ.


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠އަހަރެން މިއީ މަގު، އަހަރެން މިއީ ތެދު، އަހަރެން މިއީ ދިރިހުރުން. އެއްވެސް މީހަކަށް އަހަރެން މެދުވެރިކޮށް ނޫން އެހެން ގޮތަކަށް ބައްޕާފުޅުގެ އަރިހަކަށް ނުދެވޭނެ.


ނަމަވެސް މިފޮތުގައި ލިޔެވިގެން މިވާ ކަންތައްތައް ލިޔެވިފައި އެވަނީ އެކަމުގެ ސަބަބުން ކަލޭމެން ވެސް އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި ފަރާތްކަން ގަބޫލު ކުރާނެ ގޮތް ވުމަށެވެ. އަދި އަލްމަސީޙު އަކީ މާތްރަސްކަލާނގެ ދަރިކަލުންކަން ގަބޫލު ކުރުމަށް ވެސް އެހީވުމަށްޓަކައެވެ. އެއީ އެކަލޭގެފާނު ގަބޫލު ކޮށް އީމާންވުމުގެ ސަބަބުން ކަލޭމެންނަށް ވެސް އާ ދިރިހުރުމެއް ލިބޭނެތީއެވެ.


އެމީހުން އެ އަންހެންމީހާއަށް ބުންޏެވެ. ”⁠ފުރަތަމަ އަހަރެމެން އެކަލޭގެފާނު ގަބޫލުކުރީ ކަލޭ ދެއްކި ވާހަކަތަކުގެ ސަބަބުން. ނަމަވެސް މިހާރު އަހަރެމެން އެކަލޭގެފާނު ގަބޫލުކޮށް އީމާން މިވީ އަހަރެމެންގެ އަމިއްލަ ކަންފަތަށް އެކަލޭގެފާނުގެ ބަސްފުޅުތައް އިވުމުން. މިހާރު އަހަރެމެންނަށް މުޅިން ޔަޤީންވެ އެނގިއްޖެ އެކަލޭގެފާނަކީ ދުނިޔޭގެ މީސްތަކުން ދިންނަވާނެ ކަލޭގެފާނުކަން.⁠“


ނަމަވެސް އެ ނިމުންނުވާ ޙަޔާތް ލިބިގަތުމަށް އަހަރެންގެ ބަސްތައް ގަބޫލު ކުރުމަށް ކަލޭމެން އެބަ އިންކާރުކުރޭ.


މާތްރަސްކަލާނގެ އެންމެ ކުރީސުރެ ވެސް ވަޢުދުފުޅު ވެ ވޮޑިގެންވީ ފަދައިން ދާއޫދުގެފާނުގެ ދަރިކޮޅުން މީސްތަކުން ދިންނެވުމަށް ބަނީއިސްރާއީލު މީހުންގެ ގާތަށް ބޭކަލަކު ފޮނުއްވި. މީސްތަކުން ދިންނެވުމަށް މާތްރަސްކަލާނގެ ފޮނުއްވި މިބޭކަލަކީ އީސާގެފާނު.


އެންމެ މަތިވެރިކަލާނގެ ދެއްވާ އެންމެ މަތިވެރި މަޤާމުގައި އެކަލާނގެ އީސާގެފާނު ލެއްވި. މަތިވެރި ވެރިއަކު ކަމުގަޔާއި، އަދި މީސްތަކުންގެ ދިންނެވުން ކަމުގައި އެކަލޭގެފާނު ލެއްވި. މާތްރަސްކަލާނގެ މި ފަދައިން ކަން ކުރެއްވީ އެއީ ބަނީއިސްރާއީލުގެ އެންމެ ހާ މީސްތަކުން ވެސް އެކަލޭގެފާނުގެ ކިބައަށް އެނބުރި ތައުބާވުމުން އެއެންމެންގެ ފާފަތައް ވެސް ފޮހެވި އެމީހުންނަށް ވެސް އަލުން ފުރުސަތެއް ދެއްވުމަށްޓާކާ.


އަދި ކަލޭމެން އެ އަމުރުފުޅުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަންތައް ކޮށްގެން މާތްރަސްކަލާނގެ ރުއްސެވުން ހޯދަން އުޅެނީނަމަ، ކަލޭމެން ތިޔަވަނީ އަލްމަސީޙާއި ވަކިވެފައެވެ. އަދި، ކަލޭމެން ތިޔަވަނީ، މާތްރަސްކަލާނގެ ނިޢުމަތްފުޅުން ވެސް ބޭރުވެފައެވެ.


ތިޔަބައިމީހުންގެ ހިތްއަލިކުރެއްވުން އެދި އަހަރެން ދުޢާ ދަންނަވަމެވެ. އޭރުން އެކަލާނގެ މުޤައްދަސް ކުރެއްވި ފަރާތްތަކަށް ދެއްވުމަށް އެކަލާނގެ ވަޢުދުވެ ވޮޑިގެންނެވި އުންމީދަކީ ކޮބައިކަން ތިޔަބައިމީހުންނަށް އެނގިގެންވާނެއެވެ. އަދި އެކަލާނގެ މުޤައްދަސްކުރެއްވި ފަރާތްތަކަށް އެކަލާނގެ ދެއްވާ ތަރިކައިގެ މަތިވެރިކަމާއި މުއްސަނދިކަން ތިޔަބައިމީހުންނަށް ވިސްނޭނެއެވެ.


މާތްރަސްކަލާނގެ އެކަލާނގެ މަގުސަދުގެ ސިއްރު އަހަރެމެންނަށް ދައްކުވައި ދެއްވައިފިއެވެ. މިއީ އެކަލާނގެ އެދިވޮޑިގަންނަވާ ގޮތް ވެސް މެއެވެ. އަދި މި ކަންތައްތައް އެކަލާނގެ ރާއްވަވާފައި ވަނީ އަލްމަސީޙު މެދުވެރި ކުރައްވައެވެ.


އެކަލާނގެ ބޮޑު ދުޝްމަން ފަރާތް ފައުޅު ވާނީ އޭގެ ފަހުންނެވެ. ނަމަވެސް މާތްސާހިބާ އީސާގެފާނު އޭނާ ގަތުލު ކުރައްވާނީ އެކަލޭގެފާނުގެ ނޭވާފުޅު ލައްވައެވެ. އަދި މާތްސާހިބާ ވަޑައިގެންނެވުމުގެ މަތިވެރިކަމުން އޭނާ މުޅީންމެ ނެތިކޮށްލާނެއެވެ.


މިއީ އީސާ އަލްމަސީޙުގެ މަންދޫބެއް ކަމުގައިވާ ޕައުލު ފޮނުވާ ސިޓީއެކެވެ. މާތްރަސްކަލާނގެ އަހަރެން ހޮއްވެވީ އެކަލާނގެ އެދިވޮޑިގަންނަވާ ގޮތުގެ މަތިން އީސާ އަލްމަސީޙު މެދުވެރި ކުރައްވައި ލިބިދެވޭނެ ޙަޔާތުގެ ވަޢުދު ބަސްފުޅު އަންގައި ދިނުމަށްޓަކައެވެ.


އެހެންވީމާ، މާތްރަސްކަލާނގެ އާއިމެދު މީސްތަކުންނަށް އަންގައި ދިނުމުގައި ތިބާ ލަދުވެތި ނުވާށެވެ. އަދި އަހަރެން އީސާ އަލްމަސީޙަށްޓަކައި ހުރަގޭގައި ހައްޔަރުވެފައި ވާތީވެ އަހަރެންނާމެދުގައި ވެސް ލަދުވެތި ނުވާށެވެ. އަދި މާތްރަސްކަލާނގެ ތިބާއަށް ދެއްވި މަތިވެރި ބާރާއެކު އަހަރެންނެކޭ އެއްފަދައިން އެ ހެޔޮޚަބަރުފުޅު އިޢުލާންކުރާއިރު ވޭން އުފުލުމަށް ތިބާ ވެސް ތައްޔާރުވެ ހުންނާށެވެ.


އީސާ އަލްމަސީޙު ރަސްކަލަކު ކަމުގައި އަންނަ ދުވަހު އެކަލޭގެފާނު ވާނީ އެންމެހާ މީސްތަކުންގެ މައްޗަށް އިންސާފު ކުރައްވާނޭ ފަރާތް ކަމުގައެވެ. ދިރި ތިބީންނަށާއި މަރުވެދިޔަ މީހުންގެ މައްޗަށެވެ. އެހެންވީމާ މާތްރަސްކަލާނގެ އަދި އަލްމަސީޙު ހެކިކޮށް ތިބާއަށް އަހަރެން އަމުރު ކުރަމެވެ.


މިހާރުން ފެށިގެން އަހަންނަށްޓަކައި ޞާލިޙުވަންތަ ކަމުގެ ތާޖެއް ބޭއްވިފައި ވާނެއެވެ. މާތްސާހިބާއަކީ އަދުލުވެރި ފަނޑިޔާރެވެ. އެކަލޭގެފާނު އެނބުރިވަޑައިގަންނަވާ ދުވަހު އެ އިނާމު އަހަންނަށް ދެއްވާނެއެވެ. އެއީ ހަމައެކަނި އަހަންނަށް ދެއްވާނެ އިނާމެއް ނޫނެވެ. އެ އިނާމު އެދުވަސް އައުމަށް އެދި ޝައުޤުވެރިވެ ތިބި އެންމެންނަށް ވެސް ލިބިގެންދާނެއެވެ.


ދިންނެވުން ދެއްވާ މާތްކަލާނގެ ނިޢުމަތްފުޅު އެއެންމެންނަށް ފާޅުވެއްޖެއެވެ.


އަހަރެމެން މިވަނީ އުންމީދުން ފުރިފައެވެ. އަހަރެމެން މިތިބީ މަތިވެރިކަލާނގެ އަދި އަހަރެމެން ދިންނަވާ ފަރާތް އީސާ އަލްމަސީޙު އެކަލާނގެ މަތިވެރި ނޫރުފުޅާއެކު ވަޑައިގަންނަވާނެ ވަގުތެއްގެ އިންތިޒާރުގައެވެ.


އެކަމަކު މާތްރަސްކަލާނގެ، އަހަރެމެން ދިންނަވާ ފަރާތް، އަހަރެމެންނަށް ދައްކައިދެއްވީ ލޯތްބާއި އޯގާތެރި ކަމެވެ.


ކަލޭމެން އީމާންކަމުގެ ތެރެއަށް ނުވަދެ ތިއްބާ ހިދާޔަތުގެ ނޫރު އަލަށް ލިބުނު ދުވަސްވަރު ކަލޭމެން އުފުލަން ޖެހުނު ދަތިވޭނުގެ މަތިން ފަހަރެއްގައި ވެސް ހަނދާން ނައްތާ ނުލާށެވެ. އޭރު ވެސް ކަލޭމެން އީމާންކަން ދޫކޮށެއް ނުލިއެވެ.


މި ސިޓީއަކީ އީސާ އަލްމަސީޙުގެ ޚާދިމު އަދި އެކަލޭގެފާނުގެ މަންދޫބެއް ކަމުގައިވާ ޝަމްއޫނު ޕަތަރަސްގެ ފަރާތުން ލިޔެފޮނުވާ ސިޓީ އެކެވެ. މި ސިޓީ މިލިޔަނީ އަހަރެމެންނަށް ދެއްވި ފަދައިން މާތްކަލާނގެއާއި އަހަރެމެން ދިންނެވުން ފަރާތް އީސާއަލްމަސީޙުގެ ޞާލިޙުވަންތަކަމުން އީމާންތެރި އަގުބޮޑު ހަދިޔާ ދެއްވާފައިވާ މީސްތަކުންނަށެވެ.


އަދި އަހަރެމެންގެ މާތްސާހިބާ، ދިންނެވުން ދެއްވާ ފަރާތްކަމުގައިވާ އީސާ އަލްމަސީޙުގެ ނިމުމެއް ނުވާ ރަސްކަންފުޅަށް ވާސިލުވުމަށްޓަކައި ތިޔަބައިމީހުންނަށް ފުޅާވެގެންވާ ދޮރުކޮޅެއް މާތްރަސްކަލާނގެ ހުޅުއްވައި ދެއްވާނެއެވެ.


އަހަރެމެންނަށް ފުރިހަމަ ގޮތުގައި އީސާގެފާނު އެނގިގެންވުމުން އެކަލޭގެފާނުގެ އިލާހީ ކުޅަދުންވަންތަކަމުން މާތްރަސްކަލާނގެ މަގުގައި ޙަޔާތް ވޭތުކުރުމާއި އެކަލާނގެއަށް ޚިދުމަތް ކުރުމުގައި ބޭނުންވާނޭ އެންމެހާ ތަކެއްޗެއް އަހަރެމެންނަށް ދެއްވިއެވެ. އެކަލޭގެފާނު އަހަރެމެންނަށް ދަޢުވަތު ދެއްވީ އެކަލޭގެފާނުގެ ޢަޖާއިބެއްފަދަ ޖަލާލަތުކަމާއި ހެޔޮކަމުގައި އަހަރެމެން ވެސް ޙިއްސާ ވުމަށެވެ.


އަހަރެމެންގެ މާތްސާހިބާ އަދި ދިންނެވުން ދެއްވާ ފަރާތް އީސާ އަލްމަސީޙާއި މެދު އުނގެނި ގަތުމުން ދުނިޔޭގެ ނުބައި ނުލަފާ ގޮތްތަކުން އެބައިމީހުންނަށް ސަލާމަތްތެރިކަން ލިބިދެއެވެ. ނަމަވެސް އެބައިމީހުން ފާޙިޝް އަމަލުތަކުގެ ތެރެއަށް ދިއުމުން އެކަންތަކުގެ ޝިކާރައިގައި ޖެހި ހަލާކުވެ އިހުނަށް ވުރެން ގޯސް ހާލަތަކަށް ހިނގައިދާނެއެވެ.


އަދި އަހަރެމެންގެ މާތްސާހިބާ އަދި ދިންނެވުން ދެއްވާ ފަރާތް އީސާ އަލްމަސީޙު ދެއްވާ ނިޢުމަތާއި ޢިލްމާއިއެކު ހެދި ބޮޑުވަމުން ދިއުމަށެވެ. އެންމެހައި ޖަލާލަތުކަމެއް މި ހިނދު ގައްޔާއި އަދި އަބަދުގެ އަބަދަށް ވާހުށީ އެކަލޭގެފާނަށެވެ! އާމީން.


އެއީ ނަބިއްޔުން މާޒީގައި ބުނެދެއްވި ކަންތައްތައް ތިޔަބައިމީހުން ހަނދާން ނައްތާ ނުލުމަށް އެހީވުމަށެވެ. ހަމައެހެންމެ އަހަރެމެންގެ މާތްސާހިބާ އަދި ދިންނެވުން ދެއްވާ ފަރާތްޕުޅުން އެކަލޭގެފާނުގެ މަންދޫބުންނަށް ދެއްވި އަމުރު މަޢުރޫފުގެ ދަށުން ތިޔަބައިމީހުންނަށް އެބޭކަލުން އަންގައިދިން ތަކެތި އުނގެނި ދޭހަ ކުރުމެވެ.


ދިރުން ދެއްވާ ފަރާތް ކަމުގައިވާ އީސާގެފާނު އަހަރެމެންގެ ކުރިމައްޗަށް ފައުޅުވެ ވަޑައިގެންނެވިއެވެ. އަދި އަހަރެމެން އެކަލޭގެފާނު ދުށީމެވެ. އެހެންވީމާ އެކަލޭގެފާނާއި ބެހޭ ތެދު ޚަބަރުފުޅު ތިޔަބައިމީހުންނަށް އަހަރެމެން މި ބުނެދެނީ އެކަލޭގެފާނާއި މެދު ހެކިވަނިވި ބައެއްގެ ގޮތުގައި ތިބެއެވެ. އެ ދާއިމީ ޙަޔާތް ލިބެނީ ބައްޕާފުޅުގެ ކިބައިންނެވެ.


އިތުރަށް ބުނެދޭނަމަ، މަތިވެރި ބައްޕާފުޅު އެކަލާނގެ ހަމައެކަނި ދަރިކަލުން މި ދުނިޔެއަށް ފޮނުއްވީ މުޅި މި ދުނިޔޭގެ އެންމެން ނަޖާ ކުރެއްވުމަށެވެ. އަހަރެމެންގެ ލޯތަކަށް މިކަންތައްތައް ފެނިފައިވާތީ އަހަރެމެން މިކަމަށް ހެކިވަމެވެ.


މިއަށް ފަހު އެހެން މަލާއިކަތަކު އުޑުން ފައިބައި ވަޑައިގަންނަވަނިކޮށް އަހަރެން ދުށީމެވެ. މި މަލާއިކަތާއަށް މަތިވެރި ބާރެއް ދެއްވާފައި ވެއެވެ. އަދި މުޅި ދުނިޔެ އުޖާލާ ވެގެން ވަނީ މި މަލާއިކަތާގެ ނޫރުފުޅުންނެވެ.


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ! ނަސްރު ހޯދާ ފަރާތްތަކަށް މާތްރަސްކަލާނގެ ބަގީޗާގައިވާ ޙަޔާތު ލިބިދޭ ގަހުގެ މޭވާ ކެއުމުގެ ޙައްޤު އަހަރެން ދޭނަން.⁠“


އެއަށް ފަހު މަރާއި އަދި މަރުގެ މަންޒިލް އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައިލެވުނެވެ. (މި އަލިފާނުގެ ބޮޑު ފުންކުޅިއަކީ ދެވަނަ މަރެވެ.)


މީސްތަކުންގެ ތެރެއިން އެބައިމީހުންގެ ފޭރާންތައް ސާފުކޮށްގެންވާ ފަރާތްތަކަށް އުފާވެރިކަން ލިބިގެންވާނެއެވެ. ވީމާ، ޙަޔާތުގެ ދިރުން ލިބިދޭ ގަހުން ކެއުމުގެ ޙައްޤު އެބައިމީހުންނަށް ލިބިގެންވާނެއެވެ. އަދި މުޤައްދަސް ސަހަރުގެ ދޮރާށިތަކުން އެބައިމީހުންނަށް އެތެރެއަށް ވަދެވޭނެއެވެ.


މާތްރަސްކަލާނގެ މާތްރޫޙުފުޅާއި އަދި އަލަތު އަނބިމީހާ ވިދާޅުވިއެވެ. ”⁠އާދޭ!⁠“ މިތަކެތި އަޑުއިވިގެންވާ ހުރިހާ އެންމެން ވެސް ކިޔާށެވެ. ”⁠އާދޭ!⁠“ ކަރު ހިއްކައިގަނެފައި ވާނަމަ ތިބާ އަންނާށެވެ. ޙަޔާތް ލިބިދޭ ފެނަށް އެދިގެންވާ ކޮންމެ ފަރާތަކުން އައިސް އެ ފެން ހޯދާށެވެ. އެ ފެނަކީ ހިލޭ ލިބިދޭނެ އެއްޗެއްމެއެވެ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ