2 ޞަމޫއީލް 8:12 - ކިތާބުލް މުޤައްދަސާ12 އެއީ އަދޫމާއި، މުއާބުއާއި ޢައްމޫނީންނާއި ޢަމާލިޤީންނާއި އަދި އެނޫން ވެސް ފިލިސްޠީނުންގެ ރަށްތަކުންނެވެ. އެކަލޭގެފާނު ޒޫބާގެ ރަސްގެފާނު ރަހޫބުގެ ދަރި ހަދަދުޢަޒަރުގެ އަތުން އަތުލައިގަތް ޣަނީމާތަކާ މެދު ވެސް ކަންތައް ކުރެއްވީ އެގޮތަށެވެ. အခန်းကိုကြည့်ပါ။ |
އަދި ދާއޫދުގެފާނު މުއާބުންގެ ބިން ވެސް ފަތަޙަ ކުރައްވައިފިއެވެ. ދެން އެކަލޭގެފާނު މުއާބުންގެ ގައިދީންތައް ބިންމަތީގައި އަތުރުއްވައި ކޮންމެ ތިން މީހެއްގެ ތެރޭން ދެ މީހުން ގަތުލުކުރައްވައި މުއާބީންގެ އެންމެން ދާއޫދުގެފާނުގެ މިލްކެއްގެ ގޮތުގައި ހަމަ ޖައްސަވައި އެކަލޭގެފާނަށް ޖިޒީ ދައްކަން ޖެއްސެވިއެވެ.