Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 2:9 - ކިތާބުލް މުޤައްދަސާ

9 މި ބޮޑު ދުޝްމަން ފަރާތް ފައުޅުވެ ޝައިތާނާގެ ފަރާތުން ލިބިފައިވާ ބާރުން އެންމެހާ ބާވަތްތަކުގެ ޙައިރާން ކުރުވާފަދަ ދޮގު މުޢުޖިޒާތްތަކާއި، ނިޝާންތައް ދައްކާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 2:9
31 ပူးပေါင်းရင်းမြစ်များ  

އެކަމަކު ރަސްގެފާނުގެ ފަންޑިތަވެރިން ވެސް އެމީހުންގެ ސިހުރުގެ ބާރުން އެކަންތައް ހަމަ އެ ގޮތަށް ކޮށްފިއެވެ. އެހެންވެ އިހުނެކޭ އެއްވަރަށް ފިރުޢައުނު ބޯ ހަރުވިއެވެ. މާތްރަސްކަލާނގެ ވަޙީކުރެއްވި ފަދައިން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނުގެ ބަސްފުޅެއް ނުއެއްސެވިއެވެ.


ފިރުޢައުނުގެ ސިހުރުވެރިން ވެސް އެމީހުންގެ ސިހުރުގެ ބާރުން އެ ބާވަތުގެ މެހި އުފައްދަން އުޅެފިއެވެ. އެކަމަކު މިފަހަރު އެމީހުންނަކަށް ކާމިޔާބެއް ނުވިއެވެ. އެ މެހިތައް އައިސް އިންސާނުންނާއި ޖަނަވާރުންގެ ގަޔަށް އަރައިގެންފިއެވެ.


އެކަމަކު ފިރުޢައުނުގެ ސިހުރުވެރިން ވެސް އެމީހުންގެ ސިހުރުގެ ބާރުން މިޞްރު ބިމަށް ހަމަ އެ ގޮތަށް ބޮއްތައް އަރުވައިފިއެވެ.


އެއަށް ފަހު ބަޔަކު ޖިންނި އަވަލާފައި ހުރުމުގެ ސަބަބުން ލޯފަންވެ ވާހަކަ ނުދެއްކޭ މީހަކު އީސާގެފާނުގެ އަރިހަށް ގެނެސްފިއެވެ. އީސާގެފާނު އެމީހާއަށް ޝިފާދެއްވުމުން އޭނާއަށް ވާހަކަ ދެއްކެވި އަދި ލޯ އަލިވިއެވެ.


ދޮގު މަސީޙުންނާއި ދޮގު ނަބީން ފެނިގެންދާނެ. އަދި އެމީހުން މަތިވެރި މުޢުޖިޒާތާއި އަލާމާތްތައް ދައްކައި މީސްތަކުން ޙައިރާންކުރުވައި އެމީހުންނަށް ވެގެންވަންޏާ މާތްރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ މީހުން ވެސް މޮޔަހައްދަން އުޅޭނެ.


އީސާގެފާނު އިބިލީހަށް ވިދާޅުވިއެވެ. ”⁠އަހަރެން ދޫކޮށް މިތަނުން ދުރަށްދޭ ޝައިތާނާ! މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’⁠ހަމައެކަނި އަޅުކަން ކުރަންވާނީ ތިޔަބައިމީހުންގެ އިލާހު، މާތްރަސްކަލާނގެއަށޭ. އަދި ޚިދުމަތް ކުރާން ޖެހޭނީ ވެސް އެކަލާނގެއަށޭ.⁠‘⁠“


ދޮގު މަސީޙުންނާއި ދޮގު ނަބީން ފެނިގެންދާނެ. އަދި އެމީހުން މުޢުޖިޒާތާއި އަލާމާތްތައް ދައްކައި މީސްތަކުން ޙައިރާންކުރުވައި އެމީހުންނަށް ވެގެންވަންޏާ މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި މީހުން ވެސް މޮޔަހައްދަން އުޅޭނެ.


ނަމަވެސް އޭތި އެނބުރި އަންނައިރު މުޅި ގެ ސާފުކޮށް ތަރުތީބުން ވާތަން ފެނުމުން އޭތި ގޮސް އޭއްޗަށް ވުރެ ނުބައި ނުލަފާ ހަތް ޖިންނި ގޮވައިގެން އައިސް އެގޭގައި އުޅެން ފަށާނެ. އެންމެފަހުން އެމީހާގެ ހާލު ކުރިއަށް ވުރެވެސް މާބޮޑުވާނެ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠މުޢުޖިޒާތްތަކާއި އަލާމާތްތައް ނުފެންނަނީސް ކަލޭމެން އަހަރެން ގަބޫލުކޮށް އީމާނެއް ނުވާނެ.⁠“


ކަލޭމެން ތިޔަ ކަންތައްކުރަނީ އަމިއްލަ ބައްޕަ ކަންތައްތައް ކުރި ފަދައިން.⁠“ ދެން އެމީހުން ބުންޏެވެ. ”⁠އަހަރެމެން މީ ނަހަލާލު ދަރިންނެއް ނޫން. އަހަރެމެން އެންމެންގެ ވެސް ބަފަޔަކީ ހަމަ އެއްފަރާތެއް. އެއީ ޚުދު މާތްރަސްކަލާނގެ.⁠“


ކަލޭމެންގެ ބައްޕައަކީ ޝައިތާނާ. ކަލޭމެންނަކީ އޭނާގެ މީހުން. ކަލޭމެން ކުރަނީ ކަލޭމެންގެ ބައްޕަ އުފާވާފަދަ ކަންތައް. ފެށުނީއްސުރެން ވެސް ޝައިތާނާއަކީ ގާތިލެއް. އޭނާއަކީ ތެދާ ދެކޮޅުވެރިވާ މީހެއް. އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނުވާނެ. އޭނާ ހަދާނީ މުޅީން ވެސް ދޮގު. އެކަމުން ޝައިތާނާގެ އަސްލު ހާމަވެގެންދޭ. ޝައިތާނާއަކީ ދޮގުވެރިއެއް. ޝައިތާނާ އެއީ ދޮގުގެ ބައްޕަ ވެސް މެ.


”⁠އޭ ޝައިތާނާގެ ދަރިޔާ. ކަލޭ ތިޔަ ވަނީ ނުބައި އުކުޅުތަކުންނާއި ނުބައިވެގެންވާ ކަންތައްތަކުން ފުރިފަ. ކަލޭ ތިޔައީ ހުރިހާ ރަނގަޅު ކަމަކާއި އިދިކޮޅު އެކަންތައްތަކުގެ ދުޝްމިނެއް. ކަލޭ ދުވަހަކު ވެސް މާތްރަސްކަލާނގެ ތެދުފުޅުތައް ދޮގުތަކަށް އަނބުރާ މީސްތަކުންނަށް އޮޅުވާލުން ހުއްޓައެއް ނުލާނަންތަ؟


އެ ދުވަސްތަކުގައި ތިޔަބައިމީހުން ބަލަމުން ދިޔައީ ދުނިޔޭގައި ވީ ނުބައި ގޮތްތަކަށެވެ. އަދި ކިޔަމަންތެރި ވެވުނީ ޝައިތާނާއަށެވެ. މުޅި ދުނިޔޭގެ މައްޗަށް އޭނާގެ ބާރު ހިންގައެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް އުރެދޭ ހުރިހާ އެންމެންގެ މައްޗަށް އެ ޝައިތާނާގެ ރޫޙުގެ ބާރު ފޯރުވާނެއެވެ.


އަދި މިފަދަ އެދުރުން ތެދާއިމެދު ދެކޮޅުހަދާނެއެވެ. މި ބުނެވިދިޔަ ފަދައިން ޔައްނީސް އާއި ޔަމްބިރީސް މޫސާގެފާނާއި ދެކޮޅުވެރި ވިއެވެ. އަދި މިފަދަ މީހުންނަކީ ތެދު ޙަޤީޤަތާއި އިދިކޮޅު ޢަދާވާތްތެރިންނެވެ. އެބައިމީހުންގެ ބުއްދިވަނީ ފާޙިޝް ޚިޔާލުތަކުން ފުރިފައެވެ. އެމީހުންގެ ކިބައިން ފެނުނީ އަސްލެއް ނުވާ އީމާންތެރިކަމެކެވެ.


ޙަސަދަވެރިވުމާއި އަމިއްލަ އެދުމަކީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދަ ޙިކުމަތްތެރިކަމެއް ނޫނެވެ. އެފަދަ ޙިކުމަތްތެރިކަން ލިބިދެނީ ޝައިތާނާގެ ފަރާތުންނެވެ. އެ ފަދަ ޙިކުމަތްތެރިކަމަކީ ދުނިޔަވީ މާއްދީ އަދި ރޫޙާނިއްޔަތުކަމެއް ނެތް ނުބައި ޙިކުމަތްތެރިކަން ވެސްމެއެވެ.


އެއަށް ފަހު، އެ އެކަނބުލޭގެދެކެ ޑްރޭގަން ނުހަނު ރުޅި އައެވެ. އަދި އެކަނބުލޭގެ ދަރިންނާއި ދެކޮޅަށް ޑްރޭގަން ހަނގުރާމަ ކުރިއެވެ. އެއީ މާތްރަސްކަލާނގެ އެންމެހާ އަމުރުފުޅުތަކަށް ބޯލަނބައި، އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ މައްޗަށް ހެކިދޭ ހުރިހާ އެންމެން ވެސްމެއެވެ.


އެ ޑްރޭގަން ނަގައި އެއްލާލެވުނެވެ. އެއީ ގަދީމީ ހަރުފަ ވެސްމެއެވެ. އޭގެ ނަމަކީ: އިބިލީސް، ނުވަތަ ދުނިޔޭގެ ކެހިވެރިޔާ ކަމުގައި ވާ ޝައިތާނާއެވެ. އެ ޝައިތާނާ ދުނިޔޭގެ ތެރެއަށް އެއްލާލެވުނެވެ. އޭނާ އާއިއެކު އޭނާގެ މަލާއިކަތުން ވެސް އެއްލާލެވުނެވެ.


އިތުރަށް ބައްތީގެ އަލިކަމެއް އެތަނުން ލިބިގެން ނުވާނެ. އިތުރަށް އަލަތު ކައިވެނީގެ އަނބިންނާއި އަދި ފިރިންގެ އަޑު އެތަނަކުން ނީވޭނެ. އެއީ މި ސަހަރުގެ ސައުދާގަރުންނީ މުޅި ދުނިޔޭގެ އެންމެ ބާރުވެރި ފަރާތްތައް ވެސްމެ. އަދި މިސަހަރު އޭގެ ދޮގު ސިހުރުތަކުގެ މަޅީގައި ދުނިޔޭގެ މީސްތަކުން ޖެއްސި ވެސްމެ!


އަދި ކަނޑުދާއްބަ އަތުލައިގަނެ އެ އެއްޗާއި އެއްބައިވެ އޭތީގެ ޙާޟިރުގައި އޭތީގެ ސިލު ޖަހައި އަދި އޭތީގެ ސޫރައަށް އަޅުކަންކުރި ފަރާތްތަކަށް މުޢުޖިޒާތްތައް ދައްކައި މަކަރު ހެދި ދޮގުވެރި ނަބީކަލޭގެއާއި އެކުގައި އޭތި ވެސް ހުރަގެއަށް ލެވުނެވެ. އެ ކަނޑުދާއްބައާއި ދޮގުވެރި ނަބީކަލޭގެ ދިރިތިއްބައި ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައި ލެވުނެވެ.


އެއަށް ފަހު، އެބައިމީހުން މޮޔަހެއްދުވި ޝައިތާނާ އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައިލެވޭނެއެވެ. އަދި ކައްސަނދުވާނިން އަނދައި ދެއެވެ. އެއީ ކަނޑު ދާއްބަ އާއި ދޮގުވެރި ނަބީކަލޭގެ ވެސް ހުށަހެޅުނު ތަނެވެ. އަދި އެތަނުގައި އެބައިމީހުންނަށް ދުވާލާއި ރޭގަނޑު އަބަދާއި އަބަދު ޢުޤޫބާތް ލިބިލިބި ހުންނާނެ އެވެ.


އެތަކެތީގެ މައްޗަށް ވެރިކަން ހިންގާ ރަސްކަލަކު ވިއެވެ. އެ ރަސްގެފާނީ ފޫނެތް ފުން ވަޅުގަނޑުގެ އިސްވެރިއެއްގެ ގޮތުގައިވި މަލާއިކަތާ ވެސް މެއެވެ. ޢިބްރާނީ ބަހުން އެ މަލާއިކަތާގެ ނަމަކީ އަބައްދޫން އެވެ. ގުރީކު ބަހުން އަޕައްލިޔޯން އެވެ. މީގެ މާނައަކީ ”⁠ފަނާކުރާ މީހާ⁠“ އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ