11 ވީމާ މި ބޮޑު ދުޝްމަން ފަރާތުގެ ދޮގު ވާހަކަތަކާއި މަކަރުވެރިކަމުގައި ޖެހި ދިއުމަށް މާތްރަސްކަލާނގެ އެމީހުންނަށް ޖައްސަވާނެއެވެ.
ފޫޠީފާރަށް އޭނާގެ އަނބިމީހާގެ މިވާހަކަތައް އަޑުއިވުމުން ވަރަށް ރުޅިއައެވެ.
އެ ހިނދު ދޮގު ނަބީން އައިސް ގިނަބަޔަކަށް އޮޅުވައިލާނެ.
ގިނަ ބަޔަކު އައިސް އެބައިމީހުންނަކީ ’އަލްމަސީޙު‘ ކަމުގައި ބުނެ އެތައްބަޔަކު މަގުފުރައްދާނެ.
ދިންނެވުން ލިބިދޭ ހެޔޮޚަބަރުފުޅު ގަބޫލުކުރުމަށް މީސްތަކުންނަށް އަހަރެމެން އިލްތިމާސްކުރީ ނުބައި މަގްސަދެއްގައި ނޫނީ މަކަރުހެދުމަކަށްމެ ނުވަތަ އޮޅުވާލުމަކަށް ވެސްމެ ނޫނެވެ.
މާތްރަސްކަލާނގެ މަތިވެރި ރޫޙުފުޅުން އެނގިގެންވާގޮތުގައި ފަހު ދުވަސްތަކުގައި އެކަލޭގެފާނު ވަރަށް ސާފުކޮށް އަންގައިދީފައިވާ ގޮތުން ބައެއް މީހުންގެ އީމާންތެރިކަން ގެއްލި އަދި ނުބައި ރޫޙުތަކުގެ ދަށުގައިވެ، ޝައިތާނީ ފަތުވާތަކުން އެމީހުން މޮޔަ ހައްދާނެއެވެ.
އެމީހުން ޙަޤީޤީ ބަސްތައް އަޑުއެހުން ދޫކޮށްލައި އެމީހުން އެނބުރި ގަންނާނީ ފުލޯކުވާހަކަތަކުގެ ފަހުން ދިއުމަށެވެ.