Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 8:1 - ކިތާބުލް މުޤައްދަސާ

1 އޭގެ ފަހުން ދާއޫދުގެފާނު ފިލިސްޠީނުންނާ ހަނގުރާމަ ކުރައްވައި، އެމީހުންގެ އަތްދަށުގައި އޮތް އެމީހުންގެ ބޮޑު ރަށެއް ކަމަށްވާ ޒިމާމަލް ޤަޞަބަތި ވެސް އަތުލެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 8:1
14 ပူးပေါင်းရင်းမြစ်များ  

އިސްރާއީލުގެ އެންމެހައި ގަބީލާތަކުގެ މެދުގައި އަރާރުން ވަމުން ދަނީއެވެ. ”⁠އަހަރެމެން ފިލިސްޠީނީންނާއި އެނޫން ވެސް ދުޝްމަނުންގެ އަތްދަށުން ސަލާމަތް ކޮށް ދެއްވީ ދާއޫދުގެފާނު. އެކަމަކު އަބްޝާލޫމްއާ ކުރިމަތި ނުލައްވައި ފިއްލަވައިގެން އެކަލޭގެފާނު އެވަޑައިގެންނެވީ.


އެކަމަކު ޔުއާބުއާއި އަބީޝާއި އައިސް އަބްނައިރު ފަހައިގެންފިއެވެ. އެމީހުން އޭނާގެ ފަހަތުން އަންމާ ފަރުބަދައާ ހަމަޔަށް ދެވުނު ތަނާ އިރުއޮއްސިއްޖެއެވެ. އެ ފަރުބަދައަކީ ޖިބްޢޫން ގެ ހަނަފަސް ސަހަރާ މަގުމަތީ ޖިޔާހްގެ ކާރީގެ ހިސާބެކެވެ.


މިއަޅާގެ އަމިއްލަ ޤައުމުގެ ދެކޮޅުވެރިންގެ އަތްދަށުން މިއަޅާ ސަލާމަތް ކުރެއްވީ އިނބަރަސްކަލާނގެއެވެ. މިއަޅާއަކީ އެ ޤައުމުތަކުގެ ވެރިޔަކަށް އިނބަރަސްކަލާނގެ ހެއްދެވިއެވެ. މިއަޅާ ނުވެސް ދަންނަމީހުން އެވަނީ މިއަޅާގެ ޚިދުމަތުގައެވެ.


ފިލިސްޠީނީންނަށް އިސްރާއީލުގެ ވެރިޔަކަށް ދާއޫދުގެފާނު ހަމަޖެހުނު ކަމާއި މިހާރު އިސްރާއީލުގެ ރަސްކަލަކީ ދާއޫދުގެފާނު ކަމުގެ ޚަބަރު ލިބިއްޖެއެވެ. އެހެންވެ ފިލިސްޠީނުން ދާއޫދުގެފާނު އަވަހާރަކޮށްލުމަށް އެކަލޭގެފާނު ހުންނެވިތަނެއް ބަލާ ހޯދަން ފަށައިފިއެވެ. އެ ޚަބަރު ދާއޫދުގެފާނަށް ލިބިވަޑައިގަތުމުން އެކަލޭގެފާނު ޖެރޫސަލަމުގެ ކިއްލާއަށް ވަޑައިގެންފިއެވެ.


ދާއޫދުގެފާނު މާތްރަސްކަލާނގެ އެންގެވިގޮތަށް ކަންތައް ކުރައްވައިފިއެވެ. އެކަލޭގެފާނު ފިލިސްޠީނީން ފައްސަވައި ވަޑައިގެން ޖިބްޢައިނުން ފެށިގެން ޖާޒަރުއާ ދެމެދުގައި ތިބިހާ ފިލިސްޠީނީންނެއް މަރުއްވައި ހުސްކޮށް ލައްވައިފިއެވެ.


ކަލޭގެފާނު ވަޑައިގަތް ކޮންމެ ތަނެއްގައި ތިމަންކަލާނގެ ވޮޑިގެންވީމޭ. އަދި ކަލޭގެފާނުގެ ލޯމަތީގައި ކަލޭގެފާނުގެ އަދާވާތްތެރިން ބަލި ކުރެއްވީމޭ. މިހާރު ތިމަންކަލާނގެ ކަލޭގެފާނުގެ ނަން ދުނިޔޭގެ ނަން މަތިވެރި މީހުންގެ ނަމާ އެއްވަރަށް އުފުއްލަވާނަމޭ.


މި މީހުންގެ އީމާންތެރިކަމުގެ ސަބަބުން އެތައް ރަސްކަމެއް ވައްޓާލައި ފަތަޙަ ހޯދާފައިވެއެވެ. އަދި އެ ރަށްރަށުގައި އަދުލު އިންސާފު ގާއިމު ކުރިއެވެ. އަދި މާތްރަސްކަލާނގެ ވަޢުދު ކުރެއްވި ކަންތައްތައް ވެސް އެމީހުން ލިބިގަތެވެ. އެމީހުން ވަނީ ސިންގާތަކުގެ އަނގަތައް ލައްޕުވައިފިއެވެ.


އެމީހުން ގަދަފަދަ އަލިފާންގަނޑުތައް ނިއްވައި، ދުޝްމިނުންގެ ކަނޑިތަކުން ވެސް ސަލާމަތްވިއެވެ. އެމީހުންނީ ކިތަންމެ ބަލިކަށި ބައެއް ކަމުގައިވި ނަމަވެސް ބޭރުން އަރައިގެން އައި އަދާވާތްތެރިން ފައްސާލާނެ ގަދަފަދަބާރު އެމީހުންނަށް މާތްރަސްކަލާނގެ ދެއްވިއެވެ.


ފިލިސްޠީނުން ބަލިވެގެން ދިޔަ ފަހުން އިސްރާއީލަށް ހަމަލަ ދޭކަށް ނާދެއެވެ. ޞަމޫއީލްގެ މުޅި އުމުރުގައި ވެސް މާތްރަސްކަލާނގެ އަތްޕުޅު ވަނީ ފިލިސްޠީނުންނާ ދެކޮޅަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ