Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 7:21 - ކިތާބުލް މުޤައްދަސާ

21 އިނބަރަސްކަލާނގެ ވަޢުދުފުޅާ އެއްގޮތަށް އިނބަރަސްކަލާނގެ އިރާދަފުޅުން މިއޮތްހާ ބޮޑެތިކަންތައް އިނބަރަސްކަލާނގެ ޚާދިމަށް ޓަކައި ތިޔަ ކުރައްވަމުން ގެންދަވަނީ. އަދި އެކަންތައް މިއަޅާއަށް ހާމަވެސް ތިޔަ ކޮށް ދެއްވަވަނީ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 7:21
16 ပူးပေါင်းရင်းမြစ်များ  

ލައްބަ ބައްޕާފުޅާ! މިއީ ބައްޕާފުޅު ރުހިވޮޑިގަންނަވާ ގޮތް.⁠“


އުޑާއި ބިން ނެތިގެން ދާނެ. އެކަމަކު އަހަރެންގެ ބަސްތައް ނެތިގެނެއް ނުދާނެ.⁠“


މާތްރަސްކަލާނގެ މިކަލޭގެފާނު އެފޮނުއްވަނީ އަހަރެމެންގެ ކާބަފައިކަލުން އިބްރާހީމްގެފާނުގެ ދަރިކޮޅުގެ އެންމެންނަށް ރަޙުމަތެއްގެ ގޮތުގަ. އެއީ އެކަލާނގެ އިބްރާހީމްގެފާނާއެކު ގާއިމު ކުރައްވާފައިވާ ޢަހުދުނާމާއާ އެއްގޮތްވާ ގޮތުގެ މަތިން.


އެވަގުތު މާތްރޫޙުފުޅުގެ ސަބަބުން އުފަލުން ފުރިފައިވާ ހާލުގައި އީސާގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑު ބައްޕާފުޅަށް ޙަމްދު ކުރަން. އުޑާއި ބިމުގެ ވެރި މާތްސާހިބާ! މިހުރިހާ ކަންތައްތައް ކިޔަވައިގެން ތިބި ބުއްދިވެރިންނަށް ވަންހަނާ ކުރައްވައި މި ކަންތައްތައް ތިޔަ ހާމަ ކުރެއްވީ އާދައިގެ މީހުންނަށް. ބައްޕާފުޅާ! ބައްޕާފުޅަށް ފުރިހަމަ އުފަލާއި ހިތްހަމަ ޖެހިލެއްވުން ލިއްބައިދެނީ މިފަދަ ކަންތައް ކަން އަޅުގަނޑަށް އެނގޭ.⁠“


މަގޭ ލޮބުވެތި އެކުވެރިންނޭ. ބިރުނުގަނޭ. އެއީ ކަލޭމެންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު އެކަލާނގެ ރަސްކަންފުޅު ކަލޭމެންނަށް ދެއްވުމަށް ވަނީ ވަރަށް ބޮޑަށް ރުހިވޮޑިގެންފަ.


މާތްރަސްކަލާނގެ އެކަލާނގެ މަގުސަދުގެ ސިއްރު އަހަރެމެންނަށް ދައްކުވައި ދެއްވައިފިއެވެ. މިއީ އެކަލާނގެ އެދިވޮޑިގަންނަވާ ގޮތް ވެސް މެއެވެ. އަދި މި ކަންތައްތައް އެކަލާނގެ ރާއްވަވާފައި ވަނީ އަލްމަސީޙު މެދުވެރި ކުރައްވައެވެ.


މި ހުރިހާ ކަމެއް މާތްރަސްކަލާނގެ ކުރެއްވީ އެކަލާނގެ ނިމުމެއް ނުވާ މަގުސަދަށްޓަކައެވެ. އަދި މިހުރިހާ ކަންތައްތަކެއް އެކަލާނގެ ޙާސިލުކުރެއްވީ އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު މެދުވެރި ކުރައްވައެވެ.


އޭގެބަދަލުގައި އެކަކު އަނެކަކަށް އޯގާތެރިވެ، ހަމްދަރުދީގެ ހިތަކުން ބަލާށެވެ. އަދި އަލްމަސީޙު މެދުވެރި ކުރައްވާ މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް މަޢާފު ދެއްވި ފަދައިން އެކަކު އަނެކަކަށް މަޢާފު ދޭށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ