Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 2:7 - ކިތާބުލް މުޤައްދަސާ

7 މި ބޮޑު ދުޝްމަން ފަރާތުގެ ނުފޫޒު މިހާރު ވެސް ސިއްރުން ދުނިޔޭގައި ހިނގަމުން ދެއެވެ. ނަމަވެސް ކޮންމެވެސް ފަރާތަކުން އޭނާ ވަނީ ހިފަހައްޓާފައެވެ. އަދި އޭނާ ހިފަހައްޓާފައިވީ ފަރާތް އޭނާއާއި ދުރަށް ޖެހި ވަޑައިގެންނެވުމުގެ ކުރިން އޭނާ ފައުޅެއް ނުވާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 2:7
9 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ އެންގެވި ތެދުމަގު އޮޅުވާލުމަށް ތަފާތު އެއްޗެތި ކިޔަވާދޭނެ މީހުން އަހަރެން ހަމަ ދާއިރަށް މިނިކާވަގުތަކެއް ފަދައިން ކަލޭމެންގެ ތެރެއަށް އަންނާނެ ކަން އަހަރެންނަށް ރަނގަޅަށް އެނގޭ. އަދި މުޅި ޖަމާޢަތް ވެސް އެމީހުންގެ ވަކިތަކުގައި ނުޖެހި ސަލާމަތެއް ނުވާނެ.


އެހެނީ، މިކަންތައް ނުހިނގައި މި ހިނދު ހިފަހައްޓާފައި ވަނީ ކޮން އެއްޗެއް ކަން ތިޔަބައިމީހުންނަށް އެނގޭނެއެވެ. ވިޔަސް އެކަލާނގެ ބޮޑު ދުޝްމަން ފަރާތް ފައުޅު ވުމަށް ކަނޑައަޅުއްވާފައިވާ ވަގުތުގައި އޭނާ ފައުޅު ވާނެއެވެ.


އެއްވެސް ސުވާލެއް ނެތި އަހަރެމެންގެ އީމާންތެރިކަމުގެ ސިއްރަކީ މިއީ: އަލްމަސީޙު، އީސާގެފާނު ފުރިހަމަ އިންސާނެއްގެ ގޮތުގައި ފާޅުވެ ވަޑައިގެން މާތްރޫޙުފުޅުން އެކަލޭގެފާނުގެ މައުސޫމުކަން ދެއްކެވި ހިނދު މަލާއިކަތުންނަށް ފެނިވަޑައިގެންވިއެވެ. އަދި މި އުފާވެރި ޚަބަރު އެންމެހާ ވަންހަތަކަށް އިޢުލާން ކުރެވިގެން ދިޔައެވެ. މިދުނިޔޭގައި ބަޔަކު އެކަލޭގެފާނު ގަބޫލުކޮށް ތަބާވިއެވެ. އަދި އެކަލޭގެފާނު މަތިވެރި ޖަލާލަތާއެކު އުޑަށް އުފުއްލެވުނެވެ.


އަހަރެންގެ ދަރިންނޭވެ! މި ދުނިޔެ ނިމުމުގެ ވަގުތު މިވަނީ ކައިރީގައެވެ! ދައްޖާލު ފައުޅު ވާނޭކަމުގެ ޚަބަރު ތިޔަބައިމީހުން ވާނީ އަޑުއަހާފައެވެ. އަދި އެތަކެއް ދައްޖާލުން މިހާރު ވެސް ވަނީ ފައުޅުވެފައެވެ. އެހެނީ ދުނިޔެ ނިމުމުގެ ވަގުތު ކައިރިވެފައި ވާކަން އަހަރެމެންނަށް އެނގެނީ މިގޮތުން ވެސްމެއެވެ.


ނަމަވެސް އެއްވެސް ބަޔަކު އީސާ އަލްމަސީޙު މިދުނިޔެއަށް ވަޑައިގެންނެވީ ފުރިހަމަ އިންސާނެއްގެ ގޮތުގައި ނޫންކަމަށް ބުނާނަމަ އެބަޔަކީ މާތްރަސްކަލާނގެ ހަޟުރަތުން ފޮނުއްވާފައިވާ ބައެއް ނޫނެވެ. އެފަދަ ބަޔަކުވާނީ އަލްމަސީޙުގެ ޢަދުއްވު ދައްޖާލުގެ ރޫޙާނީ ނުފޫޒުގެ ދަށުގައިވާ ބަޔަކަށެވެ. މިއީ މި ދުނިޔެއަށް އަންނާނެ ކަމަށް ތިޔަބައިމީހުން އަޑުއަހާފައިވާ ނުބައިވެގެންވާ ރޫޙާނީ ބާރު ވެސްމެއެވެ. އަދި މި ނުބައި ބާރު މިހާރު މިދުނިޔޭގައި އެބަވެއެވެ.


އޭނާގެ ނިތްކުރީގައި ލިޔެވިފައިވާ ލިޔުމުގައި ވަންހަނާ ކުރެވިފައިވާ މާނައެއް ވެއެވެ. ލިޔެވިފައިވިއެވެ. ”⁠މަތިވެރި ބާބިލް. ނާސި އަންހެނުންގެ މައިއަންހެނާ އާއި އަދި ދުނިޔޭގައިވާ އެންމެ ނުބައިކަމުގެ މައި އަންހެނާ.⁠“


އަދި އެ މަލާއިކަތާ އަހަރެންނާއި ދިމާއަށް ވިދާޅުވިއެވެ. ”⁠ތިބާ ޙައިރާންވީ ކީއްވެ؟ ހަތް ބޮލާއި ދިހަ ދަޅުގެ ދާއްބައިގެ މަތީގައި އިށީނދެ އިން އަންހެނާގެ ކިބައިގައި ވަންހަނާ ކުރެވިގެންވާ ކަންތައްތައް އަހަރެން ތިބާއަށް އޮޅުންފިލުވައި ދޭނަމު.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ