2 ޞަމޫއީލް 7:24 - ކިތާބުލް މުޤައްދަސާ24 އިނބަރަސްކަލާނގެ ވަނީ އިސްރާއީލީންނަކީ އިނބަރަސްކަލާނގެ މީހުންކަމުގައި އަބަދަށްޓަކައި ހައްދަވާފައި. އޭ މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެ ވަނީ އެމީހުންގެ ކަލާނގެ ކަމަށްވެ ވޮޑިގެންފައި! အခန်းကိုကြည့်ပါ။ |
އިނބަރަސްކަލާނގެ މީހުން ކަމަށްވާ އިސްރާއީލުން ފަދަ އެހެން ބައެއް ކޮބައިތޯ؟ ދުނިޔޭގެ ބިންމަތީގައި އެކަލާނގެއަށް ޚާއްސަ ކުރެއްވި އެހެން ޤައުމެއް ވޭތޯ؟ މިޞްރުގެ އަޅުންގެ ގޮތުގައި ތިއްބައި އެ އަޅުވެތިކަމުން އެމީހުން ސަލާމަތް ކުރައްވައި އިނބަރަސްކަލާނގެ ނަންފުޅު މަތިވެރި ކުރެއްވުމަށްޓަކައި ހައިރާންވަނިވި ބޮޑެތި މުޢުޖިޒާތްތައް ދައްކަވައި އެހެނިހެން ޤައުމުތަކާއި އެމީހުންގެ ކަލުންތައް އަޅަމެންގެ ކުރިމަތީގައި ފައްސަވާލެއްވީ އިނބަރަސްކަލާނގެ.
”މީގެ ކުރީގައި ތިޔަބައިމީހުންނީ އެކަލާނގެ ޚިޔާރު ކުރެއްވި ބައެއްއްނޫނެވެ. ނަމަވެސް މިހާރު ތިޔަބައިމީހުންނީ އެކަލާނގެ ޚިޔާރު ކުރައްވާފައިވާ ބައެކެވެ. މީގެކުރިން ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ރަޙުމަތްފުޅަކީ ކޮބައިކަން އެނގިގެން ނުވެއެވެ. ނަމަވެސް މިހާރު ތިޔަބައިމީހުންނަށް އެކަލާނގެ ރަޙުމަތްފުޅު ލިބިއްޖެއެވެ.“