Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 3:6 - ކިތާބުލް މުޤައްދަސާ

6 އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ ނަންފުޅުގައި ތިޔަބައިމީހުންނަށް އަހަރެމެން މިފަދައިން އަމުރު ކުރަމެވެ. ތިޔަބައިމީހުންނަށް އަހަރެމެން ދީފައިވާ އިރުޝާދުތަކަށް އަމަލު ނުކޮށް ކަންނެތް ވެގެންވާ ޙަޔާތެއް ވޭތުކުރަމުން ގެންދާ އެންމެހާ އަޚުންނާއި އުޚުތުންނާއި އެކަހެރިވެ ތިބޭށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 3:6
24 ပူးပေါင်းရင်းမြစ်များ  

އޭނާ އެބައިމީހުންގެ ވާހަކަ އަޑު އެހުމަށް ދެކޮޅު ހަދައިފިނަމަ، އެ މައްސަލަ އަހަރެންގެ ޖަމާޢަތުގެ ކުރިމައްޗަށް ހުށަހަޅާ. އަދި އެ ޖަމާޢަތުގެ އަޑު އެހުމަށް އޭނާ އިންކާރު ކޮށްފިނަމަ، މާތްރަސްކަލާނގެ ގަބޫލު ނުކުރާ މީހުންނާއި، އަދި ޓެކްސް ނަގާ މީހުންނާއި މެދު އަމަލު ކުރާ ފަދައިން އޭނާ އާއި މެދު ވެސް އަމަލުކުރޭ.


މާތްރަސްކަލާނގެ ކިބަފުޅަށް އުރެދިގެންވާ ފަރާތްތަކެކޭ އެއްފަދައިން މޮޔަ ޙަޔާތެއްގައި އުޅުން ހުއްޓާލުމަށް މާތްސާހިބާއަށް އީމާންވާ މީހެއްގެ ޙައިޘިއްޔަތުން ތިޔަބައިމީހުންނަށް އަހަރެން އަމުރު ކުރަމެވެ. އެބައިމީހުން ވަނީ އުންމީދެއް ނެތް އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައެވެ.


ތިޔަބައިމީހުން ކުރާކޮންމެ ކަމެއް މާތްސާހިބާ އީސާގެފާނުގެ ނަންފުޅު މަތީގައި ކުރާށެވެ. އެއީ އެކަލޭގެފާނު މެދުވެރިކޮށް ބައްޕާފުޅު މާތްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވާށެވެ.


އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން ތިޔަބައިމީހުންނަށް އުނގަންނައިދިނީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާފަދަ ޙަޔާތެއް ވޭތު ކުރާނޭ ގޮތަކާ މެދުގައެވެ. އަދި ތިޔަބައިމީހުން ޙަޔާތް ވޭތުކުރަމުން ތިޔަ ގެންދަނީ އެފަދައިން ވެސްމެއެވެ. މިހާރު އަހަރެމެން ތިޔަބައިމީހުންގެ ގާތު އާދޭހާއެކު މިއެދެނީ މާތްސާހިބާ އީސާގެފާނުގެ ކިބައިން ހިތްވަރު ލިބި ތިޔަގޮތުގައި އިތުރަށް ކުރިއަށް ދިއުމަށެވެ.


ތިޔަބައިމީހުންގެ ލަނޑުދަނޑިއަކީ ހަމަހިމޭން ދިރިއުޅުމެއް އުޅުމެވެ. ތިޔަބައިމީހުންނާއި ނުބެހޭ ކަންތައްތަކާއި މެދުގައި ނުބެހި ތިބޭށެވެ. މީގެ ކުރީގައި ބުނިފަދައިން ތިޔަބައިމީހުންގެ މަސައްކަތުން ދިރިއުޅުމަށް ބޭނުންވާ ތަކެތި ހޯދާށެވެ.


އަޚުންނާއި އުޚުތުންނޭވެ! ކަންނެތް ކަމުގައި ތިބި މީސްތަކުންނަށް އިންޒާރު ދިނުމަށް ތިޔަބައިމީހުންނަށް އާދޭސްކޮށް އަހަރެން ބުނަމެވެ. ބިރުވެތި ކަމުގައި ތިބި ފަރާތްތަކަށް ހިތްވަރު ދޭށެވެ. ބަލިކަށި ފަރާތްތަކާއިމެދު އަޅާލުން ބަހައްޓައި އެހީތެރިވެ ދޭށެވެ. ހުރިހާ އެންމެންނާއި މެދު ކެތްތެރިވާށެވެ.


ވީމާ އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން ތިޔަބައިމީހުންނަށް އުނގަންނައިދިން ތެދު ޙަޤީޤަތުގެ މަތީގައި ހިފަހައްޓައި ސާބިތުވެ ތިބޭށެވެ. އަހަރެމެންގެ ވަޢުޡުތަކާއި އަދި އަހަރެމެން ފޮނުވި ސިޓީތަކުގައި ވާ ކަންތައްތަކަށް ކައިރިން ބަލައި އީމާންތެރިކަމުގައި ދެމި ތިބޭށެވެ.


އަހަރެމެން އަމަލު ކުރި ފަދައިން ތިޔަބައިމީހުން އަމަލު ކުރާން ޖެހޭނޭކަން ވަރަށް ރަނގަޅަށް ތިޔަބައިމީހުންނަށް އެނގޭނެއެވެ. ތިޔަބައިމީހުންނާއި އެކުގައި އަހަރެމެން ތިބިހިނދު އަހަރެމެންނަކީ ކަންނެތްބައެއް ނޫނެވެ.


މުހިންމު ގޮތެއްގައި އަހަރެން މިކަންތައްތަކަށް މި އަމުރު ކުރަނީ މާތްރަސްކަލާނގެ ޙަޟްރަތުގައާއި މާތްސާހިބާ އީސާ އަލްމަސީޙު އަދި މަތިވެރި ވެގެންވާ މަލާއިކަތުން ހެކިކުރައްވާ މި އިރުޝާދުތަކަށް ރަނގަޅަށް ބަލައި ކުރިއަށް ދިއުމަށެވެ. އަދި އެއްވެސް މީހަކު ތަފާތު ނުމެކޮށެވެ.


މިފަދަ އެދުރުން އަބަދުވެސް މައްސަލަތައް ކުރިމަތި ކުރުވައެވެ. އެއީ އެބައިމީހުންގެ ބުއްދި ހައިޖާނު ހައްދާތީއެވެ. އަދި ތެދު ބުނުމުން މިފަދަ އެދުރުން ވަނީ އެއްކިބާ ވެގެންނެވެ. މިފަދަ އެދުރުން ދެކޭގޮތުގައި ދީނަކީ މުއްސަނދި ވުމަށް އޮތް މަގެކެވެ.


މީގެ އިތުރުން ދީންވެރިން ކަމުގައި ހެދިގެން އުޅޭނެއެވެ. އެހެނަސް މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އެމީހުންގެ ކިބައިގައި ނެތިގެންވެއެވެ. މިފަދަ މީހުންނާއި ތިބާ އެކަހެރިވެގެން ހުންނާށެވެ.


އީސާ އަލްމަސީޙު ރަސްކަލަކު ކަމުގައި އަންނަ ދުވަހު އެކަލޭގެފާނު ވާނީ އެންމެހާ މީސްތަކުންގެ މައްޗަށް އިންސާފު ކުރައްވާނޭ ފަރާތް ކަމުގައެވެ. ދިރި ތިބީންނަށާއި މަރުވެދިޔަ މީހުންގެ މައްޗަށެވެ. އެހެންވީމާ މާތްރަސްކަލާނގެ އަދި އަލްމަސީޙު ހެކިކޮށް ތިބާއަށް އަހަރެން އަމުރު ކުރަމެވެ.


މި އުނގަންނައި ދިނުމާއި ދެކޮޅު ހަދާ އެދުރުން ތިޔަބައިމީހުންގެ ގެތަކަށް އައުމަށް ދަޢުވަތު ނުދޭށެވެ. އެމީހުންނަށް މަރުހަބާ ނުކިޔާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ