Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 8:3 - ކިތާބުލް މުޤައްދަސާ

3 މީގެ އިތުރުން ދާއޫދުގެފާނު ޒޫބާގެ ރަސްގެފާނު ރަހޫބުގެ ދަރި ހަދަދުޢަޒަރުގެ ލަޝްކަރު ވެސް ބަލިކުރެއްވިއެވެ. އެއީ ފުރާތު ކޯރުގެ ސަރަހައްދުގެ މައްޗަށް އަލުން ބާރުވެރިވެގަތުމަށް އެމީހުން އައިސް އުޅެނިކޮށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 8:3
15 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ އެދުވަހު އަބްރާމް އާއިއެކު ޢަހުދުނާމާއެއް ކުރައްވާ މިފަދައިން ވަޙީކުރެއްވިއެވެ. ”⁠މިޞްރުގެ ސަރަހައްދު ކައިރީގައި އޮންނަ ކޯރުން ފެށިގެން ފުރާތު ކޯރާއި ހަމަޔަށް ކަލޭގެފާނުގެ ދަރިފަސްކޮޅު އާބާދުވާނެ. އެއީ ޤައިނީންގެ ރަށާއި، ޤަނިއްޒީންގެ ރަށާއި، ޤަދްމޫނީންގެ ރަށާއި، ޙިއްޘީންގެ ރަށާއި، ފިރިއްޒީނުގެ ރަށާއި، ރަފާއީމުގެ މީހުންގެ ރަށާއި، އަމޫރީންގެ ރަށާއި، ކަންޢާނުގެ މީހުންގެ ރަށާއި، ޖިރްޖާޝީންގެ ރަށާއި، އަދި ޔަބޫސީންގެ ރަށާއި ހަމައަށް ތިބާގެ ދަރިފަސްކޮޅު ދެމިގެން ދާނެ.⁠“


ދެން އަރާމީންނަށް އިސްރާއީލީން އެމީހުން ބަލިކޮށްލާފައި ދާތަން ފެނިގެން އެއެންމެން އެއްކޮށް ބޮޑު ލަޝްކަރެއްގެ ގޮތުގައި އައިސް ދިމާކޮށްލައިފިއެވެ.


އޭރު ހަދަދު ސަނޫބަރުން އަރާމީން ބަލާފޮނުވި ލަޝްކަރު ފުރާތު ކޯރު ހުރަސްކޮށް އަނެއް ފަރާތުގައި ތިއްބެވެ. އެމީހުން އައިސް ތިބީ އަރާމީންގެ ހިލާމު އަވަށުންނެވެ. އެމީހުންގެ ވެރިޔަކީ ޝޫބަކު އެވެ. އޭނާއަކީ ހަދަދުޢަޒަރުގެ ސިފައިންގެ ވެރިޔާއެވެ.


ހަދަދުޢަޒަރުން ފޮނުވައިގެން އައިސްތިބި ރަސްކަލުންނަށް އިސްރާއީލީން އެމީހުން ބަލިކޮށްފިކަން އެނގުމުން އެމީހުން އިސްރާއީލީންނަށް އަމާން ދީފިއެވެ. ދެން އެމީހުން އިސްރާއީލީން އަތްދަށު ވެގެންފިއެވެ. އޭގެފަހަކުން އަރާމީންނަކަށް ޢައްމޫނީންނަށް އެހީވާން ދާކަށެއް ނުކެރުނެވެ.


ޢައްމޫނީންނަށް ދާއޫދުގެފާނު އެމީހުންނާ ދެކޮޅުވެރި ވެއްޖެކަން އެނގިއްޖެއެވެ. އެހެންކަމުން އެމީހުން ބައިތު ރުހޫބާއި ޒޫބާއިން އަރާމީންގެ މީހުން ކުއްޔަށް ހިފައިފިއެވެ. އަރާމީންގެ ބިންމަތީ ސިފައިންގެ ވިހިހާސް ތިއްބެވެ. އަދި ޢައްމޫނީން މައަކާގެ ރަސްގެފާނުގެ އެއްހާސް ސިފައިން ވެސް ކުއްޔަށް ހިފައިފިއެވެ. އޭގެ އިތުރުން ޠޫބުގެ ބާރަހާސް މީހުން ވެސް އެމީހުން ކުލިދޭގޮތަށް ގެނަސްފިއެވެ.


ޒޫބާގެ ނާޘާންގެ ދަރި ޔަޖާލް، ޖަދީ އަވަށުގެ ބާނީ،


އަދި ކަލޭމެންގެ ސަރަހައްދު ކަމުގައި، ރަތްކަނޑުން ފެށިގެން މެދުތެރޭ ކަނޑާ ހަމަޔަށް، އަހަރެން ކަނޑައަޅާނަން. އަދި ސަހަރާއާއި ފުރާތުކޯރާ ދެމެދުގައިވާ ސަރަހައްދު އެއީ ކަލޭމެންގެ ބިންކަމުގައި ހަދައިދޭނަން. އަދި މިހާރު އެ ބިމުގައި ތިބި މީހުން ކަލޭމެންގެ އަތްދަށަށް ގެންގޮސް ކަލޭމެން އެމީހުން އެތަނުން ބޭރުކޮށްލަން ވާނެ.


ޝާއުލްގެފާނު އިސްރާއީލުގެ ރަސްކަލަކަށް ވީއްސުރެ އެކި ދިމަދިމާއިން ދުޝްމަނުންނާ ކުރިމަތި ލައްވާފައި ވެއެވެ. އެކަލޭގެފާނު މުއާބީންނާއި ޢައްމޫނީންނާއި އަދޫމީންނާއި ޒޫބާގެ ރަސްކަލުންނާއި އެނޫން ވެސް ފިލިސްޠީނުންނާ ކުރިމަތި ލެއްވިއެވެ. އެއިން ކޮންމެ ބައެއްގެ މައްޗަށް ވެސް އެކަލޭގެފާނު ވަނީ ފަތަޙަ ހޯއްދަވާފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ