Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 6:22 - ކިތާބުލް މުޤައްދަސާ

22 އެހެނަސް އެއަށް ވުރެން ބޮޑަށް އަހަރެންގެ އަމިއްލަ ނަފްސުގެ ކުރިމަތީގައި އަހަރެން މާބޮޑަށް ލަދު ގަނެފާނަމޭ. އޭރުން މާބޮޑަށް އަހަރެންގެ އަގު ވެއްޓޭނެ. ކަލޭ އަހަރެންނަށް ޤަދަރު ނުކުރަންޏާ ނުކުރޭ! އެކަމަކު ކަލޭ އަޅު އަންހެނުންނޭ ތި ކިޔާ މީހުން އަހަންނަށް މާ ޤަދަރު ކުރާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 6:22
16 ပူးပေါင်းရင်းမြစ်များ  

އިނބަރަސްކަލާނގެ އޯގާތެރިކަމާއި ނިމުމެއް ނުވާ ލޯތްބަކީ އަޅާއަށް ޙައްޤު ކަންތައްތަކެއް ނޫންމެ. އަޅާ މިދަތުރަށް ގެއިން ނުކުތް ހިނދު ހިނގަން ގެންގުޅުނު އަސާ ފިޔަވައި އިތުރު އެއްވެސް އެއްޗެއް އަޅާގެ މިލްކުގައި ނުވޭމެ. ނަމަވެސް އަދު އަޅާ އައިސް މިހުރީ މި ބޮޑު ދެ ޖަމާޢަތާއެކުގައި!


ދާއޫދުގެފާނު މީކާލްއަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ މީހުން ކަމަށްވާ އިސްރާއީލީންގެ ވެރިކަމަށް ގެންނެވި މީހަކީ އަހަރެން. ކަލޭގެ އާއިލާގެ މީހަކަށް ނޫން ވެރިކަން ދެއްވީއަކީ. އެހެންވީ އިރު އެކަލާނގެ ކުރިފުޅުމަތީ އަހަރެން ނަށައި އެކަލާނގެއަށް މަރުހަބާ އަދާ ކޮށް އުފާ ފާޅު ކުރުމަކީ މަސްއަލައެއްތަ؟


ޝާއުލްގެފާނުގެ ދަރިކަނބަލުން މީކާލް އަވަހާރަވެ ދިޔައީ ދަރިއަކު ނުލިބިއެވެ.


އޭރުން ސުރެން ޕަތަރަސް އުއްތަމަ އިމާމުގެ ގޯތިތެރޭގައި އިށީނދެގެން އިނެވެ. އެ ހިނދު އުއްތަމަ އިމާމުގެ ނޯކަރު އަންހެނަކު އައެވެ.


މިއީ ތެދު ބުނުމެކެވެ. އަދި ކޮންމެ މީހަކަށް ވެސް ގަބޫލުކުރެވޭނެ ފަދަ ތެދު ޙަޤީޤަތެވެ. އީސާ އަލްމަސީޙު ދުނިޔެއަށް ވަޑައިގެންނެވީ ފާފަވެރިން ސަލާމަތް ކުރެއްވުމަށްޓަކައެވެ. އަދި އެފަދަ ފާފަވެރިންގެ ތެރެއިން އަހަރެންނަކީ އެންމެ ނުބައި ފާފަވެރިޔާއެވެ.


އަހަރެމެންގެ އީމާންތެރިކަމުގެ ފެށުމާއި ނިމުން ކަމަށްވާ އީސާގެފާނަށް އަހަރެމެންގެ ނަޒަރު ހުއްޓަމާ ހިނގާށެވެ. ސަލީބަށް އަރުވާފާނެތީ އެކަލޭގެފާނު ފަހަތަށް ޖެހިވަޑައެއް ނުގެންނެވިއެވެ. އެއާޚިލާފަށް އެކަލޭގެފާނު އެ ވޭން ތަހަންމަލު ކުރެއްވީ ކުރިއަށް އޮތް މަތިވެރި އުފާވެރިކަމަށްޓަކައެވެ. އެކަމުން ލިބިވަޑައިގަންނަވާނެ ލަދުވެތިކަމަކަށް ބެއްލެވުމެއް ނެތިއެވެ. މިހާރު އެކަލޭގެފާނު އެ އިންނެވީ މާތްރަސްކަލާނގެ އަރިހުގައި އަރުޝީގެ ކަނާތްޕުޅު ފަރާތުގައެވެ.


އަލްމަސީޙުގެ ސަބަބުން މީސްތަކުން ތިޔަބައިމީހުން ބަދުނާމު ކުރަމުން ދާނަމަ އެއީ ތިޔަބައިމީހުންނަށް ލިބިދެނިވި ނިޢުމަތެކެވެ. ސަބަބަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ނޫރު ތިޔަބައިމީހުންނާއި އެކުގައި ވޮޑިގެންވާތީއެވެ.


އެހެންވީމާ، މާތްރަސްކަލާނގެ ކުޅަދުންވަންތަ ކަމުގެ ދަށުގައި ތިޔަބައިމީހުން ހިތްތިރިވާށެވެ. އޭރުން އެންމެ އެދެވޭ ވަގުތު އައުމުން އެކަލާނގެ ތިޔަބައިމީހުން އުފުއްލަވަތެވެ.


ތިމަންރަސްކަލާނގެ، އިސްރާއީލުގެ ވެރި މާތްކަލާނގެ އަންގަވާފައި ވާނީ ކަލެއާއި ކަލޭގެ އާއިލާ ތިމަންކަލާނގެއަށް ޚިދުމަތްކުރުމަށް އިމާމުންގެ ގޮތުގައި އަބަދުވެސް ވާނެކަމަށް. އެހެނެއްކަމަކު މިހާރު ކަންތައް މިދަނީ މާ މައްޗަށް. ތިމަންކަލާނގެ މިހާރު މި އަންގަވަނީ ތިމަންކަލާނގެ ޤަދަރު ކުރައްވާނީ ތިމަންކަލާނގެއަށް ޤަދަރު ކުރާ ބަޔަކަށޭ. ތިމަންކަލާނގެއަށް ނިކަމެތިކޮށް ހިތާމީހުން ވާނީ ނިކަމެތި ކުރެވިގެންވާ މީހުންގެ ތެރޭގައޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ