Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 8:2 - ކިތާބުލް މުޤައްދަސާ

2 އަދި ދާއޫދުގެފާނު މުއާބުންގެ ބިން ވެސް ފަތަޙަ ކުރައްވައިފިއެވެ. ދެން އެކަލޭގެފާނު މުއާބުންގެ ގައިދީންތައް ބިންމަތީގައި އަތުރުއްވައި ކޮންމެ ތިން މީހެއްގެ ތެރޭން ދެ މީހުން ގަތުލުކުރައްވައި މުއާބީންގެ އެންމެން ދާއޫދުގެފާނުގެ މިލްކެއްގެ ގޮތުގައި ހަމަ ޖައްސަވައި އެކަލޭގެފާނަށް ޖިޒީ ދައްކަން ޖެއްސެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 8:2
22 ပူးပေါင်းရင်းမြစ်များ  

ދެން ދާއޫދުގެފާނު އެރަށުގެ މީހުން މަސައްކަތަށް ނެރުއްވިއެވެ. އެމީހުންގެ އަތަށް ކީސްތަކާއި ފާންތިލަތަކާއި މުޅޯތައް ހަވާލު ކުރައްވައި އެމީހުންލައްވާ ރާނާ ގާ އެޅުއްވިއެވެ. އެގޮތުގެ މަތިން ޢައްމޫނީންގެ އެހެން ސަހަރުތަކުގެ މީހުންނާ މެދު ވެސް ކަންތައް ކުރެއްވިއެވެ. ދެން ދާއޫދުގެފާނު އެކަލޭގެފާނާއި އެކުގައި އައި ފައުޖާއެކު އެނބުރި ޖެރޫސަލަމަށް ވަޑައިގެންފިއެވެ.


އޭގެ ފަހުން އެކަލޭގެފާނު އަރާމީންގެ ވެރިރަށް ދިމިޝްޤުގައި ސިފައިންގެ ޖަގަހަތަކެއް ޖަހައިފިއެވެ. އަދި އަރާމީންނަކީ ވެސް އެކަލޭގެފާނަށް ޖިޒީ ދައްކަން ޖެހޭ ބައެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. މިގޮތުން ދާއޫދުގެފާނު ވަޑައިގެންނެވި ހުރިހާ ތަނަކުން ވެސް އެކަލޭގެފާނަށް މާތްރަސްކަލާނގެ ފަތަޙަ ދެއްވިއެވެ.


އެކަމަކު ނުރުހުންތެރިވި ބައެއް މީހުން ބުންޏެވެ. ”⁠މީނާއަށް އަހަރެމެންނަށް ރައްކާތެރިކަން ދެވިދާނެތަ.⁠“ އެމީހުން ޝާއުލްއާ ނުރުހުންތެރި ވިއެވެ. އަދި ވެދުން ހުށަހެޅުމަކަށް އެމީހުންނެއް ނައައެވެ. ޝާއުލްގެފާނު އެނގިވަޑައިގަންނަވާ ކަމަކަށް ވެސް ނުހެއްދެވިއެވެ.


ޝާއުލްގެފާނު އިސްރާއީލުގެ ރަސްކަލަކަށް ވީއްސުރެ އެކި ދިމަދިމާއިން ދުޝްމަނުންނާ ކުރިމަތި ލައްވާފައި ވެއެވެ. އެކަލޭގެފާނު މުއާބީންނާއި ޢައްމޫނީންނާއި އަދޫމީންނާއި ޒޫބާގެ ރަސްކަލުންނާއި އެނޫން ވެސް ފިލިސްޠީނުންނާ ކުރިމަތި ލެއްވިއެވެ. އެއިން ކޮންމެ ބައެއްގެ މައްޗަށް ވެސް އެކަލޭގެފާނު ވަނީ ފަތަޙަ ހޯއްދަވާފައެވެ.


ދާއޫދު އަދޫލާމުގެ ހޮހަޅައިން ނުކުމެ މިޞްބާހުގެ މުއާބަށް ހިނގައްޖެއެވެ. އަދި މުއާބުގެ ރަސްގެފާނުގެ ފައިންޕުޅު ދެކެ ދެންނެވިއެވެ. ”⁠އަޅުގަނޑާއި މެދު މާތްކަލާނގެ ނިންމަވާ ގޮތެއް އެނގެން ދެން އަޅުގަނޑުގެ ބައްޕައާއި މަންމަ، ރަސްގެފާނުގެ ބެލެހެއްޓުމުގެ ދަށުގައި ބަހައްޓަވާ ދެއްވަފާނަން ތޯ.⁠“


ދެން ދާއޫދުގެ މައިންބަފައިން ގެނެސް މުއާބުގެ ރަސްގެފާނުގެ ބެލުމުގެ ދަށަށް ލައިފިއެވެ. ދާއޫދު އެތަނުގައި ފިލާ ހުރިހާތައް ދުވަހު އެމީހުން ތިބީ ރަސްގެފާނުގެ ހިމާޔަތުގަ އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ