Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 7:9 - ކިތާބުލް މުޤައްދަސާ

9 ކަލޭގެފާނު ވަޑައިގަތް ކޮންމެ ތަނެއްގައި ތިމަންކަލާނގެ ވޮޑިގެންވީމޭ. އަދި ކަލޭގެފާނުގެ ލޯމަތީގައި ކަލޭގެފާނުގެ އަދާވާތްތެރިން ބަލި ކުރެއްވީމޭ. މިހާރު ތިމަންކަލާނގެ ކަލޭގެފާނުގެ ނަން ދުނިޔޭގެ ނަން މަތިވެރި މީހުންގެ ނަމާ އެއްވަރަށް އުފުއްލަވާނަމޭ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 7:9
23 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ ތިބާގެ ދަރިކޮޅުގެ މީހުން އެތައް ގުނައަކަށް އިތުރު ކުރައްވާނަން. އަދި ތިބާގެ ފަރާތުން އުފަންވާނެ ޤައުމަކީ މަތިވެރި ބޮޑުޤައުމެއް ކަމުގައި ލައްވާނަން. ތިމަންކަލާނގެ ތިބާގެ ނަން މަތިވެރި ކުރައްވައި ތިބާއަށް ރަޙުމަތް ލައްވާނަން. އަދި ތިބާއަކީ މީސްތަކުންނަށް ރަޙުމަތެއް ކަމުގައި ވާނެ.


މިއީ ދާއޫދުގެފާނު ޝާއުލްގެފާނާއި އެކަލޭގެފާނުގެ ހުރިހާ އަދާވާތްތެރިންގެ އަތްދަށުން މިންޖު ކުރެއްވުމުން މާތްރަސްކަލާނގެއަށް ދެންނެވި މަދަހަ ސަނާއެވެ.


އިނބަރަސްކަލާނގެ ބާރުފުޅާއެކު ބޮޑު ލަޝްކަރެއް ވެސް މިއަޅާ ބަލިކޮށްލަމެވެ.


މިއަޅާގެ ދުޝްމިނުން ކުދިކުދިކޮށް މިއަޅާ ކޮށާލަމެވެ. އެމީހުން ބިންމަތީގައި ހުރި ހިރަފުހަށް ހަދާލަމެވެ. މިއަޅާގެ ދުޝްމިނުން ފުނޑުފުނޑު ކޮށްލަމެވެ. އަދި އެމީހުން މަގުމަތީގައި ހުންނަ ކިސަޑާ އެއްކޮށްލަމެވެ.


މި ބަސްތައް މި ލިޔަނީ ޔައްސާގެ ދަރި ދާއޫދުގެފާނެވެ. މިއީ މާތްކަލާނގެ މަތީ މަޤާމު ދެއްވެވި ބޭކަލެއްގެ ބަސްފުޅެވެ. އޭނާއަކީ ޔަޢުޤޫބުގެފާނުގެ ކަލާނގެ ރަސްކަން ދެއްވާފައިހުރި ބޭކަލެކެވެ. މިއީ އިސްރާއީލީންނަށްޓަކައި ރީތި މަދަހަ ހައްދަވައި ވިދާޅުވެ އުޅުއްވި ކަލޭގެފާނު ވެސް މެއެވެ.


މިހާރު ދާއޫދުގެފާނުގެ ބާރުފުޅު ގަދަވަމުން ދިޔައެވެ. އެހެނީ އެކަލޭގެފާނާއެކު ކުޅަދުންވަންތަ މަތިވެރިރަސްކަލާނގެ ވޮޑިގެން ވޭމެއެވެ.


ދާއޫދުގެފާނު ލޮނުގެ ވާދީގައި ކުރެއްވި ހަނގުރާމައިގައި އަށާރަހާސް އަދޫމީ ސިފައިން މަރުއްވައި ހޯއްދެވި ކާމިޔާބީއަށް ފަހު އެނބުރިވަޑައިގަތުމުން އެކަލޭގެފާނުގެ މަޤްބޫލުކަން ވަރަށް މަތިވިއެވެ.


އެކަލޭގެފާނު އަދޫމްގައި ވެސް ސިފައިންގެ ބައިގަނޑެއް ބައިތިއްބެވިއެވެ. އެއާއެކު އަދޫމީންގެ އެންމެން ވެސް ދާއޫދުގެފާނުގެ ބާރުފުޅުގެ ދަށަށް ހިނގައްޖެއެވެ. އެކަލޭގެފާނު ވަޑައިގެންނެވި ކޮންމެ ތަނަކުން މާތްރަސްކަލާނގެ އެކަލޭގެފާނަށް ފަތަޙަ ދެއްވިއެވެ.


އޭގެ ފަހުން އެކަލޭގެފާނު އަރާމީންގެ ވެރިރަށް ދިމިޝްޤުގައި ސިފައިންގެ ޖަގަހަތަކެއް ޖަހައިފިއެވެ. އަދި އަރާމީންނަކީ ވެސް އެކަލޭގެފާނަށް ޖިޒީ ދައްކަން ޖެހޭ ބައެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. މިގޮތުން ދާއޫދުގެފާނު ވަޑައިގެންނެވި ހުރިހާ ތަނަކުން ވެސް އެކަލޭގެފާނަށް މާތްރަސްކަލާނގެ ފަތަޙަ ދެއްވިއެވެ.


ރަސްރަސްކަލުން ތަޚުތުކޮޅުތަކުން ބާލުއްވާ، އާދައިގެ ނިކަމެތިން އެކަލާނގެ އިއްޒަތްތެރިކުރައްވާނެ.


ދާއޫދު ދިޔަ ކޮންމެ ހަނގުރާމައެއް ވެސް ކާމިޔާބު ވެއެވެ. އެހެނީ މާތްރަސްކަލާނގެ ވަނީ އޭނާއާ އެކުގައެވެ.


ފިލިސްޠީނުން އައިސް ހަނގުރާމަކޮށް ހަދައެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކު ވެސް ދާއޫދު އެ ހަނގުރާމައެއް ފަތަޙަ ކުރެއެވެ. އަދި ރަސްގެފާނުގެ އެހެން ހުރިހާ ހަނގުރާމަވެރި އޮފިސަރުންނަށް ވުރެން ކުރިހޯދައެވެ. ނަތީޖާއަކަށް ވީ ދާއޫދު އިތުރަށް ނަން މަޝްހޫރު ވެގެން ދިއުމެވެ.


ކިލާގަނޑުން މީހާ ނަންގަވަނީ އެކަލާނގެ. ބޭނުން ޖެހިފައިވާ މީހާ ކުނިގޮނޑުން ނެރުއްވަނީ އެކަލާނގެ. އަދި ރަސްކަލުންގެ އަރިހުގައި ބައިންދަވަނީ އެކަލާނގެ. މީހާއަށް އިއްޒަތުގެ ތަޚުތު ދެއްވަނީ އެކަލާނގެ. އެހެނީ ބިމުގެ ބިންގާތަކަކީ މާތްރަސްކަލާނގެ މިލްކެއް. ބިމުގެ ބިންގާ އެޅުއްވީ އެކަލާނގެ.


އެހެންކަމުން ޝާއުލްގެފާނާއި އެކަލޭގެފާނުގެ ތިން ދަރިންނާއި އެކަލޭގެފާނުގެ ހަތިޔާރު އުފުލާ މީހާއާއި އަދި އެކަލޭގެފާނާއި އެކުގައި ތިބި އެންމެން އެކަށް އެދުވަހު މަރުވެ ދިޔައެވެ.


އެހެންވެ ފިލިސްޠީނުގެ މީހުން އެ ފޮށިކޮޅު ފިލިސްޠީނުގެ އަވަށެއް ކަމަށްވާ ޢަޤްރޫނަށް ގެންގޮސްފިއެވެ. އެމީހުން އެފޮށިކޮޅު ގެންނަން ފެށުމުން ރަށުގެ މީހުން ބުނެއްޕެވެ. ”⁠އެމީހުން އިސްރާއީލުގެ ކަލާނގެ ފޮށިކޮޅު މި ރަށަށް އަރުވަން ތިޔަ އުޅެނީ ކީއްވެތަ؟ އެމީހުން އެއުޅެނީ މިރަށުގެ އެންމެން ވެސް މަރާލަންތަ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ