Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 7:2 - ކިތާބުލް މުޤައްދަސާ

2 އެއްދުވަހަކު ދާއޫދުގެފާނު ނާޘާން ނަބީކަލޭގެފާނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. ”⁠ނިކަން ބަލާބަލަ! އަހަރެން އުޅެމުން މިދަނީ ސަނޫބަރު ލަކުޑީގެ ގަނޑުވަރެއްގާ. އެކަމަކު މާތްކަލާނގެ ފޮށިކޮޅު އެވަނީ ފޭލިގެގަނޑެއްގައި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 7:2
24 ပူးပေါင်းရင်းမြစ်များ  

އުރިއްޔާ ދަންނަވައްޕެވެ. ”⁠މާތްރަސްކަލާނގެ މުޤައްދަސް ފޮށިކޮޅާއި އިސްރާއީލުގެ ސިފައިންނާއި ޔަހޫޛާއިން އެތިބީ ފޭލިގެތަކުގައި. އަޅުގަނޑުގެ ސާހިބު ޔުއާބުއާއި ދާއޫދު ރަސްގެފާނުގެ ހަނގުރާމަވެރިން އެތިބީ ހާމަ މައިދާނުގައި. އެހެން އެކަންތައް ހުއްޓައި އަޅުގަނޑު ކައިބޮއި އަނބިމީހާގެ ގާތަށް ގޮސް އަރާމުކުރަން އޮވެވޭނީ ކިހިނެއްތޯ؟ އަޅުގަނޑު ތިޔަ ރަސްގެފާނުގެ ދިރިހުރުން ގަންދީ ދަންނަވަން އެއަކީ އަޅުގަނޑަކަށް ކުރެވޭނެ ކަމެއް ނޫން!⁠“


މާތްރަސްކަލާނގެ ދާއޫދުގެފާނުގެ އަރިހަށް ނަބީ ނާޘާން ފޮނުއްވިއެވެ. ނާޘާން ގޮސް މިހެން ދެންނެވިއެވެ. ”⁠އެއް ރަށެއްގައި ދެމީހަކު ތިބި. އެކަކީ މުއްސަންޖެއް. އަނެކަކީ ފަގީރެއް.


ޞޫރުގެ ރަސްގެފާނު ހީރާމު ދާއޫދުގެފާނުގެ އަރިހަށް ޚަބަރައިގެން މީހަކު ފޮނުއްވިއެވެ. ޙީރާމުގެ ރަސްގެފާނު ސަނޫބަރު ލަކުޑިއާއި ވަޑިންނާއި ރާނާ މީހުން ވެސް ދާއޫދުގެފާނަށް ގަނޑުވަރެއް ބިނާ ކޮށްދެއްވުމަށް ފޮނުއްވިއެވެ.


ދާއޫދުގެފާނު އެ ފޮށިކޮޅު ބަހައްޓަން ހައްދަވާފައިވާ ފޭލިގެކޮޅުގައި އިސްރާއީލީން އައިސް އެ ފޮށިކޮޅު ބަހައްޓައިފިއެވެ. އެތަނުގައި ދާއޫދުގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އެންދުމުގެ ޤުރުބާނީއާއި ގުޅުން ބަދަހި ކުރާ ޤުރުބާނީ ވެދުން ކުރެއްވިއެވެ.


ނާޘާން ނަބީކަލޭގެފާނު އައިސް މާތްރަސްކަލާނގެ ވަޙީބަސްފުޅު ދާއޫދުގެފާނަށް ދަންނަވައިފިއެވެ.


ދެން އެކަލޭގެފާނު ޢަހުދުނާމާ ފޮށިކޮޅު ފޭލިގޭތެރޭގައި ބަހައްޓަވައި އޭގެ ވަށައިގެން ދެމުމަށް ހެދިފައިވާ ފަރުދާކޮޅު ދެންމެވިއެވެ. މިގޮތުގެ މަތިން އެ ފޮށިކޮޅު މާތްރަސްކަލާނގެ އެންގެވި ގޮތުގެ މަތިން ނިވާކުރެއްވިއެވެ.


މިތަން ފެނުމުން ފަތްފުށްތަކުގައިވާ މި ބަސްފުޅު އަސްޙާބީންނަށް ހަނދާންވިއެވެ. ”⁠މާތްކަލާނކޯ! އިނބަރަސްކަލާނގެ ގެކޮޅާ މެދު އަހަރެން ހިތުގައިވާ ލޯބި ހުޅުފަޅައިގެން އަހަރެންގެ ހިތުގައި ރޯވެފައިވޭ.⁠“


މާތްރަސްކަލާނގެ ރުހިވޮޑިގަތުން ދާއޫދުގެފާނަށް ލިބިވަޑައިގެން ވި. އަދި އެކަލޭގެފާނު މާތްރަސްކަލާނގެ ކިބަފުޅުން އެދިލެއްވީ ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށްޓަކައި ތަނެއް ހެދުމަށް.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ