2 ޞަމޫއީލް 6:16 - ކިތާބުލް މުޤައްދަސާ16 މިއިރު ޝާއުލްގެފާނުގެ ދަރިކަނބަލުން މީކާލް ގޭގެ ކުޑަދޮރަކުން ބައްލަވަން އިންނެވިއެވެ. މާތްރަސްކަލާނގެ ފޮށިކޮޅު ދާއޫދުގެ ސަހަރަށް އެރުވި އިރު ދާއޫދު ރަސްގެފާނު އެ ފޮށިކޮޅު ކުރިމަތީގައި ފުމެއަރުއްވަމުން ނައްޓަވަމުން ގެންދަވާތަން ފެނިގެން އޭނާ ދާއޫދުގެފާނު ދެކެ ވަރަށްފޫހި ވެއްޖެއެވެ. အခန်းကိုကြည့်ပါ။ |
އެއަށް ފަހު ދާއޫދުގެފާނުގެ އާއިލާއަށް ހެޔޮ ދުޢާ ދެންނެވުމަށް ގެއަށް ވަޑައިގެންފިއެވެ. އެވަގުތު އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ޝާއުލްގެފާނުގެ ދަރިކަނބަލުން މީކާލް ނުކުމެއްޖެއެވެ. މީކާލް ފޫހިކަމާއެކު ދެންނެވިއެވެ. ”އިސްރާއީލީންގެ ރަސްގެފާނު މިއަދު ހާދަ ހުތުރު ވައްތަރުތަކެއް ޖައްސައިފިޔޭ. ކަލޭގެ އަރިސް މީހުންގެ އަޅު އަންހެނުންތަކުގެ ކުރިމަތީގައި އޮރިޔާންވެ އެއުޅުނީ އެންމެ ވިޔާ ނުދާ ލަދުކުޑަ ސޮހޮލެއްހެން؟“
ޝާއުލްގެފާނު ދާއޫދަށް ވިދާޅުވިއެވެ. ”މިހިރީ އަހަރެންގެ ދޮށީ ދަރިފުޅު މައިރަބު. ކަލޭ ކައިވެނި ކުރުމަށް އޭނާ ދޭން މިއުޅެނީ. އަހަރެން ކަލޭގެ ކިބައިން ބޭނުން ވާހާ ވެސް ކަމަކީ މާތްކަލާގެއަށް ޓަކައި ކުރަންޖެހޭ ހަނގުރާމަތައް ހިތްވަރާއެކު ކަލޭ ކޮށްދިނުން.“ މިއީ ޝާއުލްގެފާނުގެ ރޭއްވެވުމެކެވެ. އެކަލޭގެފާނު ހިތްޕުޅުގައި އޮތީ މިހެންނެވެ. ”އަހަރެންގެ އަތުން މީނާ މަރައެއް ނުލާނަން. އެކަންތައް ކުރުވާނީ ފިލިސްޠީނުން ލައްވާ.“