10 އަދި ތިމަން ރަސްކަލާނގެ މީހުންނަށް ގޮވައްޗެއް ދެއްވާނަމޭ. އަދި އަދާވާތްތެރިންގެ ފަރާތުން ތިމަންކަލާނގެ މީހުންނަށް އުނދަގުލެއް ނުވާނެ ފަދަ ތަނެއްގައި އެމީހުން ލަހައްޓަވާނަމޭ.
ދެން ފިރުޢައުނު އޭނާގެ އެންމެންނަށް އެންގެވިއެވެ. ”އުފަންވާ ކޮންމެ ޢިބްރާނީ ފިރިހެން ދަރިއެއް ނީލަކޯރަށް އެއްލާލާ. އެކަމަކު އެއްވެސް އަންހެން ދަރިޔަކު ނުމަރާތި.“
އިނބަރަސްކަލާނގެ އެމީހުން މުޤައްދަސް ފަރުބަދަމައްޗަށް ގެންނަވައި އެތާގައި ގަސްތަކެއް ފަދައިން އިންދަވާނެ. އޭ މާތްރަސްކަލާނކޯ! އެތަނަކީ އިނބަރަސްކަލާނގެ ގެކޮޅުގެ ގޮތުގައި ޚާއްސަ ކުރައްވައި ބާއްވާފައިވާ މަޤާމުފުޅު. އެއީ އިނބަރަސްކަލާނގެ އަތްޕުޅުން މާތްކުރެއްވި މަޤާމުފުޅެއް.
އެބައިމީހުންގެ ލޮލުން ފައިބާނެ އެންމެހާ ކަރުނަތައް އެކަލާނގެ ފޮހެދެއްވާނެ. ކުރިމަގުގައި މަރުވުމެއް، ހިތާމައެއް، ރުއިމެއް އަދި ވޭންދެނިވި އެއްވެސް ކަމެއް ނުވާނެ. ކުރީގެ ހުރިހާ ކަމެއް ވަނީ ނެތިގޮސްފައި.“
ދެން ފިލިސްޠީނުންގެ ލަޝްކަރުގެ ތެރޭގައި ހިމެނޭ ގަދަފަދަ ފަހުލަވާނުންގެ ތިން ފިރުޤާއެއް އެކުލަވައި މީގެ އެއް ފިރުޤާ ޝުއާލްގެ ޢަފްރާއާ ވީ މަގުން ދީމާކޮށްފިއެވެ.