Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 7:16 - ކިތާބުލް މުޤައްދަސާ

16 ކަލޭގެފާނާއި ކަލޭގެފާނުގެ ދަރިކޮޅު އަބަދުވެސް ތިމަންކަލާނގެ ބަލަހައްޓަވާހުށީމޭ؛ ކަލޭގެފާނުގެ ދަރިކޮޅުން އެކަކު ތަޚުތުގައި އަބަދުވެސް ލަހައްޓަވާ ހުށީމޭ.⁠‘⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 7:16
29 ပူးပေါင်းရင်းမြစ်များ  

”⁠ޔަހޫޛާގެ ދަރިފަސްކޮޅުން ރަސްރަސްކަލުން ވަޑައިގަންނަވާނެ. އަބަދުވެސް ތަޚުތުގައި އޭނާގެ ދަރިފަސްކޮޅުގެ މީހަކު ވެޑުވިގެންވާނެ. އެ ރަސްކަމުގެ ޙައްޤުވެރިޔާ އައުމަށް ދާންދެން ޔަހޫޛާ ވެރިކަން ކުރާނެ. އަދި ދުނިޔޭގެ އެންމެހާ ޤައުމުތައް އެރަސްގެފާނަށް ކިޔަމަންތެރިވާނެމެ.⁠“


އެކަލާނގެ ހޮއްވެވި ރަސްގެފާނު ކުރައްވާ ހަނގުރާމައަށް އެކަލާނގެ މަދަދު ދެއްވާނެއެވެ. އެރަސްގެފާނަށް އެކަލާނގެ ދެގޮތެއްނުވާ ލޯބިފުޅު ދައްކަވައެވެ. މި ދާއޫދުއަށާއި ނަސްލަށް އެކަލާނގެ ދެގޮތެއްނުވާ ލޯބިފުޅު އަބަދުވެސް ދެއްވައެވެ.


ތިމަންކަލާނގެ ނަންފުޅުގައި ގެއެއް އަޅާނީ އޭނާއޭ، އަދި ތިމަންކަލާނގެ އޭނާ ރަސްކަމުގެ ތަޚުތު އަބަދުވެސް ގާއިމު ކުރައްވާނަމޭ.


ނާޘާން ނަބީކަލޭގެފާނު އައިސް މާތްރަސްކަލާނގެ ވަޙީބަސްފުޅު ދާއޫދުގެފާނަށް ދަންނަވައިފިއެވެ.


އަހަރެން ތިބާއަށް ބުނަން. އަހަރެން ތިބާއާއި މުޚާތަބު ކުރާނީ ޕަތަރަސްގެ ނަމުން. އަހަރެންގެ ޖަމާޢަތް އަހަރެން ބިނާ ކުރާނީ ތިޔަ ހިލައިގެ މަތީގައި. މަރަކަށް ވެސް އަދި ޝައިތާނާއަކަށް ވެސް އެ ޖަމާޢަތުގެ މައްޗަށް ބާރެއް ނުފޯރުވޭނެ.


އެއްވެފައި ތިބި މީސްތަކުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ބަސްފުޅުތައް ލިޔެވިގެންވީ ފޮތްތަކުގައި އެކަލާނގެ ޚާއްސަކުރައްވައި ފޮނުއްވާ ފަރާތް ކަމުގައިވާ އަލްމަސީޙު އަބަދުގެ އަބަދަށް ދިރިހުންނަވާނެ ކަމުގައި ލިޔެވިގެންވޭ. ވީއިރު ތިޔަ ބުނަނީ ކޮން އިންސާނާގެ ދަރިކަލުންނެއް މަރުވާނެ ވާހަކަތަ؟ ތިޔަ ބުނާ އިންސާނާގެ ދަރިކަލުންނަކީ ކާކުތަ؟⁠“


އެކަމަކު އެދަރިކަލުންނަށް އެކަލާނގެ ވަޙީ ކުރެއްވީ މި ފަދައިންނެވެ. ”⁠ކަލާނގެއަކީ ތިޔައީއެވެ. ކަލޭގެފާނުގެ ރަސްކަން ދާއިމަށް ދެމެހެއްޓިގެން ވާނެއެވެ. ކަލޭގެފާނުގެ މީހުންގެ މައްޗަށް އަދުލުވެރިކަމާއެކު ވެރިކަން ކުރަމުން ގެންދާނެއެވެ.


އެއަށް ފަހު ހަތްވަނަ މަލާއިކަތާ، އެ މަލާއިކަތާގެ އަތުގައި އޮތް ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު ހަރުއަޑުތަކުން ސުވަރުގެއިން މިފަދައިން ވިދާޅުވިއެވެ.: ”⁠ދުނިޔޭގައި ވެރިކަން ހިންގުމުގެ ބާރު މިހާރު ލިބިވަޑައިގެން ވަނީ އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށާއި އަދި އެކަލާނގެ މަސީޙާއަށް. އަދި އެކަލޭގެފާނު އަބަދުގެ އަބަދަށް ވެރިކަން ކުރައްވާނެ!⁠“


ސާހިބުގެ މި ޚާދިމާގެ ފަރާތުން ކުރެވުނު ކުށަށް މަޢާފު ދެއްވާ. މާތްރަސްކަލާނގެ ސާހިބުގެ ރަސްކަން ދާއިމަށް ދަންމަވާށި. އެހެނީ ސާހިބު ތިޔަ ކުރައްވާ ހަނގުރާމައަކީ މާތްރަސްކަލާނގެ އަށްޓަކައި ކުރައްވާ ހަނގުރާމަ ތަކެއް. ސާހިބު ދުނިޔޭގައި ހުރިހާތައް ދުވަހަކު ނުބައި ކަމެއް ކުރައްވަން މެދުވެރި ނުކުރައްވާށި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ