2 ޞަމޫއީލް 7:14 - ކިތާބުލް މުޤައްދަސާ14 އެދުވަހުން އޭނާގެ ބަފައަކަށް ވާ ހުށީ ތިމަން ރަސްކަލާނގެއޭ، އަދި އޭނާ ވާހުށީ ތިމަންކަލާނގެ ދަރިއަކަށޭ. އޭނާ ފާފައެއް ކޮށްފިއްޔާ އެހެން ވެސް މައިންބަފައިން ފަދައިން އޭނާއަށް ތިމަންކަލާނގެ އަދަބު ދެއްވާހުށީމޭ، အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީ ކުރެއްވި މިފަދަ ބަސްފުޅުތަކެއް އެއްވެސް މަލާއިކަތަކަށް ވަޙީ ކުރައްވާފައެއް ނުވެއެވެ: ”ކަލޭގެފާނަކީ ތިމަންކަލާނގެ ދަރިކަލުންނެވެ. ކަލޭގެފާނުގެ ބައްޕަ ކަމަށް މިއަދު ތިމަންކަލާނގެ ވެ ވޮޑިގެންފީމެވެ.“ އަދި މާތްރަސްކަލާނގެ އެއްވެސް މަލާއިކަތަކާ ބެހޭގޮތުން، ”އޭނާއަކީ ތިމަންކަލާނގެ ދަރިކަލުންނޭ، ތިމަންކަލާނގެ އަކީ އޭނާގެ ބައްޕައޭ“ މިހެން ވަޙީއެއް ނުކުރައްވައެވެ.