ތިސަލޯނިކާގެ މަސީޙީންނަށް ދެވަނަ ސިޓީ 2:2 - ކިތާބުލް މުޤައްދަސާ2 މާތްސާހިބާ އެނބުރި ވަޑައިގަންނަވައިފި ކަމުގެ ދަޢުވާ ކުރާ މީހަކު ދައްކާ ވާހަކަތައް ގަބޫލު ނުކުރާށެވެ. އެއީ މާތްރޫޙުފުޅުން ލިބުނު ޣައިބުބަސްތަކެއް ނުވަތަ އަހަރެމެން ބުނި ބަހަކުން ނުވަތަ ފޮނުވި ސިޓީއަކުން އެމީހަކަށް ލިބުނު ޚަބަރެއް ކަމުގައި ބުންޏަސްމެއެވެ. ހަމައެހެންމެ އެފަދަ ދޮގު ދަޢުވާތަކާއި މެދުގައި ތިޔަބައިމީހުން އަވަހަށް ކަންބޮޑުވެ ސިހިގެން ނުދިއުމަށް އަހަރެމެން ތިޔަބައިމީހުންނަށް އިލްތިމާސް ކުރަމެވެ. အခန်းကိုကြည့်ပါ။ |
އަހަރެން ކަލޭމެންނާއި ވަކިވެ މިދަނީ ކަލޭމެންނަށް ހަދިޔާއެއް ދީފައި، އެ ހަދިޔާއަކީ ފުރާނައިގެ ހިތްހަމަޖެހުން. މި ހިތްހަމަޖެހުމަކީ އަހަރެންގެ ފަރާތުން ކަލޭމެންނަށް ލިބިދޭ ހިތްހަމަޖެހުމެއް. އަދި މިދުނިޔޭގެ އެއްވެސް އުފަލަކުން ކަލޭމެންނަކަށް ފުރާނައިގެ ހިތްހަމަ ޖެހުމެއް ނުހޯދޭނެ. ވީމާ އެއްވެސް ކަމަކާއި ކަންބޮޑުވެ ބިރުގަނެގެން ނޫޅޭ.
ވީއިރު، ތިޔަބައިމީހުންނާއި ކުރިމަތިވާ އަނިޔާވެރިކަމަކުން ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހެއްގެ ކިބައިގައިވާ އީމާންތެރިކަމަށް ފުރަގަސް ނުދޭށެވެ. ތިޔަބައިމީހުންނާއި މެދުގައި ކުރިމަތިވާ އަނިޔާވެރިކަމަކީ އަހަރެމެން މަސީހީންގެ ތަޤުދީރުގައި މާތްރަސްކަލާނގެ ނިންމަވާފައިވާ ގޮތްކަން ތިޔަބައިމީހުން ދަންނާނެއެވެ.
ތިޔަބައިމީހުންނަށް އަހަރެން މި ބުނެދެނީ މާތްސާހިބާ އެކަލޭގެފާނުގެ އަމިއްލަ ޒާތުފުޅުގައި ވިދާޅުވި ޚަބަރުފުޅު ތަކެވެ. މާތްސާހިބާ އެނބުރި ވަޑައިގަންނަވާހިނދު، އަހަރެމެން ފަދައިން ދިރި ދުނިޔޭގައި ތިބި މަސީޙީންނަށް ކުރިން ނިޔާވެފައި ތިބި މަސީޙީންނަށް ވުރެ ކުރިން ގޮސް އެކަލޭގެފާނާއި ބައްދަލެއް ނުކުރެވޭނެއެވެ.
އަދި ކަނޑުދާއްބަ އަތުލައިގަނެ އެ އެއްޗާއި އެއްބައިވެ އޭތީގެ ޙާޟިރުގައި އޭތީގެ ސިލު ޖަހައި އަދި އޭތީގެ ސޫރައަށް އަޅުކަންކުރި ފަރާތްތަކަށް މުޢުޖިޒާތްތައް ދައްކައި މަކަރު ހެދި ދޮގުވެރި ނަބީކަލޭގެއާއި އެކުގައި އޭތި ވެސް ހުރަގެއަށް ލެވުނެވެ. އެ ކަނޑުދާއްބައާއި ދޮގުވެރި ނަބީކަލޭގެ ދިރިތިއްބައި ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައި ލެވުނެވެ.