Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 9:2 - ކިތާބުލް މުޤައްދަސާ

2 ޝާއުލްގެފާނުގެ ޚާދިމުންގެ ތެރޭގައި ސީބާއޭ ކިޔާ މީހަކު ހުއްޓެވެ. ދާއޫދުގެފާނުގެ އެހީތެރީން ގޮސް އޭނާ ގެނެސްފިއެވެ. ދާއޫދުގެފާނު އެއްސެވިއެވެ. ”⁠ކަލޭ ތީ ސީބާތަ؟⁠“ ސީބާ ދެންނެވިއެވެ. ”⁠އާދެ މަސާހިބު! އަޅުގަނޑަކީ މަނިކުފާނުގެ ޚާދިމު ސީބާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 9:2
7 ပူးပေါင်းရင်းမြစ်များ  

އެއްދުވަހަކު އިބްރާހީމްގެފާނު އެކަލޭގެފާނުގެ ގޭގެ ކަންތައް ބަލަހައްޓާ އެންމެ ދުވަސްވީ ޚާދިމަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ ދަރިފުޅު އިސްޙާޤުގެ ކައިވެންޏަށް މި ކަންޢާނުގެ އަންހެން ކުދިންގެ ތެރެއިން އަންހެން ކުއްޖަކު ޚިޔާރު ނުކުރުމަށް އަހަރެންގެ ފަލަމަސްގަނޑުގެ ދަށުގައި އަތްޖައްސައި އުޑުތަކާއި ބިންތަކުގެ ވެރި ރަސްކަލާނގެ، މާތްކަލާނގެ ގަންދީ ހުވާކުރޭ.


ވީމާ، ފޫޠީފާރުގެ މިލްކިއްޔާތުގައިވާ އެންމެހާ ތަކެތީގެ މައްޗަށް މަސްއޫލުވެ ހިންގައި ބެލެހެއްޓުމުގެ ފުރިހަމަ ބާރު ޔޫސުފުގެފާނަށް އޭނާ ދިނެވެ. އަދި ޔޫސުފުގެފާނު އޭނާ އާއި އެކުގައި ހުންނެވުމުން އޭނާ ކާނެ ކެއުމަކާ މެދު ފިޔަވައި އެހެން އެއްވެސް ކަމަކާ މެދު އޭނާ ފިކުރު ކުރާކަށް ނުޖެހެއެވެ. މިހާރު ޔޫސުފުގެފާނަކީ ހެދިހުރި ހަށިގަނޑެއް ލިބިފައިވާ ނުހަނު ރިވެތި ފިރިހެންވަންތަ ބޭކަލެކެވެ.


ބަންޔާމީންގެ ހާހެއްހާ މީހުން ވެސް އޭނާއާއެކު އައެވެ. އެތަނަށް ޝާއުލްގެފާނުގެ ޚާދިމު ސީބާ ވެސް އައެވެ. ސީބާއާއެކު އޭނާ ގެ ފަނަރަ ދަރިންނާއި ވިހި ޚާދިމުން ވެސް އައެވެ. މި އެންމެން ވެސް އުރުދުން ކޯރު އައްސޭރީގައި ދާއޫދުގެފާނާއި ބައްދަލު ކުރުމަށް އަވަސް ވެފައި ތިއްބެވެ.


މިއެންމެން ކޯރު ހުރަސްކޮށް އައިސް ދާއޫދުގެފާނު ޔަހޫޛާއަށް ގެންދިއުމަށާއި އެކަލޭގެފާނަށް ބޭނުންވާ ކަމެއް ކޮށްދިނުމަށް އަވަސް ވެގެންފިއެވެ. ދާއޫދުގެފާނުގެ މީހުން ކޯރު އައްސޭރީގައި ތިއްބައި ޝިމްޢީ އެކަލޭގެފާނު ފައިންޕުޅު ދެކެން ކޯރު ހުރަސްކޮށް އަތުވެއްޖެއެވެ. އޭނާ ރަސްގެފާނަށް އަދަބު އަދާ ކުރުމަށް ބިންމަތީ މޫނު ޖައްސައިފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ