2 ޞަމޫއީލް 9:1 - ކިތާބުލް މުޤައްދަސާ1 ދާއޫދުގެފާނު އެއްސެވިއެވެ. ”ޝާއުލްގެފާނުގެ އާއިލާގައި އެކަކު ވެސް ނެތީތަ؟ އަހަރެން އެއާއިލާއަށް އެހީތެރިކަން ފޯރުވަން ބޭނުންވޭ. މިއީ ޔޫނަތައިންއަށްޓަކައި އަހަރެން ކޮށްދޭން ބޭނުންވާކަމެއް.“ အခန်းကိုကြည့်ပါ။ |
އެކަމަކު އެކަލޭގެފާނު ޔޫނަތައިންގެ ދަރިފުޅު މަފީބޫޝަތު ހިމާޔަތް ކުރެއްވިއެވެ. ޔޫނަތައިން އަކީ ޝާއުލްގެފާނުގެ ދަރިކަލެކެވެ. އެހެންނަމަވެސް ދާއޫދުގެފާނު ވަނީ ޔޫނަތައިންއާއެކު މާތްރަސްކަލާނގެ ހެކި ކުރައްވައި އިޤުރާރެއް ކުރައްވާފައެވެ. އެހެންކަމުން އެކަލޭގެފާނު މަފީބޫޝަތަށް ގެއްލުމެއް ވިޔަކަ ނުދެއްވިއެވެ.
ޔޫނަތައިން ދާއޫދަށް ބުންޏެވެ. ”ސަލާމަތް ކަމާއެކު ދޭ. އަހަރެމެން ދެމީހުން މިތިބީ ރައްޓެހިކަން ނުކެނޑުމަށް މާތްރަސްކަލާނގެ ގަންދީ ހުވާ ކޮށްގެން. އަހަރެންގެ ދަރިކޮޅުގެ މީހުންނާއި ކަލޭގެ ދަރިކޮޅުގެ މި ގުޅުން ދާއިމަށް ދަމަހައްޓާނެ ކަމަށް މާތްރަސްކަލާނގެ ހެކި ކޮށް ވަޢުދު ކޮށްގެން.“ ދެން ދާއޫދު އެތަނުން ހިނގައްޖެއެވެ. ޔޫނަތައިން ވެސް ސަހަރަށް ހިނގައްޖެއެވެ.