25 އޭ މަތިވެރިރަސްކަލާނގެ! މިއަޅާގެ އާއިލާއަށް ދެއްވާނެކަމަށް ވަޢުދުކުރެއްވި ކަންތައް އެގޮތުގައި ހިންމަވާށި!
އަޅާއާ މެދު އޯގާތެރިވެވޮޑިގަންނަވާ އަދި އަޅާގެ ދަރިފަސްކޮޅު ބިމުގެ ވެލި ފަދައިން ގުނައި އަދަދު ނުކުރެވޭފަދަ މިންވަރަށް އިތުރު ކޮށްދެއްވާނެ ކަމުގެ ވަޢުދު ބަސްފުޅު އިނބަރަސްކަލާނގެ އަޅާއަށް ވަޙީކުރެއްވީމު.“
އިނބަރަސްކަލާނގެ ވަނީ އިސްރާއީލީންނަކީ އިނބަރަސްކަލާނގެ މީހުންކަމުގައި އަބަދަށްޓަކައި ހައްދަވާފައި. އޭ މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެ ވަނީ އެމީހުންގެ ކަލާނގެ ކަމަށްވެ ވޮޑިގެންފައި!
އެގޮތުން އިނބަރަސްކަލާނގެ ނަންފުޅު ދާއިމަށް މަތިވެރި ކުރައްވާށި! އޭރުން މީސްތަކުން ބުނާނެ. ’އުޑުތަކުގެ ލަޝްކަރުގެވެރި ރަސްކަލާނގެއަކީ އިސްރާއީލުންގެ ވެސް ވެރި ރަސްކަލާނގެއޭ!‘ އިނބަރަސްކަލާނގެ ޚާދިމު ދާއޫދުގެ ރަސްމަތިފުށް އިނބަރަސްކަލާނގެ ކުރިފުޅުމަތީގައި އަބަދުވެސް ދަމަހައްޓަވާށި.
އަލްޤާނާ ބުންޏެވެ. ”ކަލެއަށް ރަނގަޅުކަމަށް ފެންނަ ގޮތަކަށް ކަންކުރޭ. ދަރިފުޅު ކިރުތުނބުން ވީއްލެން ދެން މިތާ މަޑު ކުރޭ. މާތްރަސްކަލާނގެ ކަލޭ އެދުނު ފަދައިން ކަންތައް ހިންމަވާށި.“ ދެން އެކުއްޖާ ކިރުތުނބުން ވީއްލެންދެން ޙައްނާ ގޭގައި މަޑުކޮށްފިއެވެ.