Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 3:14 - ކިތާބުލް މުޤައްދަސާ

14 މި ސިޓީގައި އަހަރެމެން އަންގާފައިވާ ކަންތައްތަކާއި މެދުގައި ކިޔަމަންތެރިވުމަށް ދެކޮޅު ހަދާ ފަރާތްތައް ފާހަގަކޮށް އެމީހުންނާ އެކަހެރިވާށެވެ. އޭރުން އެބައިމީހުން ލަދުވެތިވެ ބަދަލުވެދާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 3:14
29 ပူးပေါင်းရင်းမြစ်များ  

އަހަރެންގެ އެދުރުންގެ ބަސް އަޑުއެހުނު ނަމައެވެ.


އޭނާ އެބައިމީހުންގެ ވާހަކަ އަޑު އެހުމަށް ދެކޮޅު ހަދައިފިނަމަ، އެ މައްސަލަ އަހަރެންގެ ޖަމާޢަތުގެ ކުރިމައްޗަށް ހުށަހަޅާ. އަދި އެ ޖަމާޢަތުގެ އަޑު އެހުމަށް އޭނާ އިންކާރު ކޮށްފިނަމަ، މާތްރަސްކަލާނގެ ގަބޫލު ނުކުރާ މީހުންނާއި، އަދި ޓެކްސް ނަގާ މީހުންނާއި މެދު އަމަލު ކުރާ ފަދައިން އޭނާ އާއި މެދު ވެސް އަމަލުކުރޭ.


މާގޭ އިޚުލާސްތެރި ރަޙުމަތްތެރިންނޭވެ! ތިޔަބައިމީހުންނާއި އެކުގައި އަހަރެން ވީހިނދުގައި މާތްރަސްކަލާނގެއަށް ތިޔަބައިމީހުން ކިޔަމަންތެރި ވިއެވެ. ހަމައެފަދައިން ތިޔަބައިމީހުންނާއި ދުރުގައި އަހަރެން މި ވޭތުކުރާ ހިނދު ކިޔަމަންތެރި ކަމުގެ އިންތިހާގައި ވުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ. ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ދިންނެވުން ދެއްވައި ސަލާމަތް ކޮށްދެއްވިއެވެ. އެކަމާމެދު ތިޔަބައިމީހުން ކިޔަމަންތެރިވެ، ޚާލިސްކަމާއެކު އެކަލާނގެއަށް ބިރުވެތިވެ ކުރިއަށްދާށެވެ.


މި ސިޓީ ކިޔުމަށް ފަހު ތިޔަބައިމީހުން ލަވުދީކިޔާގެ މަސީޙީ ޖަމާޢަތަށް މި ސިޓީ ފޯރުކޮށްދޭށެވެ. އަދި އަހަރެން އެމީހުންނަށް ލިޔާ ސިޓީ ތިޔަބައިމީހުން ވެސް ކިޔަން ވާނެއެވެ.


އެހެންވީމާ، މި އުނގަންނައިދިނުން ތަކާއިމެދު ދެކޮޅުހަދާ މީހަކީ މާތްރަސްކަލާނގެ ކިބަފުޅަށް އުރެދިގެންވާ މީހެކެވެ. އެހެނީ މި އުނގަންނައި ދިނުމަކީ އާދައިގެ އިންސާނީ އުނގަންނައި ދިނުމެއް ނޫނެވެ. އެމީހަކު އެދެކޮޅުވެރި ވެގަންނަނީ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވި މާތްރަސްކަލާނގެއާ އެވެ.


އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ ނަންފުޅުގައި ތިޔަބައިމީހުންނަށް އަހަރެމެން މިފަދައިން އަމުރު ކުރަމެވެ. ތިޔަބައިމީހުންނަށް އަހަރެމެން ދީފައިވާ އިރުޝާދުތަކަށް އަމަލު ނުކޮށް ކަންނެތް ވެގެންވާ ޙަޔާތެއް ވޭތުކުރަމުން ގެންދާ އެންމެހާ އަޚުންނާއި އުޚުތުންނާއި އެކަހެރިވެ ތިބޭށެވެ.


ފާޑު ނުކިޔޭނޭ ގޮތަށް ހަރުދަނާ ބަސްތަކުން އުނގަންނައިދޭށެވެ. އެހެން ވެއްޖެނަމަ ތިބާ އާއި ދެބަސްވާނެ ފަރާތްތައް ލަދުވެތިވާނެއެވެ. ސަބަބަކީ އަހަރެމެންނާއި މެދު ކުޑައިމީސް ބަހެއް ބުނުމުގެ ޖާގަ އެމީހުންނަށް ލިބިގެން ނުވާނެތީއެވެ.


ފިތުނަ އުފައްދާ ފަރާތްތަކަށް އެއްފަހަރު ނުވަތަ ދެފަހަރު އިންޒާރު ކުރާށެވެ. މިގޮތުން އިސްލާޙު ނުވިނަމަ ޖަމާޢަތުން އެބައިމީހުން އެކަހެރި ކުރާށެވެ.


އަހަރެން މި ސިޓީ ތިބާއަށް ލިޔާއިރު ވެސް އަހަރެން އެދޭ ކަންތައްތަކަށް ވުރެން ވެސް ފުރިހަމައަށް ތިބާ ކަންތައްތައް ކުރާނެ ކަމާމެދު އަހަރެންގެ އަމިއްލަ ނަފްސުގެ އިތުބާރު އޮވެއެވެ.


ކަލޭމެންގެ އިސްވެރިންނަށް ކިޔަމަންވެ އެމީހުން އަންގަވާ ގޮތަކަށް ކަންތައް ކުރާށެވެ. އެމީހުންނަކީ ކަލޭމެންގެ ރޫޙާނީކަންތައް ބަލަހައްޓަވަމުން ގެންދަވާ މީހުންނެވެ. އެމީހުން ކުރި ކަންތަކާ މެދު މާތްރަސްކަލާނގެ ކުރައްވާ ސުވާލުތަކަށް އެމީހުން ޖަވާބުދާރީ ވާން ޖެހޭނެއެވެ. އެހެންކަމުން އެމީހުންނަށް ކަލޭމެންގެ ފަރާތުން ހިތްދަތިކަން ނުދޭށެވެ. އެމީހުން ރުއްސާށެވެ. އެހެންނޫނީ އެމީހުންނަކަށް ކަލޭމެންނާ މެދަކު އެހީތެރިއެއް ނުވެވޭނެއެވެ.


މި އުނގަންނައި ދިނުމާއި ދެކޮޅު ހަދާ އެދުރުން ތިޔަބައިމީހުންގެ ގެތަކަށް އައުމަށް ދަޢުވަތު ނުދޭށެވެ. އެމީހުންނަށް މަރުހަބާ ނުކިޔާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ