Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 7:11 - ކިތާބުލް މުޤައްދަސާ

11 އިސްރާއީލީންގެ މައްޗަށް ފަނޑިޔާރުން ލެއްވީއްސުރެން އެމީހުންނަށް އަދާވާތްތެރިން ދޭ ހަމަލަތަކުން ތިމަންކަލާނގެ އެމީހުން ރައްކާތެރި ކޮށްދެއްވީމޭ. އަދި މީގެކުރީގައި ނުލަފާ މީހުންގެ ކިބައިން އެމީހުންނަށް އައި ފަދަ ހަމަލަތައް އައުން ތިމަންކަލާނގެ ހުއްޓުވާނަމޭ. މިހާރު ތިމަންކަލާނގެ މި ވަޢުދުވެ ވޮޑިގަންނަވަނީ ކަލޭގެފާނުގެ ދަރިކޮޅުން ރަސްކަލުން ފޮނުއްވައި އެ ރަސްކަން ދެމެހެއްޓުމަށޭ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 7:11
20 ပူးပေါင်းရင်းမြစ်များ  

ދާއޫދު ރަސްގެފާނު، އާ ގަނޑުވަރަށް ވަޑައިގެން އުޅުއްވަން ފައްޓަވައިފިއެވެ. އެކަލޭގެފާނުގެ ރަސްކަމަށް އަދާވާތްތެރިންގެ ކިބައިން އަމާންކަން މާތްރަސްކަލާނގެ ލެއްވިއެވެ.


އިނބަރަސްކަލާނގެ މިއަޅާއަށް ތިޔަ ދެއްވާ ޤަދަރު މި ހިސާބުން ވެސް ނިންމަވާ ނުލައްވައި މިއަޅާގެ ދަރިކޮޅުގެ މީހުންނަށް ވެސް އިނބަރަސްކަލާނގެ މިރަސްމަތިފުޅު ތިޔަދެއްވަނީ. ސާހިބުވަންތަ މާތްރަސްކަލާނކޯ! މިއީ އިނބަރަސްކަލާނގެ ހުރިހާ އިންސާނުންނާމެދު ވެސް ކަންތައް ކުރައްވާ ގޮތްތޯ؟


އޭ މާތްރަސްކަލާނކޯ! އިސްރާއީލުގެ ވެރި ކުޅަދުންވަންތަ ރަސްކަލާނކޮ! މިއަޅާއަށް އިނބަރަސްކަލާނގެ މިހެން އަންގަވައިފި: ’⁠ކަލެއަށް ތިމަންކަލާނގެ ރަސްމަތިފުށެއް ދެއްވާނަމޭ.⁠‘ އެހެންކަމުން މިއަޅާއަށް މި ދުޢާ އިނބަރަސްކަލާނގެއަށް ދެންނެވުމުގެ ހިތްވަރު ލިބިއްޖެ.


މި ފޫޅުމައިން މާތްކަލާނގެ ކިބަފުޅަށް ބިރުވެތިވީތީ އެކަލާނގެ އެމީހުންނަށް އަމިއްލަ ދަރިންނާއި އާއިލާ ދެއްވިއެވެ.


ބުއްދިވެރި އަންހެނާ އޭނާގެ ގެ އާބާދު ކުރެއެވެ. މޮޔަ އަންހެނާ ގެ ބަރުބާދު ކުރެއެވެ.


މި މީހުންގެ އީމާންތެރިކަމުގެ ސަބަބުން އެތައް ރަސްކަމެއް ވައްޓާލައި ފަތަޙަ ހޯދާފައިވެއެވެ. އަދި އެ ރަށްރަށުގައި އަދުލު އިންސާފު ގާއިމު ކުރިއެވެ. އަދި މާތްރަސްކަލާނގެ ވަޢުދު ކުރެއްވި ކަންތައްތައް ވެސް އެމީހުން ލިބިގަތެވެ. އެމީހުން ވަނީ ސިންގާތަކުގެ އަނގަތައް ލައްޕުވައިފިއެވެ.


އަދި ތިމަންކަލާނގެ ހިތްއެދޭ ގޮތަށް ޚިދުމަތް ކުރާނެ ތެދުވެރި އިމާމަކު ހަމަޖައްސާނަން. އަދި އޭނާގެ އާއިލާ ދަމަހައްޓާނަން. އޭނާ ވާހުށީ ތިމަންކަލާނގެއަށް ޚިދުމަތް ކުރުމުގައި ދެމި ތިބޭނެ ބައެއް ކަމުގައި. އަދި ތިމަން ކަލާނގެ މަތި ކުރާ ވެރިއެއްގެ ޚާދިމުން ކަމަށް.


ސާހިބުގެ މި ޚާދިމާގެ ފަރާތުން ކުރެވުނު ކުށަށް މަޢާފު ދެއްވާ. މާތްރަސްކަލާނގެ ސާހިބުގެ ރަސްކަން ދާއިމަށް ދަންމަވާށި. އެހެނީ ސާހިބު ތިޔަ ކުރައްވާ ހަނގުރާމައަކީ މާތްރަސްކަލާނގެ އަށްޓަކައި ކުރައްވާ ހަނގުރާމަ ތަކެއް. ސާހިބު ދުނިޔޭގައި ހުރިހާތައް ދުވަހަކު ނުބައި ކަމެއް ކުރައްވަން މެދުވެރި ނުކުރައްވާށި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ