2 ޞަމޫއީލް 8:14 - ކިތާބުލް މުޤައްދަސާ14 އެކަލޭގެފާނު އަދޫމްގައި ވެސް ސިފައިންގެ ބައިގަނޑެއް ބައިތިއްބެވިއެވެ. އެއާއެކު އަދޫމީންގެ އެންމެން ވެސް ދާއޫދުގެފާނުގެ ބާރުފުޅުގެ ދަށަށް ހިނގައްޖެއެވެ. އެކަލޭގެފާނު ވަޑައިގެންނެވި ކޮންމެ ތަނަކުން މާތްރަސްކަލާނގެ އެކަލޭގެފާނަށް ފަތަޙަ ދެއްވިއެވެ. အခန်းကိုကြည့်ပါ။ |
އެންމެހާ ވަންހަތަކުގެ މީސްތަކުން ދަރިފުޅުގެ އަމުރަށް ކިޔަމަންތެރިވެ ދަރިފުޅަށް ޚިދުމަތް ކުރާނެ. ދަރިފުޅުގެ ގާތްތިމާގެ މީހުންގެ މައްޗަށް ދަރިފުޅު ވެރިކަން ހިންގުމަށް މާތްރަސްކަލާނގެ މެދުވެރި ކުރައްވާނެ. އަދި ދަރިފުޅުގެ އެއްބަނޑު ކުދިން ދަރިފުޅަށް ކުރުނީސް ކުރާނެ. ދަރިފުޅަށް ބަދު ކަންތައްތަކަށް ހިތާ ފަރާތްތަކާއި މެދު މާތްރަސްކަލާނގެ ލަޢުނަތް ލައްވާނެ. އަދި ދަރިފުޅަށް ބަރަކާތަށް އެދޭ ފަރާތްތަކަށް ބަރަކާތް ލެވިގެންވާނެ.“