Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 3:7 - ކިތާބުލް މުޤައްދަސާ

7 އަހަރެމެން އަމަލު ކުރި ފަދައިން ތިޔަބައިމީހުން އަމަލު ކުރާން ޖެހޭނޭކަން ވަރަށް ރަނގަޅަށް ތިޔަބައިމީހުންނަށް އެނގޭނެއެވެ. ތިޔަބައިމީހުންނާއި އެކުގައި އަހަރެމެން ތިބިހިނދު އަހަރެމެންނަކީ ކަންނެތްބައެއް ނޫނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 3:7
13 ပူးပေါင်းရင်းမြစ်များ  

އޭނާ ވިޔަފާރިކޮށް އެއިން ފައިދާ ހޯދާނެއެވެ. ރޭގަނޑުގެ ގިނަ އިރު އޭނާގެ ގޭގެ ބައްތި ދިއްލިފައި ހުންނާނެއެވެ.


އަޚުންނާއި އުޚުތުންނޭވެ! އަހަރެންނަކީ ތިޔަބައިމީހުންނަށް ނަމޫނާއެއް ކަމުގައި ބަލައި އެގޮތުގައި އުޅެމުން ދާށެވެ. އަދި އަހަރެމެން މިސާލެއް ކަމުގައި ބަލައިގެން އުޅޭ މީހުންގެ ގާތުން އުނގެނޭށެވެ.


އަހަރެންގެ ފުށުން ތިޔަބައިމީހުންނަށް ދަސްވެ ލިބިދިން ކަންތަކާއި، އަހަރެންގެ ފަރާތުން އިވުނު ކަންތަކާއި، ފެނިގެންވީ އަމަލުތަކުގެ އިތުރުން އަހަރެން ބުނެދިން ކަންތައް ކުރާށެވެ. އެހެންވީމާ އަހަރެންދެއްކި ނަމޫނާ ތިޔަބައިމީހުން ބަލާށެވެ. މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ސުލްޙަވެރިކަން ދެއްވާނެތެވެ.


އަހަރެމެން ތިޔަބައިމީހުންނާއި އެކުގައި ވީހިނދު، އަހަރެމެން ވޭތުކުރީ މާތް، ތެދުވެރި، އަދި ބަދުނާމެއް ނެތް ޙަޔާތެކެވެ. މިއީ ތެދު ބުނުމެއް ކަމުގައި ތިޔަބައިމީހުން ހެކިވާނެއެވެ. އަދި ހަމައެހެންމެ، މާތްރަސްކަލާނގެ ދެނެވޮޑިގެންވާނެއެވެ.


އަޚުންނާއި އުޚުތުންނޭވެ! ކަންނެތް ކަމުގައި ތިބި މީސްތަކުންނަށް އިންޒާރު ދިނުމަށް ތިޔަބައިމީހުންނަށް އާދޭސްކޮށް އަހަރެން ބުނަމެވެ. ބިރުވެތި ކަމުގައި ތިބި ފަރާތްތަކަށް ހިތްވަރު ދޭށެވެ. ބަލިކަށި ފަރާތްތަކާއިމެދު އަޅާލުން ބަހައްޓައި އެހީތެރިވެ ދޭށެވެ. ހުރިހާ އެންމެންނާއި މެދު ކެތްތެރިވާށެވެ.


އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ ނަންފުޅުގައި ތިޔަބައިމީހުންނަށް އަހަރެމެން މިފަދައިން އަމުރު ކުރަމެވެ. ތިޔަބައިމީހުންނަށް އަހަރެމެން ދީފައިވާ އިރުޝާދުތަކަށް އަމަލު ނުކޮށް ކަންނެތް ވެގެންވާ ޙަޔާތެއް ވޭތުކުރަމުން ގެންދާ އެންމެހާ އަޚުންނާއި އުޚުތުންނާއި އެކަހެރިވެ ތިބޭށެވެ.


ތިޔަބައިމީހުންގެ އެދުރުން ކަމުގައިވާތީ އަގަކާނުލައި އަހަރެމެންނަށް ކާބޯތަކެތި ލިބިދިނުމުގެ ޙައްޤު އަހަރެމެންނަށް ލިބިގެންވިއެވެ. ނަމަވެސް އަހަރެމެން ބޭނުންވީ ތިޔަބައިމީހުންނަށް އަހަރެމެންނަކީ ނަމޫނާއެއް ކަމުގައި ވުމެވެ.


އެއްވެސް ޙާލަތެއްގައި ތިބާގެ އުމުރުގެ ހަގުކަމާއެކު، މީސްތަކުން ތިބާގެ ހައިސިއްޔަތާމެދު ފަރުވާކުޑަކުރުމުގެ ފުރުސަތު ނުދޭށެވެ. ތިބާގެ އުނގަންނައި ދިނުމާއި ލޯތްބާއި އީމާންތެރިކަމާ ސާދާ ދިރި އުޅުމުން އީމާންވީ ފަރާތްތަކަށް ނަމުނާއެއް ކަމުގައި ވާށެވެ.


ތިބާ އަބަދުވެސް މީހުންނަށް މިސާލެއް ކަމުގައި ވާށެވެ. އަދި ތިބާގެ އަމިއްލަ ނަފްސު ވާންޖެހޭނީ ހެޔޮ އަމަލުތައް ކުރުމުގައެވެ. ތިބާ އުނގަންނައި ދިނުމުގައި އިޚުލާސްތެރިވެ ކަމަށް ކަމޭހިތަންވާނެއެވެ.


ތިޔަބައިމީހުން ޒިންމާ އުފުލަމުން ދާ ފަރާތްތަކާއިމެދު ބާރު ހިންގުމަށް ނޭދޭށެވެ. ނަމަވެސް ރަނގަޅު މިސާލެއްގެ ގޮތުގައިވާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ