2 ޞަމޫއީލް 7:1 - ކިތާބުލް މުޤައްދަސާ1 ދާއޫދު ރަސްގެފާނު، އާ ގަނޑުވަރަށް ވަޑައިގެން އުޅުއްވަން ފައްޓަވައިފިއެވެ. އެކަލޭގެފާނުގެ ރަސްކަމަށް އަދާވާތްތެރިންގެ ކިބައިން އަމާންކަން މާތްރަސްކަލާނގެ ލެއްވިއެވެ. အခန်းကိုကြည့်ပါ။ |
އިސްރާއީލީންގެ މައްޗަށް ފަނޑިޔާރުން ލެއްވީއްސުރެން އެމީހުންނަށް އަދާވާތްތެރިން ދޭ ހަމަލަތަކުން ތިމަންކަލާނގެ އެމީހުން ރައްކާތެރި ކޮށްދެއްވީމޭ. އަދި މީގެކުރީގައި ނުލަފާ މީހުންގެ ކިބައިން އެމީހުންނަށް އައި ފަދަ ހަމަލަތައް އައުން ތިމަންކަލާނގެ ހުއްޓުވާނަމޭ. މިހާރު ތިމަންކަލާނގެ މި ވަޢުދުވެ ވޮޑިގަންނަވަނީ ކަލޭގެފާނުގެ ދަރިކޮޅުން ރަސްކަލުން ފޮނުއްވައި އެ ރަސްކަން ދެމެހެއްޓުމަށޭ.