Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 6:14 - ކިތާބުލް މުޤައްދަސާ

14 ދާއޫދުގެފާނު މާތްރަސްކަލާނގެ ކުރިފުޅުމަތީގައި ނެއްޓެވުނު އެންމެ ގަދަޔަކަށް ނައްޓަވަމުން ގެންދެވިއެވެ. އެކަލޭގެފާނު ހުންނެވީ ލިނެން ފޮތި އަފޫދުހެދުންކޮޅެއް ތުރުކުރައްވައިގެންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 6:14
20 ပူးပေါင်းရင်းမြစ်များ  

ދާއޫދުގެފާނާއި އިސްރާއީލުގެ އެންމެން އުފަލުން އަޑުގަދަކުރަމުން ތާޅަފިލިތައް ފުމެމުން މާތްރަސްކަލާނގެ ފޮށިކޮޅު ރަށަށް ގެނަސްފިއެވެ.


އެއަށް ފަހު ދާއޫދުގެފާނުގެ އާއިލާއަށް ހެޔޮ ދުޢާ ދެންނެވުމަށް ގެއަށް ވަޑައިގެންފިއެވެ. އެވަގުތު އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ޝާއުލްގެފާނުގެ ދަރިކަނބަލުން މީކާލް ނުކުމެއްޖެއެވެ. މީކާލް ފޫހިކަމާއެކު ދެންނެވިއެވެ. ”⁠އިސްރާއީލީންގެ ރަސްގެފާނު މިއަދު ހާދަ ހުތުރު ވައްތަރުތަކެއް ޖައްސައިފިޔޭ. ކަލޭގެ އަރިސް މީހުންގެ އަޅު އަންހެނުންތަކުގެ ކުރިމަތީގައި އޮރިޔާންވެ އެއުޅުނީ އެންމެ ވިޔާ ނުދާ ލަދުކުޑަ ސޮހޮލެއްހެން؟⁠“


ދެން ހާރޫނުގެފާނުގެ ދައްތަ ނަބީ މަރިޔަމް ތާރައެއް ހިފައިގެން އައިސް ޖަހަން ފެށުމުން ދެންތިބި އަންހެންވެރިން ވެސް ތާރަ ޖަހައި ނަށަން ފަށައިފިއެވެ.


މަރިޔަމް ކިޔަމުން ދިޔައީ މި ލަވަ: ”⁠މާތްރަސްކަލާނގެއަށް މަދަހަސަނާ ކިޔަމާ ހިނގާ. އެހެނީ އެކަލާނގެ ޖަލާލަތުވަންތަ ކަމުގައި ކާމިޔާބު ވެއްޖެ. އަހާއި އަސްދުއްވާ މީހާ އެކަލާނގެ ކަނޑުލައްވައިފި.⁠“


ކަލޭމެން ވާހުށީ ތިމަންކަލާނގެ ރަސްކަންފުޅުގައި ހިމެނޭ އިމާމުން ކަމުގައޭ. އަދި ކަލޭމެން ތިއީ ތިމަންކަލާނގެ މުޤައްދަސް ޤައުމޭ.⁠‘ މި އެންގުން ކަލޭ ގޮސް ބަނީ އިސްރާއީލީންގެ އެންމެންނަށް އަންގާ.⁠“


މި ވަގުތު މިދަނޑުވެރިޔާގެ ދޮށީ ދަރިފުޅު އުޅުނީ ދަނޑުތަކުގެ މަސައްކަތުގަ. އޭނާ މަސައްކަތުން ނިމިގެން އެނބުރި ގެއަށް އައިއިރު ގޭދޮށުގައި މީސްތަކުން ލަވަކިޔައި ނަށައި އުޅޭ ތަން ފެނި


ކުރާކޮންމެ ކަމެއް ނިކަން ގަޔާވެގެން ކުރާށެވެ. އެކަމަކީ މާތް ސާހިބާއަށްޓަކައި ކުރާ ކަމެއްކަމަށް ހިތައިގެންނެވެ. އެއީ އިންސާނުންނަށް ކޮށްދޭ ކަމެކޭ ނުހިތާށެވެ.


ނަމަވެސް ޞަމޫއީލް މާތްރަސްކަލާނގެ އަށް ޚިދުމަތް ކުރުމުގައި ދެމިހުށްޓެވެ. އޭނާ ކުޑަޔަކަސް ހުންނަނީ ލިނެން ފޮތިން އިމާމުން ލާ ކަހަލަ އަފޫދު ހެދުމެއް ލާފައެވެ.


އެތަނުގައި ވީ ގަބީލާތަކުގެ ތެރޭން ކަލޭގެ ބައްޕަ ހޮއްވަވައި ޤުރުބާނީ ޖަގަހައިގައި ދުން ބަހައްޓައި އަފޫދު ހެދުމުގައި އިމާމެއްގެ ގޮތުގައި ހުރެ ތިމަންކަލާނގެއަށް ޚިދުމަތް ކުރުމާއި މަތިކުރިން. ތިމަންކަލާނގެ މައްޗަށް އިސްރާއީލުގެ މީހުން ގިނި އަންދައި ކުރާ ޤުރުބާނީގެ ބައެއް ކަލޭގެ އާއިލާ ބޭނުން ކުރުމުގެ ހުއްދަ ދިނިން.


ދެން ރަސްގެފާނު ދުވާޣުއަށް ވިދާޅުވިއެވެ. ”⁠ކަލޭ މި އެންމެން މަރާލާ!⁠“ ދެން ދުވާޣު އެ އެންމެން މަރާލައިފިއެވެ. އެމީހުންގެ ތެރޭގައި އިމާމުންގެ ގޮތުގައި އަފޫދު ޖުއްބާ ލައި އުޅޭ އައްޑިހަ ފަސް އިމާމުން ހިމެނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ