10 އަދި ތިޔަބައިމީހުންގެ ތެރޭގައި އަހަރެމެންވީ ހިނދު އަހަރެމެން މިހެން ބުނީމެވެ. ”މަސައްކަތް ކުރަން ބޭނުނުން ނުވާ މީހަކަށް ކާންދީގެން ނުވާނެ.“
ކަލޭ އެނބުރި ކައްވަޅަށް ދިއުމަށް ދާނދެން ކަލޭ ކާއެއްޗެހި ހޯދަންޖެހޭނީ ކަލޭގެ ނިތްކުރިން ދާހިއްލައިގެން. އެންމެފަހުން ދެން ކަލޭ ވާނީ ހިރަފުހަށް. އެއީ ކަލޭ އުފެއްދުނީ ވެސް ހިރަފުހުން ކަމަށް ވާތީ.“
ކަންނެތް މީހާ ކިތަންމެ ބޭނުންވިޔަސް އެކައްޗެއް ވެސް ނުލިބެއެވެ. ބުރަ މަސައްކަތް ކުރާ މީހާއަށް ހުރިހާ އެއްޗެއް ލިބެއެވެ.
ރަނގަޅު މޫސުމުގައި ދަނޑު ނުހައްދާ ކަންނެތް މީހާ ކަނޑާނެ ގޮވާމެއް ނުހުންނާނެއެވެ. އޭނާ ކާނެ އެއްޗެއް ވެސް ނުހުންނާނެއެވެ.
ކަންކަމަށް ހިތްކިޔަކަސް ވަކިވަރަކަށް ކަންނެތް ވެއްޖެއްޔާ މީހާ ފަނާވެދާނެ އެވެ. އެހެނީ ކަމެއް ކުރާކަށް އެމީހާގެ އަތެއްފަޔެއް ގުޑައެއް ނުލާނެއެވެ.
ދެން އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”ތައުރާތާއި ޒަބޫރުއާއި އަދި ނަބީބޭކަލުން ލިޔުއްވާފައިވާ ފޮތްފޮތުގައި އަހަރެންނާއި މެދު ބަޔާން ވެގެންވާ ހުރިހާ ކަމެއް އެބަޔާން ވެގެން ވީ ފަދައިން ހިނގާ ނިމިދާނެ ކަމަށް އަހަރެން ކަލޭމެންނާއިއެކު ވީ ދުވަސްތަކުގައި ކަލޭމެންނަށް ބުނީން.“
އަހަރެން މި ވާހަކަ މި ބުނީ މިކަންތައްތައް ހިނގައިފާނެ ވަގުތަކަށް ކަލޭމެން ތައްޔާރު ވުމަށް އަހަރެން ކުރި އިންޒާރު ހަނދާންކޮށް ދިނުމަށް. އަހަރެން މީގެ ކުރީގައި މިވާހަކަ ކަލޭމެންގެ ގާތު ނުބުނެ ހުރީ އަހަރެން ދުވަސްކޮޅަކު ކަލޭމެންގެ ގާތު ހުންނާނެތީ.“
އެމީހުން އައުމުން ޕައުލް އެމީހުންނާއި މުޚާޠަބު ކޮށް ބުންޏެވެ. ”އަހަރެން ފުރަތަމަ އޭޝިޔާގެ ސަރަހައްދަށް އައި ދުވަހުން ފެށިގެން ކަލޭމެންގެ ގާތުގައި މިވީހާދުވަހު، އަހަރެން ކަންކުރަމުންއައި ގޮތް ކަލޭމެން ވެސް ރަނގަޅަށް ދަންނާނެ.
އަހަރެމެން ތިޔަބައިމީހުންނާއި އެކުގައި ވީހިނދު، އަހަރެމެން އެންމެން ވޭނާއި ކެކުޅުން އުފުލާން ޖެހޭނެ ކަމުގައި އަހަރެމެން ބުނީމެވެ. އަދި އަހަރެމެން ބުނެދިން ފަދައިން އެކަންތައްތައް ހިނގައިދިޔަކަން ތިޔަބައިމީހުން ދަންނާނެއެވެ.
ތިޔަބައިމީހުންގެ ލަނޑުދަނޑިއަކީ ހަމަހިމޭން ދިރިއުޅުމެއް އުޅުމެވެ. ތިޔަބައިމީހުންނާއި ނުބެހޭ ކަންތައްތަކާއި މެދުގައި ނުބެހި ތިބޭށެވެ. މީގެ ކުރީގައި ބުނިފަދައިން ތިޔަބައިމީހުންގެ މަސައްކަތުން ދިރިއުޅުމަށް ބޭނުންވާ ތަކެތި ހޯދާށެވެ.
އަހަރެން ތިޔަބައިމީހުންނާއި އެކުގައި ވީ ހިނދު މި ވާހަކަތައް ކިޔައިދިން ހަނދާން ތިޔަބައިމީހުން ނުވޭހެއްޔެވެ؟