Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 6:21 - ކިތާބުލް މުޤައްދަސާ

21 ދާއޫދުގެފާނު މީކާލްއަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ މީހުން ކަމަށްވާ އިސްރާއީލީންގެ ވެރިކަމަށް ގެންނެވި މީހަކީ އަހަރެން. ކަލޭގެ އާއިލާގެ މީހަކަށް ނޫން ވެރިކަން ދެއްވީއަކީ. އެހެންވީ އިރު އެކަލާނގެ ކުރިފުޅުމަތީ އަހަރެން ނަށައި އެކަލާނގެއަށް މަރުހަބާ އަދާ ކޮށް އުފާ ފާޅު ކުރުމަކީ މަސްއަލައެއްތަ؟

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 6:21
15 ပူးပေါင်းရင်းမြစ်များ  

ކަލޭގެފާނަކީ ޝާއުލްގެފާނުގެ ދުނިޔޭގައި ކުރި ހުރިހާ ހަނގުރާމައެއްގައި ވެސް އިސްވެ ހުންނަވައި އަދާވާތްތެރިންގެ މައްޗަށް ކާމިޔާބު ހޯއްދެވި ކަލޭގެފާނު. މާތްރަސްކަލާނގެ ވަނީ އެކަލާނގެ މީހުންގެ މައްޗަށް މަގު ދައްކަވާނެ ބޭކަލެއް ކަމުގައި ކަލޭގެފާނު ލައްވައި، އެމީހުންގެ ރަސްކަލަކަށް ކަލޭގެފާނު ހައްދަވާނެ ކަން އަންގަވާފައި.⁠“


ދާއޫދުގެފާނު މާތްރަސްކަލާނގެ ކުރިފުޅުމަތީގައި ނެއްޓެވުނު އެންމެ ގަދަޔަކަށް ނައްޓަވަމުން ގެންދެވިއެވެ. އެކަލޭގެފާނު ހުންނެވީ ލިނެން ފޮތި އަފޫދުހެދުންކޮޅެއް ތުރުކުރައްވައިގެންނެވެ.


މިއިރު ޝާއުލްގެފާނުގެ ދަރިކަނބަލުން މީކާލް ގޭގެ ކުޑަދޮރަކުން ބައްލަވަން އިންނެވިއެވެ. މާތްރަސްކަލާނގެ ފޮށިކޮޅު ދާއޫދުގެ ސަހަރަށް އެރުވި އިރު ދާއޫދު ރަސްގެފާނު އެ ފޮށިކޮޅު ކުރިމަތީގައި ފުމެއަރުއްވަމުން ނައްޓަވަމުން ގެންދަވާތަން ފެނިގެން އޭނާ ދާއޫދުގެފާނު ދެކެ ވަރަށްފޫހި ވެއްޖެއެވެ.


އެހެނަސް އެއަށް ވުރެން ބޮޑަށް އަހަރެންގެ އަމިއްލަ ނަފްސުގެ ކުރިމަތީގައި އަހަރެން މާބޮޑަށް ލަދު ގަނެފާނަމޭ. އޭރުން މާބޮޑަށް އަހަރެންގެ އަގު ވެއްޓޭނެ. ކަލޭ އަހަރެންނަށް ޤަދަރު ނުކުރަންޏާ ނުކުރޭ! އެކަމަކު ކަލޭ އަޅު އަންހެނުންނޭ ތި ކިޔާ މީހުން އަހަންނަށް މާ ޤަދަރު ކުރާނެ.⁠“


ދާއޫދުގެފާނާއި އިސްރާއީލުގެ މީހުން ފޮށިކޮޅުގެ ކުރިމަތީގައި ނަށަމުން އައެވެ. އަދި އެމީހުން މިއުޒިކްގެ އާލާތްތައް ވެސް ކުޅެމުން ދެއެވެ. އޭގެ ތެރޭގައި، އޫދު، ތާރަ، ގިގުނި، ކުޑައޫދު ސިމްބަލް ހިމެނެއެވެ.


”⁠ތިމަންކަލާނގެ ޚާދިމު ދާއޫދުގާތު ބުނޭ ’⁠މިއީ ކުޅަދުންވަންތަ ކަލާނގެ ކުޅަދުންވަންތަ މާތްރަސްކަލާނގެ ބަސްފުޅޭ: ތިމަންކަލާނގެ ކަލޭ ހޮއްވެވީ ދަނޑުމަތީގައި ކަންބަޅި ބަލަހައްޓަން އުޅެނިކޮށޭ. އަދި ތިމަންކަލާނގެ ވަނީ ކަލޭގެފާނަށް އިސްރާއީލު މީހުންގެ ވެރިކަން ދެއްވާފައޭ.


މާތްރަސްކަލާނގެ ޝާއުލް ރަސްކަމުން ބާލުއްވާ ދެން ބަނީއިސްރާއީލުގެ ރަސްކަން ދެއްވީ ދާއޫދުގެފާނަށް. ދާއޫދުގެފާނާއި މެދު މާތްރަސްކަލާނގެ މި ފަދައިން ވަޙީކުރެއްވި. ’⁠ޔައްސާގެ ދަރި ދާއޫދުއަކީ ތިމަންކަލާނގެ އެމީހަކާއި މެދު ހިތްހަމަޖެހިވޮޑިގެންވާ މީހެކޭ. އަދި މިއީ ތިމަންކަލާނގެ ކުރުމަށް އަންގަވާ ހުރިހާ ކަމެއް އެ އެންގެވި ގޮތަށް ކުރާނެ ވެސް މީހެކޭ.⁠‘


އެކަމަކު ދެން ކަލޭގެފާނުގެ ރަސްކަމެއް ދެމިއެއް ނޯންނާނެ. އެހެނީ ކަލޭގެފާނު ވަނީ މާތްރަސްކަލާނގެ އަމުރުފުޅާ ޚިލާފުވެފައި. މިހާރު މާތްރަސްކަލާނގެ ވަނީ އެކަލާނގެ ރުހިވޮޑިގަންނަވާ މީހަކު ހޯއްދަވައި އިސްރާއީލުގެ ވެރިއެއްގެ ގޮތުގައި ހަމަޖައްސަވާފައި.⁠“


ދެން ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭގެފާނުގެ ރަސްކަން މިއަދު މާތްރަސްކަލާނގެ ވީދާ ލައްވައިފި. އިސްރާއީލުގެ ރަސްކަމަށް މިރަށާ އިންވެގެން އޮތް ރަށުން މީހަކު އެކަލާނގެ ހަމަޖައްސަވައިފި. އެއީ ކަލޭގެފާނަށް ވުރެން ރަނގަޅު މީހެއް.


މާތްރަސްކަލާނގެ ޞަމޫއީލްގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠ކަލޭގެފާނު ޝާއުލްގެފާނާ މެދު ހިތާމަ ކުރައްވަން ހުންނަވާނީ ކިހާ ދުވަހަކު؟ ތިމަންކަލާނގެ މިވަނީ އިސްރާއީލުގެ ރަސްކަމުން ޝާއުލްގެފާނު ބޭރު ކުރައްވާފައި. ފުޅިއަކަށް ޒައިތޫނި ތެޔޮ އަޅައިގެން ބައިތުލަޙަމުގެ ޔައްސާގެ ގާތަށް ދޭ. އޭނާގެ ދަރިޔަކަށް އިސްރާއީލުގެ ވެރިކަން ދެއްވުމަށް ތިމަންކަލާނގެ ހަމަޖައްސަވައިފިން.⁠“


ދެން އޭނާ ގެނުވައިފިއެވެ. އެއީ ލޮލުގެ ވިދުވަރު ގަދަ ކުލަ އަލި ސަމައްތަރު ހެޔޮ ސިފަ ރީތި ކުއްޖެކެވެ. މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠ތިއީ އެމީހަކީ. ގޮސް އޭނާ އިސްކުރޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ