Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 7:15 - ކިތާބުލް މުޤައްދަސާ

15 އެކަމަކު ޝާއުލް ރަސްގެފާނުގެ ކިބައިން ތިމަންކަލާނގެ ރުހިވޮޑިގަތުން އުފުއްލަވައި ދުރަށް ލެއްވި ފަދައަކުން އޭނާއާ މެދު ތިމަންކަލާނގެވާ ލޯތްބެއް ނުއުފުއްލަވާ ހުށީމޭ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 7:15
18 ပူးပေါင်းရင်းမြစ်များ  

އެދުވަހުން އޭނާގެ ބަފައަކަށް ވާ ހުށީ ތިމަން ރަސްކަލާނގެއޭ، އަދި އޭނާ ވާހުށީ ތިމަންކަލާނގެ ދަރިއަކަށޭ. އޭނާ ފާފައެއް ކޮށްފިއްޔާ އެހެން ވެސް މައިންބަފައިން ފަދައިން އޭނާއަށް ތިމަންކަލާނގެ އަދަބު ދެއްވާހުށީމޭ،


ކަލޭގެފާނާއި ކަލޭގެފާނުގެ ދަރިކޮޅު އަބަދުވެސް ތިމަންކަލާނގެ ބަލަހައްޓަވާހުށީމޭ؛ ކަލޭގެފާނުގެ ދަރިކޮޅުން އެކަކު ތަޚުތުގައި އަބަދުވެސް ލަހައްޓަވާ ހުށީމޭ.⁠‘⁠“


މާތްރަސްކަލާނގެއާ ދެކޮޅުވެރި ވެގަތުމަކީ ސިހުރުހާހޫރަ ހެދުން ވަރުގެ ނުބައިކަމެއް. ބޮޑާވެގަތުމަކީ ބުދަށް އަޅުކަން ކުރުން ފަދަ ފާފަބޮޑު ކަމެއް. އެހެނީ ކަލޭގެފާނު މާތްރަސްކަލާނގެ އަމުރުފުޅަކާ ދެކޮޅު ހައްދަވައިފީމު. އެހެންކަމުން ކަލޭގެފާނަކީ ރަސްކަލެއް ކަމުގައި މާތްރަސްކަލާނގެ ބައްލަވާ ވޮޑިއެއް ނުގަންނަވާ.⁠“


ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑު ކަލޭގެފާނާ އެއްކަކު ނުދާނަން. ކަލޭގެފާނު ތިޔަވަނީ މާތްރަސްކަލާނގެ އެންގެވުމާ ޚިލާފުވެފަ. ކަލޭގެފާނަކީ ރަސްކަލެއް ކަމަކަށް މާތްރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވާ.⁠“


ދެން ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭގެފާނުގެ ރަސްކަން މިއަދު މާތްރަސްކަލާނގެ ވީދާ ލައްވައިފި. އިސްރާއީލުގެ ރަސްކަމަށް މިރަށާ އިންވެގެން އޮތް ރަށުން މީހަކު އެކަލާނގެ ހަމަޖައްސަވައިފި. އެއީ ކަލޭގެފާނަށް ވުރެން ރަނގަޅު މީހެއް.


މިހާރު މާތްރަސްކަލާނގެ ރޫޙުފުޅު ވަނީ ޝާއުލްގެފާނުގެ ކިބައިން ގެންދަވާފައެވެ. އޭގެ ބަދަލުގައި އެކަލޭގެފާނުގެ މައްޗަށް ފޮނުއްވާފައިވާ ބަދު ރޫޙެއްގެ ސަބަބުން އެކަލޭގެފާނަށް ދުއްތުރާތަކާ ކުރިމަތިވަމުން ދިޔައެވެ.


ދެން ޞަމޫއީލްގެފާނުގެ ކުރިފުޅުމަތީގައި ވަޖިދުވެ ނަށްޓަވަމުން ގޮސް ހެދުންކޮޅު ބާލުއްވައި ބިންމައްޗަށް ވެއްޓިވަޑައިގެން އެތަނުން އެދުވަހާއި އެރޭ އަމަށުން އޮންނަވައިފިއެވެ. ”⁠ޝާއުލް އަކީ ވެސް ނަބީއެއް ހޭ⁠“ މީހުން ކިޔަނީ މިހެންވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ