Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 7:18 - ކިތާބުލް މުޤައްދަސާ

18 ދާއޫދުގެފާނު ވަޑައިގެން މާތްރަސްކަލާނގެ ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމަތީގައި އިށީނދެވަޑައިގެން އިންނަވައި ދުޢާ ކުރެއްވިއެވެ. ”⁠ސާހިބުވަންތަ މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެ މިއަޅާ މިހާހިސާބަށް ގެންނަވާފައި މިވަނީ މިއަޅާގެ އާއިލާގައި ކޮން މޮޅެއް އޮތީމަތޯ؟

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 7:18
15 ပူးပေါင်းရင်းမြစ်များ  

އިނބަރަސްކަލާނގެ އޯގާތެރިކަމާއި ނިމުމެއް ނުވާ ލޯތްބަކީ އަޅާއަށް ޙައްޤު ކަންތައްތަކެއް ނޫންމެ. އަޅާ މިދަތުރަށް ގެއިން ނުކުތް ހިނދު ހިނގަން ގެންގުޅުނު އަސާ ފިޔަވައި އިތުރު އެއްވެސް އެއްޗެއް އަޅާގެ މިލްކުގައި ނުވޭމެ. ނަމަވެސް އަދު އަޅާ އައިސް މިހުރީ މި ބޮޑު ދެ ޖަމާޢަތާއެކުގައި!


މާތްރަސްކަލާކޮ! އަޅާގެ ބޭބެ، ޢީސޫގެ ކިބައިން އަޅާއަށް ސަލާމަތާއި ރައްކާތެރިކަން ދެއްވާނދޭވެ. އެކަލޭގެފާނު އައިސް އަޅާއަށް ޙަމަލާދީ އަޅާއާ އެކުގައި އަޅުގެ އަނބިންނާއި ދަރިން ގަތުލުކޮށްފާނޭ ކަމުގެ މައްޗަށް އަޅާ ބިރުވެތިވަމު.


މާތްކަލާނގެ އަހަރެންގެ އާއިލާ އިޚުތިޔާރު ކުރެއްވިއެވެ. އެކަލާނގެ އަހަރެންނާމެދު ދާއިމީ ޢަހުދެއް ކަށަވަރު ކުރެއްވިއެވެ. އެކަލާނގެ އެކުރެއްވި މުއާހިދާއިން ދެއްވާފައިވާ ޔަޤީންކަން ހުރިހާ ދިމާއަކުން ހެޔޮކަން ބޮޑުވެފައި ރައްކާތެރިއެވެ. އެހެން ކަމުން އަހަންނަށް ކޮންމެ ކަމެއްގައި ފަތަޙަ ލިބޭނެކަން ޔަޤީން ވެފައިވެއެވެ. އަހަރެން އެދި ދަންނަވާ ކޮންމެ ކަމެއް އެކަލާނގެ ކޮށް ދެއްވާފައިވެއެވެ.


ނާޘާން ނަބީކަލޭގެފާނު އައިސް މާތްރަސްކަލާނގެ ވަޙީބަސްފުޅު ދާއޫދުގެފާނަށް ދަންނަވައިފިއެވެ.


ނަމަވެސް މޫސާގެފާނު މާތްކަލާނގެއަށް ދެންނެވިއެވެ. ”⁠މިޞްރު ރަސްގެފާނުގެ އަރިހަށް ދިއުމަށް އަޅުގަނޑު މިއީ ކާކުތޯ އަޅުގަނޑު ގޮސް ބަނީއިސްރާއީލުން މިޞްރުން ނެރެން؟⁠“


މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި މީހުންގެ ތެރެއިން އަހަރެންނީ އެންމެ ނިކަމެތި އިންސާނާއެވެ. ނަމަވެސް މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް އޯގާވެރިވެ ވޮޑިގަންނަވާ އަހަރެން ޚިޔާރު ކުރެއްވީ ބަނީއިސްރާއީލު ދަރިކޮޅުގެ އަހުލުވެރިން ނޫން ދަރިކޮޅުތަކަށް އަލްމަސީޙުގެ ރަޙުމަތްފުޅާއި ބަރަކާތާއި ނިޢުމަތްފުޅަކީ މިން ކުރެވޭނޭ ކަމެއް ނޫންކަމުގެ ހެޔޮޚަބަރުފުޅު ދިނުމަށެވެ.


ރާޢޫތު ބޫޢަޒުގެ ކުރިމައްޗަށް ބިންމަތީ ނިތްޖެހެންދެން ގުދުވެފައި ބުންޏެވެ. ”⁠އަޅުގަނޑަކީ ބީރައްޓެއްސެއް. ސާހިބު އަޅުގަނޑަށް ތިޔަހާ ހެޔޮކޮށް ތިޔަ ހިއްތެވީ ކީއްވެތޯ؟⁠“


ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭގެފާނަކީ އެހާ މުހިންމު މީހެއް ނޫންކަން ދެނެ ހުންނެވީމެއް ނު. ވިޔަކަސް ކަލޭގެފާނަށް ތިޔަވަނީ އިސްރާއީލުގެ ވެރިކަން ދެއްވާފައި. މާތްރަސްކަލާނގެ ވަނީ ކަލޭގެފާނަށް އިސްރާއީލުގެ ރަސްކަން ދެއްވާފައި.


ދާއޫދު ދަންނަވައްޕެވެ. ”⁠އަޅުގަނޑު މީ އެހާ މޮޅު އާއިލާއަކުން އައިސްފައި ހުރި މީހެއް ނޫން. އަދި އެއްވެސް ފެންވަރެއް ވެސް ހުރި މީހެއް ނޫން. އަޅުގަނޑަކީ ރަސްދަރިކަނބަލަކާ ކައިވެނި ކުރަން އެކަށީގެންވާ މީހެއް ނޫން.⁠“


ޝާއުލް ދެންނެވިއެވެ. ”⁠ކަލޭގެފާނު ތިޔަހެން ތިޔަ ވިދާޅުވީ ކީއްވެތޯ؟ އަޅުގަނޑަކީ ބަންޔާމީންގެ ދަރިކޮޅުގެ މީހެއް. އަޅުގަނޑުމެން މިއީ އެންމެ ކުޑަ ޚާންދާނުގެ ބައެއް. އަދި އަޅުގަނޑު ނިސްބަތްވާ ގަބީލާއަކީ އެޚާންދާނުގެ ވެސް އެންމެ ބައިމަދު ގަބީލާ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ