ޔޫސުފުގެފާނުގެ އަޚުންނަށް އެބައިމީހުން ގެންދެވުނީ ޔޫސުފުގެފާނުގެ ގަނޑުވަރަށްކަން އެނގުނު ހިނދު ވަރަށް ބިރުގަތެވެ. އަދި އެމީހުން އެކަކު އަނެކަކަށް މިފަދައިން ބުންޏެވެ. ”ޔަޤީން އަހަރެމެން އެތަނަށް މިގެންދަނީ އަހަރެމެންގެ ގޯނިތަކުގެ ތެރޭގައި ވީ ފައިސާގެ ސަބަބުން. އޭނާ އެއުޅެނީ އެފައިސާ އެއީ އަހަރެމެން ވަގަށް ނެގި އެއްޗެއް ކަމަށް ހަދާފަ، އަހަރެމެން އެންމެން އަޅުންގެ ގޮތުގައި ހިފަހައްޓަން. އަދި އަހަރެމެންގެ ހުރިހާ ހިމާރުތައް ވެސް އަތުލަން.“