2 ޞަމޫއީލް 6:2 - ކިތާބުލް މުޤައްދަސާ2 ދެން އެމީހުން ގޮވައިގެން ޔަހޫޛާގެ ބައަލާއަށް ވަޑައިގެންފިއެވެ. އެމީހުން މި ދިޔައީ ކުޅަދުންވަންތަ މާތްރަސްކަލާނގެ ނަންފުޅަށް ނިސްބަތްވާ ޢަހުދުނާމާ ފޮށިކޮޅު ބަލައެވެ. އެ ފޮށިކޮޅަކީ އޭގެ މަތިގަނޑުގައި ތިއްބަވާ ކުޑަތާމަލާއިކަތުންގެ ފިޔަފުޅު ދަށުގައި ކުޅަދުންވަންތަ މަތިވެރި ރަސްކަލާނގެ ތަޚުތުފުޅު ވާކަމަށް ބުނެވޭ ފޮށިކޮޅެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް އެބޭކަލުންނަށް އަންގަވައިދެއްވި ގޮތުގައި މި ޙާދިސާތައް ހިނގައިދާނީ އެބޭކަލުންގެ ޙަޔާތުގެ ދުވަސްތަކުގައެއްނޫނެވެ. އޭގެ އެތައް ޒަމާނެއްގެ ފަހުންނެވެ. އެއީ ތިޔަބައިމީހުންގެ ޙަޔާތުގައެވެ. އަދި މިއަދު ހެޔޮޚަބަރުފުޅު އިޢުލާނު ކުރެވި، ސުވަރުގެއިން ލިބިގެންވާ މާތްރޫޙުފުޅު ލިބިގެންވާ ބަޔަކު ތިޔަބައިމީހުންނަށް އެބަސްފުޅުން ވަޢުޡު އިއްވައިދެއެވެ. މަލާއިކަތުން ވެސް ޝައުގުވެރިކަމާއެކު މި ކަންތައްތައް ދެކެން ބޭނުންވެފައި ވެއެވެ.
ދެން އެމީހުން ކުޅަދުންވަންތަ މާތްރަސްކަލާނގެ ޢަހުދު ކުރެއްވި ޢަހުދުނާމާ ފޮށިކޮޅު ބަލާ ޝީލޫހު އަށް މީހުން ފޮނުވައިފިއެވެ. އެ ފޮށިކޮޅަކީ އޭގެ މަތީގައި ރަނުން ދެ މަލާއިކަތުންގެ ސޫރައިގައި ކަރޫބީމު ހަދާފައި އެ ދެމެދުގައި މާތްރަސްކަލާނގެ ފާޅުވެ ވޮޑިގެންނެވި ތަން ހަދާފައިވާ ފޮށިކޮޅެކެވެ. ފޮށިކޮޅާއެކު ޢާލީގެ ދެ ދަރިން ކަމަށްވާ ޚުފްނީއާއި ފީނަޙާސް ވެސް އައެވެ.