Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 9:9 - ކިތާބުލް މުޤައްދަސާ

9 ދެން ދާއޫދުގެފާނު ޝާއުލްގެފާނުގެ ޚާދިމު ސީބާ ގެންނަވާފައި ވިދާޅުވިއެވެ. ”⁠ޝާއުލްގެފާނުގެ އާއިލާގެ ހުރިހާ މުދަލެއް ކަލޭގެ ވެރިމީހާގެ ކާފަދަރި މަފީބޫޝަތަށް އަހަރެން ދީފިން.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 9:9
6 ပူးပေါင်းရင်းမြစ်များ  

ރަސްގެފާނު އެއްސެވިއެވެ. ”⁠މަފީބޫޝަތު ކޮބައިތަ؟⁠“ ސީބާ ދެންނެވިއެވެ. ”⁠މަފީބޫޝަތު ޖެރޫސަލަމުގައި މަޑު ކޮށްފި. އޭނާ ހީކޮށް އެހެރީ މިއަދު އިސްރާއީލީން އޭނާގެ ކާފަގެ ރަސްކަން އޭނާއަށް ދޭނެ ކަމަށް.⁠“


ދެން ރަސްގެފާނު ވިދާޅުވެއްޖެއެވެ. ”⁠ތިޔަހެންވީއިރު މަފީބޫޝަތުގެ ހުރިހާ މުދަލެއް އަހަރެން ކަލެއަށް ދީފިން.⁠“ ސީބާ ދެންނެވިއެވެ. ”⁠އަޅުގަނޑު ކަލޭގެފާނުގެ ފައިންޕުޅުމައްޗަށް ކުރުނީސް ކުރަން. އަޅުގަނޑު އުންމީދު ކުރަނީ ކަލޭގެފާނު އަބަދުވެސް އަޅުގަނޑާއި މެދު ރުހިވަޑައިގެން ހުންނަވާނެ ކަމަށް.⁠“


ދާއޫދުގެފާނު މަފީބޫޝަތަށް ވިދާޅުވިއެވެ. ”⁠ކަލޭދެން ތިޔަކަމާ އަޅާލާނެ ކަމެއް ނެތް. އަހަރެން ނިންމައިފިން ކަލެއާއި ސީބާއާ ދެމީހުންނަށް އެ ބިންތައް ބަހައި ދިނުމަށް.⁠“


މަފީބޫޝަތު ރަސްގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑުގެ ސާހިބު ރަސްގެފާނު. ކަލޭގެފާނު ސަލާމަތުން އެނބުރި ވަޑައިގެންނެވީމާ އަޅުގަނޑަށް އެ ނިމުނީ. ސީބާއަށް އެ ހުރިހާ ބިމެއް ދެއްވާ.⁠“


ޤައިޝް އަކީ ބަންޔާމީންގެ ދަރިކޮޅުން އައިސް ހުރި މީހެކެވެ. އޭނާއަކީ އަފީޙަ ދަރި ބަކޫރަތުގެ ދަރި ސަރޫރަގެ ދަރި އަބިޔީލްގެ ދަރިއެކެވެ. އޭނާއަކީ ބަންޔާމީންގެ ދަރިކޮޅުގެ ބޮޑެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ