2 ޞަމޫއީލް 8:6 - ކިތާބުލް މުޤައްދަސާ6 އޭގެ ފަހުން އެކަލޭގެފާނު އަރާމީންގެ ވެރިރަށް ދިމިޝްޤުގައި ސިފައިންގެ ޖަގަހަތަކެއް ޖަހައިފިއެވެ. އަދި އަރާމީންނަކީ ވެސް އެކަލޭގެފާނަށް ޖިޒީ ދައްކަން ޖެހޭ ބައެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. މިގޮތުން ދާއޫދުގެފާނު ވަޑައިގެންނެވި ހުރިހާ ތަނަކުން ވެސް އެކަލޭގެފާނަށް މާތްރަސްކަލާނގެ ފަތަޙަ ދެއްވިއެވެ. အခန်းကိုကြည့်ပါ။ |
އަދި ދާއޫދުގެފާނު މުއާބުންގެ ބިން ވެސް ފަތަޙަ ކުރައްވައިފިއެވެ. ދެން އެކަލޭގެފާނު މުއާބުންގެ ގައިދީންތައް ބިންމަތީގައި އަތުރުއްވައި ކޮންމެ ތިން މީހެއްގެ ތެރޭން ދެ މީހުން ގަތުލުކުރައްވައި މުއާބީންގެ އެންމެން ދާއޫދުގެފާނުގެ މިލްކެއްގެ ގޮތުގައި ހަމަ ޖައްސަވައި އެކަލޭގެފާނަށް ޖިޒީ ދައްކަން ޖެއްސެވިއެވެ.
މިހެންވެ ފިލިސްޠީނުންގެ ލަޝްކަރުގެ ފޭލިގެތަކުގައިއާއި ދަނޑުމަތީގައި ތިބި މީހުންނާއި ބުރުޒުތަކުގެ މަތީ ފޯރިމަރަން ތިބި މީހުންނާއި ކުރިއަރައިގެން އައި ހަނގުރާމަވެރިން ބިރުގެންފިއެވެ. އެވަގުތު ބިންގަނޑު ގުޑުގުޑު އަޅައިގެންފިއެވެ. އެވަގުތު މާތްކަލާނގެ އެވަނީ އެމީހުން ފިތްކަނޑައިގެން ދާވަރުގެ ބިރުވެރި ކަމެއް ފޮނުއްވާފައެވެ.
ޔޫނަތައިން ހަތިޔާރު އުފުލާ މީހާގެ ގާތު ބުންޏެވެ. ”ހިނގާ މިތިބަ ޚިތާނު ނުކުރާ މީހުންނަށް ހަމަލަ ދޭން. މާތްރަސްކަލާނގެ ހިންމަވައި ދެއްވައިފިނަމަ އަހަރެމެންގެ ދެމީހުން އެކަނި ދިމާކޮށްލިޔަސް ކާމިޔާބު ވެދާނެ. އެހެނީ ކާމިޔާބު ވަނީ ލަޝްކަރުގެ ކުޑަ ބޮޑުމިނަކުން ނޫން. މާތްރަސްކަލާނގެ އެހީތެރިވެ ވޮޑިގެންފިނަމަ ކިތަންމެ މަދު ބަޔަކަށް ވެސް ކިތަންމެ ބޮޑު ލަޝްކަރެއް ވެސް ބަލި ކޮށްލެވިދާނެ.“