7 ދާއޫދުގެފާނު ހަދަދުޢަޒަރުގެ އޮފިސަރުންގެ އަތުގައި ހުރި ރަނުގެ އައްޑަނަތައް ޖެރޫސަލަމަށް ގެންނެވިއެވެ.
އޭގެ ފަހުން އެކަލޭގެފާނު އަރާމީންގެ ވެރިރަށް ދިމިޝްޤުގައި ސިފައިންގެ ޖަގަހަތަކެއް ޖަހައިފިއެވެ. އަދި އަރާމީންނަކީ ވެސް އެކަލޭގެފާނަށް ޖިޒީ ދައްކަން ޖެހޭ ބައެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. މިގޮތުން ދާއޫދުގެފާނު ވަޑައިގެންނެވި ހުރިހާ ތަނަކުން ވެސް އެކަލޭގެފާނަށް މާތްރަސްކަލާނގެ ފަތަޙަ ދެއްވިއެވެ.
އަދި ޙަދަދު ޢަޒަރުގެ ބާރުގެ ދަށުގައިވާ ބައިރޫތާއި ބާޠިޙުގައި ހުރި ގިނަ އަދަދެއްގެ ކަފުލޮއިގެ ތަކެތި ވެސް ގެންދެވިއެވެ.