17 ނާޘާން ނަބީކަލޭގެފާނު އައިސް މާތްރަސްކަލާނގެ ވަޙީބަސްފުޅު ދާއޫދުގެފާނަށް ދަންނަވައިފިއެވެ.
ކަލޭގެފާނާއި ކަލޭގެފާނުގެ ދަރިކޮޅު އަބަދުވެސް ތިމަންކަލާނގެ ބަލަހައްޓަވާހުށީމޭ؛ ކަލޭގެފާނުގެ ދަރިކޮޅުން އެކަކު ތަޚުތުގައި އަބަދުވެސް ލަހައްޓަވާ ހުށީމޭ.‘“
ދާއޫދުގެފާނު ވަޑައިގެން މާތްރަސްކަލާނގެ ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމަތީގައި އިށީނދެވަޑައިގެން އިންނަވައި ދުޢާ ކުރެއްވިއެވެ. ”ސާހިބުވަންތަ މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެ މިއަޅާ މިހާހިސާބަށް ގެންނަވާފައި މިވަނީ މިއަޅާގެ އާއިލާގައި ކޮން މޮޅެއް އޮތީމަތޯ؟
އެއްދުވަހަކު ދާއޫދުގެފާނު ނާޘާން ނަބީކަލޭގެފާނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. ”ނިކަން ބަލާބަލަ! އަހަރެން އުޅެމުން މިދަނީ ސަނޫބަރު ލަކުޑީގެ ގަނޑުވަރެއްގާ. އެކަމަކު މާތްކަލާނގެ ފޮށިކޮޅު އެވަނީ ފޭލިގެގަނޑެއްގައި.“
އަދި ކަލޭމެން އެންމެންނަށް ވެސް އެނގޭނެ ފަދައިން، އަހަރެން ދުވަހަކު ވެސް އެންމެންގެ ކުރިމަތީގައި ވިޔަސް އަދި މީސްމީހުންގެ ގޭގައި ނަމަވެސް އީސާގެފާނާއި ބެހޭ ތެދު ޚަބަރުތައް ސީދަލަށް ކިޔާދީ އަންގައިދިނުމަކަށް ދުވަހަކު ވެސް ފަހެއް ނުޖެހެން.
އެއީ މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅާއި މެދު ކަލޭމެންނަށް އަންގަވަން އެދިވޮޑިގެންވީ ހުރިހާ އެއްޗެއް އަހަރެން ކަލޭމެންނަށް އަންގައިދިނީން.