Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 3:8 - ކިތާބުލް މުޤައްދަސާ

8 އަދި އެއްވެސް މީހެއްގެ އެއްޗެއް އަހަރެމެން ހިލޭ ނުކަމެވެ. އަހަރެމެންނަކީ ތިޔަބައިމީހުންނަށް ބުރައެއް ކަމުގައި ނުވުމަށްޓަކައި ދުވާލާއި ރޭގަނޑު އަހަރެމެން ނުހަނު ބުރަކޮށް މަސައްކަތް ކުރީމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 3:8
14 ပူးပေါင်းရင်းမြစ်များ  

ގޭގައި އުޅޭ ހުރިހާ އެންމެން އޭނާ ބަލަހައްޓާނެއެވެ. ކަންނެއްކަމެއް އޭނާއެއް ނުދެކޭނެއެވެ.


އަޅަމެންނަށް މި ދުވަހުގެ ރޯދި މިއަދު ދެއްވާފާނދޭވެ!


ޕައުލް އެމީހުންނާއި އެކު އެގޭގައި ދިރި އުޅުނެވެ. އަދި އެމީހުންނާއި އެކު އާމްދަނީއެއް ހޯދުމަށްޓަކައި މަސައްކަތް ވެސް ކުރިއެވެ. އެއީ އަކީލާއާއި ޕްރިސިލާ އަކީ ވެސް ހަމަ ޕައުލް ފަދައިން ފޭލިގެ ހެދުމުގެ މަސައްކަތް ކުރާ ބަޔެކެވެ.


ކަލޭމެންނަށް ވެސް އެނގޭނެ ފަދައިން، އަހަރެންގެ ބޭނުންތަކަށާ އަދި އަހަރެންނާއި އެކުވީ މީހުންގެ ބޭނުންތަކަށް ފައިސާ ހޯދުމަށް، އަހަރެންގެ މިދެއަތުން އަބަދުވެސް އަހަރެން މަސައްކަތް ކުރީން.


ތިޔަބައިމީހުންގެ ތެރޭގައި ވައްކަންކުރާ ބަޔަކުވާނަމަ، ވައްކަންކުރުން ހުއްޓައިލާށެވެ. އޭގެބަދަލުގައި ތެދުވެރި ގޮތުގައި މަސައްކަތް ކުރާށެވެ. އޭރުން ބޭނުމެއް ޖެހިފައިވާ ފަރާތްތަކާ މެދު ދީލަތި ވެވޭނެއެވެ.


އަޚުންނާއި އުޚުތުންނޭވެ. އަހަރެމެން ކުރި މަސައްކަތާއި އަދި އުފުލި އުނދަގޫ ތިޔަބައިމީހުން ހަނދާން ހުންނާނެއެވެ. މާތްރަސްކަލާނގެ ބާވައިލެއްވި ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް ވަޢުޡު އިއްވުމުގައި އަހަރެމެން ރެޔާދުވާލު ނުހަނު ބުރަކޮށް މަސައްކަތް ކުރީ ތިޔަބައިމީހުންނަށް ކުޑަވެސް ބުރައެއް ނުޖެއްސުމަށްޓަކައެވެ.


ތިޔަބައިމީހުންގެ ލަނޑުދަނޑިއަކީ ހަމަހިމޭން ދިރިއުޅުމެއް އުޅުމެވެ. ތިޔަބައިމީހުންނާއި ނުބެހޭ ކަންތައްތަކާއި މެދުގައި ނުބެހި ތިބޭށެވެ. މީގެ ކުރީގައި ބުނިފަދައިން ތިޔަބައިމީހުންގެ މަސައްކަތުން ދިރިއުޅުމަށް ބޭނުންވާ ތަކެތި ހޯދާށެވެ.


ވީމާ، އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙަށްޓަކައި ތިޔަބައިމީހުންގެ ކައިރީގައި އާދޭސްކޮށް ބުނަމެވެ. މިފަދަ މީހުން ރަނގަޅަށް ހަމަޖެހި ދިރިއުޅުމަށްޓަކައި މަސައްކަތް ކުރާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ