Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 6:20 - ކިތާބުލް މުޤައްދަސާ

20 އެއަށް ފަހު ދާއޫދުގެފާނުގެ އާއިލާއަށް ހެޔޮ ދުޢާ ދެންނެވުމަށް ގެއަށް ވަޑައިގެންފިއެވެ. އެވަގުތު އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ޝާއުލްގެފާނުގެ ދަރިކަނބަލުން މީކާލް ނުކުމެއްޖެއެވެ. މީކާލް ފޫހިކަމާއެކު ދެންނެވިއެވެ. ”⁠އިސްރާއީލީންގެ ރަސްގެފާނު މިއަދު ހާދަ ހުތުރު ވައްތަރުތަކެއް ޖައްސައިފިޔޭ. ކަލޭގެ އަރިސް މީހުންގެ އަޅު އަންހެނުންތަކުގެ ކުރިމަތީގައި އޮރިޔާންވެ އެއުޅުނީ އެންމެ ވިޔާ ނުދާ ލަދުކުޑަ ސޮހޮލެއްހެން؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 6:20
23 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ އޭނާ މިއައްޔަންކުރީ އޭނާގެ ދަރިންނަށާ މުޅި ދަރިކޮޅަށް ތިމަންކަލާނގެ އެންގެވި މަގުން ސާލިޙު، އިންސާފުވެރިގޮތުގައި ކަންތައްކުރުމަށް ދަސްކޮށްދީ ތިމަންކަލާނގެއަށް ކިޔަމަންތެރި ވުމަށް ދަސްކޮށް ދިނުމަށް. އޭރުން ތިމަންކަލާނގެ އޭނާއަށް ވަޢުދުވީ ފަދައިން ހުރިހާ ކަމެއް ކުރައްވާ ހުށީން.⁠“


ދާއޫދުގެފާނު މާތްރަސްކަލާނގެ ކުރިފުޅުމަތީގައި ނެއްޓެވުނު އެންމެ ގަދަޔަކަށް ނައްޓަވަމުން ގެންދެވިއެވެ. އެކަލޭގެފާނު ހުންނެވީ ލިނެން ފޮތި އަފޫދުހެދުންކޮޅެއް ތުރުކުރައްވައިގެންނެވެ.


މިއިރު ޝާއުލްގެފާނުގެ ދަރިކަނބަލުން މީކާލް ގޭގެ ކުޑަދޮރަކުން ބައްލަވަން އިންނެވިއެވެ. މާތްރަސްކަލާނގެ ފޮށިކޮޅު ދާއޫދުގެ ސަހަރަށް އެރުވި އިރު ދާއޫދު ރަސްގެފާނު އެ ފޮށިކޮޅު ކުރިމަތީގައި ފުމެއަރުއްވަމުން ނައްޓަވަމުން ގެންދަވާތަން ފެނިގެން އޭނާ ދާއޫދުގެފާނު ދެކެ ވަރަށްފޫހި ވެއްޖެއެވެ.


ދާއޫދުގެފާނު ޤުރުބާނީގެ ކަންތައް ނިންމަވާލައްވައިފައި ކުޅަދުންވަންތަ މާތްރަސްކަލާނގެ ނަންފުޅުގައި މީސްތަކުންނަށް ބަރަކާތް ލައްވަމުން ވަޑައިގެންނެވިއެވެ.


ދާއޫދުގެފާނު އެތަނަށް އައިސްތިބި އިސްރާއީލުގެ ކޮންމެ މީހަކަށް ބޯ ރޮއްޓަކާއި މޭބިސްކަދުރު ކޭކަކާއި ކަދުރު ކޭކެއް ދެއްވުމުން އެއެންމެން ގެއަށް ހިނގައްޖެއެވެ.


އޭރުން ސުރެން ޕަތަރަސް އުއްތަމަ އިމާމުގެ ގޯތިތެރޭގައި އިށީނދެގެން އިނެވެ. އެ ހިނދު އުއްތަމަ އިމާމުގެ ނޯކަރު އަންހެނަކު އައެވެ.


އަދި މީސްތަކުން އެކަލޭގެފާނާއި ދިމާލަށް ”⁠އޭނާ ވަނީ ބުއްދި ފިލައިގެންގޮސްފަ!⁠“ ކަމުގައި ބުނަމުން ގެންދާ ޚަބަރު އެކަލޭގެފާނުގެ އާއިލާއަށް ލިބުމުގެ ސަބަބުން އެމީހުންގެ ބެލުމުގެދަށަށް އެކަލޭގެފާނު ގެންދިއުމަށް މަސައްކަތް ކުރެއްވިއެވެ.


އަސްޙާބީއެއް ކަމުގައިވާ ޝަމްއޫނު ޕަތަރަސްގެ ފައި ދޮވެދެއްވުމަށް އީސާގެފާނު އުޅުއްވި ހިނދު އޭނާ ދެންނެވިއެވެ. ”⁠މާތް ސާހިބާ، ކަލޭގެފާނު އަޅުގަނޑުގެ ފައި ދޮވެ ދެއްވަންވީ ކީއްވެތޯ؟⁠“


ޝާއުލްގެފާނުގެ ފިރިހެން ދަރިންނަކީ ޔޫނަތައިންއާއި ޔަޝްވީއާއި މަލްކިޝޫޢު އެވެ. އެކަލޭގެފާނުގެ ދޮށީ އަންހެން ދަރިފުޅުގެ ނަމަކީ މައިރަބު އެވެ. ހަގު އަންހެން ދަރިފުޅަކީ މީކާލްއެވެ.


އޭރު ޝާއުލްގެފާނުގެ އަނެއް ދަރިކަނބަލުން މީކާލް ވަނީ ދާއޫދުއާ ހިތާވެފައެވެ. ޝާއުލްގެފާނަށް މި ޚަބަރު ލިބިވަޑައިގަތުމުން އެކަމާ ވަރަށް އުފާފުޅު ވެއްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ