2 ޞަމޫއީލް 7:12 - ކިތާބުލް މުޤައްދަސާ12 ކަލޭގެފާނުގެ ދުވަސްތައް ނިމި ކަލޭގެފާނުގެ ކާބަފައިންގެ ތެރޭގައި އަރާމު ކުރަން ދިއުމުން ކަލޭގެފާނުގެ ދަރިޔަކު ރަސްކަމަށް އިސްކުރައްވައި އެ ރަސްކަން ތިމަންކަލާނގެ ބާރުވެރި ކުރައްވައި ދެއްވާނަމޭ. အခန်းကိုကြည့်ပါ။ |
މި އާޔަތްތަކުގައި މި ވަނީ މާތްރަސްކަލާނގެ ދާއޫދުގެފާނާއި މެދު އެންގެވި ބަސްފުޅުތަކެއް ނޫން. އެއީ ދާއޫދުގެފާނު މި ދުނިޔޭގައި އުޅުއްވާ އެކަލޭގެފާނަށް މާތްރަސްކަލާނގެ އެންގެވި ފަދައިން ކަންތައްތައް ކުރެއްވުމަށް ފަހު އަވަހާރަވި. އަދި އެކަލޭގެފާނުގެ ހަށިކޮޅު ވަޅުލެވުނު. އަދި އެ ހަށިކޮޅު ކުނިވެ ނެތިގެން ދިޔަ.
ދާއޫދުގެފާނަކީ ރަސޫލުބޭކަލެއް ކަމުން މާތްރަސްކަލާނގެ އެކަލޭގެފާނަށް ކުރެއްވި މުހިންމު ވަޢުދުފުޅު އެކަލޭގެފާނު ދެނެވަޑައިގެންވި. މާތްރަސްކަލާނގެ ދާއޫދުގެފާނަށް ވަޙީކުރެއްވީ ދާއޫދުގެފާނުގެ ދަރިކޮޅުން އަންނަ މީހަކު ހަމަ ދާއޫދުގެފާނު މީސްތަކުންގެ މައްޗަށް ރަސްކަން ކުރެއްވި ފަދައިން އަލްމަސީޙުގެ ގޮތުގައި މީސްތަކުންގެ މައްޗަށް ވެރިކަން ކުރައްވާނެ ކަމުގަ.